ކ. މާލެ
|
4 ޖުލައި 2024 | ބުރާސްފަތި 00:57
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް
މަޖިލިސް
ރައީސް މުއިއްޒު ސަރުކާރު
ދައުލަތުގެ ތިޖޫރީ ލިބުމުން ބޭނުން ކުރީ ހިތު ހުރި ގޮތަކަށް: އެމްޕީ ނާޒިލް
23 މިލިއަން ރުފިޔާ ހުވައި ކުރުމުގެ ރަސްމިއްޔާތައް
ގަނޑުވަރުގެ ބޭރު ފާރުގައި ކުލަ ލާން 16 މިލިއަން ރުފިޔާ
ޑްރޯން ގަންނަން 500 މިލިއަން ރުފިޔާ

ރައީސް ޑރ. މުއިއްޒު އަށް ދައުލަތުގެ ތިޖޫރީ ލިބުމުން ބޭނުން ކުރެއްވީ ހިތު ހުރި ގޮތަކަށް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް ވިދާޅުވީ ތިޖޫރީ ލިބުނު ފުރަތަމަ ދުވަހު ހިތު ހުރި ގޮތަކަށް އެ ބޭނުން ކުރަން ފެށި މަންޒަރު ފެނިގެން ދިޔަ ކަމަށެވެ.

"ތިޖޫރީ ލިބުނު ދުވަހު 23 މިލިއަން ބޭނުން ކޮށްގެން، ދިދަ ދަށުގައި ހުވާކުރުމުގެ ރަސްމިއްޔާތު ބޭއްވި،" ނާޒިލް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ ސަރުކާރުން ތިޖޫރީގައި އެއްޗެއް ނެތް ކަމަށް ބުނާއިރު، ރައީސުލް ޖުމްހޫރިއްޔާ ހުންނަވާ ރަސްމީ ގެކޮޅަށް ވެންނެވުމުގެ ކުރިން ބޭރު ފާރުގައި ކުލަ ލާން 16 މިލިއަން ރުފިޔާ ޑރ. މުއިއްޒު ހޭދަ ކުރެއްވި ކަމަށެވެ.

ދެ ބުރިއަށް ހުރި އެ އިމާރާތުގައި ލިފްޓް ހަރުކުރައްވަން ޑރ. މުއިއްޒު ބޭނުންފުޅުވި ކަމަށާއި އެކަމަށް 15 މިލިއަން ރުފިޔާ ހޭދަކުރެއްވި ކަމަށް ނާޒިލް ވިދާޅުވިއެވެ.

ރިޔާސީ ގަނޑުވަރުގައި ކަރޯކޭ ކުޅޭނެ ވަސީލަތްތައް ގާއިމް ކުރަން އިތުރު 15 މިލިއަން ރުފިޔާ ހޭދަ ކުރެއްވި ކަން ފާހަގަ ކުރައްވަމުން ނާޒިލް ވިދާޅުވީ މިއީ ވެރިކަމުގެ 2 ހަފްތާގެ ތެރޭގައި ތިޖޫރީން ޚަރަދު ކޮށްލި ވަރުކަމަށެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަނުން، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި ހުންނެވި ނާޒިލް ފާހަގަ ކުރެއްވި ގޮތުގައި 500 މިލިއަން ރުފިޔާ ހޭދަ ކޮށްގެން ޑރ. މުއިއްޒުގެ ސަރުކާރުން ދެ ޑްރޯން ގަތް ކަމަށެވެ. ނާޒިލް ސިފަ ކުރެއްވި ގޮތުގައި އެއީވެސް ޑރ. މުއިއްޒުގެ ސަރުކާރުން ދައުލަތުގެ ފައިސާ އިން ކުރި ބޮޑު އިސްރާފެކެވެ.

"ނީލަމުގެ ވިއްކާ ލިޔަސް 50 މިލިއަން ރުފިޔާ ވެސް މިހާރު ނުލިބޭނެ،" ނާޒިލް ވިދާޅުވިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރިޒާވްގައި މިހާރު ހުރީ 75 މިލިއަން ޑޮލަރު ކަމަށް މިހާރު ބުނާއިރު، ރިޒާވް ގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިގެ އަދަދެއް ޑްރޯން ގަންނަން ސަރުކާރުން ހޭދަ ކުރިކަން ނާޒިލް ފާހަގަ ކުރެއްވިއެވެ.

ނާޒިލް ވިދާޅުވީ އެވަރުގެ ބޮޑު ހޭދަ އެއް ކޮށްގެން ގަތް ޑްރޯން އަކީ 20 މޭލުގައި ވައި ހުއްޓަސް މައްޗަށް އެރޭ އެއްޗެއްސެއް ނޫން ކަމަށެވެ.

"ކީއްކުރާ އެއްޗެއްތޯ އެއީ، ކޮންކަމެއްތޯ ކުރީ މިވީ ތަނަށް،" ނާޒިލް ވިދާޅުވިއެވެ.

މި މިސާލު ތަކާއެކު ނާޒިލްގެ ވާހަކައިގައި ތަކުރާރު ކޮށް ވިދާޅުވީ، ދައުލަތުގެ ތިޖޫރީ ލިބުނީމާ މި ސަރުކާރުން ހިތުހުރި ގޮތަކަށް ބޭނުން ކޮށްލީ ކަމަށެވެ.

ނާޒިލް ވިދާޅުވީ، މުސާރައަށް ޚަރަދު ކުރަން ޖެހޭ ވަރުވެސް ކުރިއަށް ވުރެ މިހާރު ވަނީ 75 މިލިއަން ރުފިޔާ އިތުރުވެފައި ކަމަށެވެ.

ނާޒިލް ފާހަގަ ކުރެއްވި ގޮތުގައި އެއްވެސް ޒިންމާދާރު ކަމެއް ނެތި، ކުރީ ސަރުކާރު، ކުރީ ސަރުކާރު ކިޔަމުން ހިތު ހުރި ގޮތަކަށް މި ސަރުކާރުން ދައުލަތުން ޚަރަދުތައް ކުރަމުން ގެންދިޔައީ ކަމަށެވެ.

ކޮމެންޓް
- ގުޅުންހުރި
ޝަމްނާޒް ހައްޔަރު ކުރީ ރައީސް މުުއިއްޒުގެ ކޮރަޕްޝަން އާއި ގުޅޭ ހެއްކެއް އޭނާގެ އަތުގައި ހުރުމުން ކަމަށް ގަބޫލުކުރެވޭ - ކުރީގެ ރައީސް ޔާމީން
މަސްވެރިންނާއި ރައްޔިތުން ފެލައިގެން އުޅެނީ ރައީސް މުއިއްޒުގެ ލެގަސީ ހިފަހައްޓަން ޕްރޮޖެކްޓް ހިންގަން - އަނދުން ހުސައިން
ރައީސް އަންގަވައިގެން ސަރުކާރުން ލާރިދޭ މީޑިއާ ތަކުން ސަރުކާރު ޕްރޮމޯޓް ކުރާ މިންވަރު ބަލަނީ
ރައީސްގެ ކޮއްކޯފުޅު ވިދާޅުވި ނަމޫނާ މަޖިލިސް، އިދިކޮޅުގެ ހުށަހެޅުން ބޭރުކޮށްލީ ސައްޕެއް ޖަހާފައި!
ސަރުކާރުގެ އޮފީސް ތަކާ ބައްދަލު ކުރަން ދަތުރު ހަދައިގެން މާލެ ނައުމަށް ކައުންސިލްތަކަށް އަންގައިފި
އިދިކޮޅު ފަރާތްތަކަށް މަޖިލީހުގައި އޮތް ޖާގަ ހަނިކޮށްފި - މައުރޫފް
ގައުމަށް ލިބޭ ލާރިން ގައުމު ހިންގާނެކަމަށް ވިދާޅުވެ ވަޑައިގެންނެވި ބޭފުޅުން ގައުމުގެ ދުވަސް ދުއްވާލައިފި - ފަލާހު
އިޒްރޭލް ޕާސްޕޯޓު މައްސަލައިގައި ސަރުކާރު ހޫނު ފެނަށް ވެއްޓުމުން، ހިލުވާލި ދަރަނި ދަންތުރައިގެ ވާހަކަ!