ކ. މާލެ
|
2 ޖުލައި 2024 | އަންގާރަ 15:35
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އަވަސް
އެފްއޭއެމް
ބައްސާމްގެ ދައުރު ހަމަވެއްޖެ، އެފްއޭއެމް ބޮޑު ހުސްކަމަކަށް، ސަރުކާރު ބަރޯސާ ވަނީ ފީފާ އަށް
2 ޖުލައި 2020ގައި ބައްސާމްގެ ފެއްޓެވި އޭނާގެ ދެ ވަނަ ދައުރު ނިމުމަކަށް އައީ އޭއެފްސީ އާއި ފީފާއިން ރާއްޖެ އަށް ދިން ފައިސާއަށް ހިޔާނާތްވި މައްސަލާގައި ފީފާއިން ހުސްވި ހަފުތާގައި އޭނާ ނުވަ މަހަށް ސަސްޕެންޑްކޮށްފައިވަނިކޮށެވެ.

ރާއްޖޭގެ އެންމެ ބޮޑު ފުޓްބޯޅަ އެސޯސިއޭޝަން ކަމަށްވާ ފުޓްބޯޅަ އެސޯސިއޭޝަން (އެފް.އޭ.އެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ދައުރު މިއަދު ހަމަވެ އެ އިދާރާ ހުސްކަމަކަށް ހިނގައްޖެ އެވެ.

2 ޖުލައި 2020ގައި ބައްސާމްގެ ފެއްޓެވި އޭނާގެ ދެ ވަނަ ދައުރު ނިމުމަކަށް އައީ އޭއެފްސީ އާއި ފީފާއިން ރާއްޖެ އަށް ދިން ފައިސާއަށް ހިޔާނާތްވި މައްސަލާގައި ފީފާއިން ހުސްވި ހަފުތާގައި އޭނާ ނުވަ މަހަށް ސަސްޕެންޑްކޮށްފައިވަނިކޮށެވެ.

ބައްސާމާއެކު އޭނާގެ ދައުރުގައި ނާއިބް ރައީސްކަންކޮށްފައިވަނީ ކުރީގެ ގައުމީ ފޯވަޑް އަލީ އުމަރެވެ. ޖެނެރަލް ސެކްރެޓަރީ އަކަށް ހުންނެވުމަށްފަހު އެ މަގާމުން ހުސައިން ޖަވާޒް އިސްތިއުފާ ދެއްވީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. އެއަށްފަހު ވަގުތީ ޖެނެރަލް ސެކްރެޓަރީއަކަށް ހުންނެވީ މުހައްމަދު ޖައުޝަން ޝަރީފެވެ. ބައްސާމްގެ ދައުރު ހަމަވުމުން މިއިން އެއްވެސް ބޭފުޅަކަށް އެފް.އޭ.އެމް ހިންގުމުގައި މިހާރު އެއްވެސް ދައުރެއް ނުބޭއްވޭނެ އެވެ.

ބައްސާމްގެ ދައުރު ހަމަވިއިރު އެ އިދާރާގެ އިންތިހާބު ނުބޭއްވި ވަނީ އަށް މަސް ދުވަސް ފާއިތުވެފަ އެވެ. އެއީ އިޖުރާތްތަކާ ހިލާފަށް އިންތިހާބު ބާއްވަން އުޅޭ މައްސަލަ ބޮޑުވުމުން ފީފާއިން އެކަންކަން ބަލައި އިންތިހާބު ހުއްޓުވުމުންނެވެ. މިއާއެކު ރާއްޖޭގެ ފުޓްބޯޅަ ނުކުޅޭތާ ވެސް މިހާރު ނުވަސް ދުވަސް ވަނީ ވެފަ އެވެ.

ރާއްޖޭގައި އުފައްދާފައިވާ ޖަމިއްޔާތަކުގެ ބެލެނެވެރި ފަރާތަކީ ކަމިޝަނަރ އޮފް ސްޕޯޓްސް އެވެ. ނަމަވެސް ސަރުކާރުން ބުރަވަނީ އަމިއްލަ އަށް އެއްވެސް ކަމަކަށް ގޮތެއް ނިންމުމުގެ ބަދަލުގައި ފީފާއިން އެފްއޭއެމާ މެދު ނިންމާ ގޮތަކަށް ކުރިއަށް ދިއުމަށެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރުންގެ ނަޒަރުގައި ފީފާއިން ދެން އެންމެ އަވަހަށް ކުރާނެ ކަމަކީ ރާއްޖޭގެ ފުޓްބޯޅަ އިދާރާގެ އިންތިހާބު ބޭއްވުމަށް އިންޓަރިމް ކޮމިޓީއަކާ ހަވާލު ކުރުމެވެ. އެ ކޮމިޓީ އަށް އައްޔަންކުރާނެ ބޭފުޅުން ކަނޑައެޅުމަށް ފީފާ އަދި އޭއެފްސީން ބައެއް ފަރާތްތަކާ އިންޓަވިއުކޮށްފައިވެ އެވެ. މި މަސައްކަތް ފެށީ ފީފާ އަދި އޭއެފްސީގެ ޓީމަކުން މާލެ އައިސް ކުލަބުތަކާއި ކުޅިވަރާ ބެހޭ މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އާއި އެފްއޭއެމާ ވެސް މަޝްވަރާކުރުމަށްފަހު ރިޕޯޓެއް އެކުލަވާލުމަށްފަހު އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް