ކ. މާލެ
|
1 ޖުލައި 2024 | ހޯމަ 12:25
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގެ ތެރެއިން
ގައުމީ މަޖިލީހުގެ ބައި-އިލެކްޝަން
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައި-އިލެކްޝަނަށް ހުޅުވާލައިފި
ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 29 ދާއިރާއެއްގެ ރައީސުންގެ މަގާމަށް
07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ފޯމް ހުށަހަޅަންޖެހޭ
އިންތިހާބު އޮންނާނީ 02 އޮގަސްޓް 2024 ވާ ހުކުރު ދުވަހު

މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ގައުމީ މަޖިލީހުގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެމްޑީޕީން ބުނީ އެޕާޓީގެ ގައުމީ މަޖިލިސްގެ ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އިންތިހާބު އޮންނާނީ 02 އޮގަސްޓް 2024 ވާ ހުކުރު ދުވަހު ކަމަށެވެ.

ކުރިމަތިލުމުގެ ޝަރުތުތައް

  • 1 ޖުލައި 2024 އާއި ހަމައަށް ޕާޓީގެ މެންބަރެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަނުގައި ދަފްތަރުވެފައިވުން
  • ވޭތުވެދިޔަ 5 އަހަރު ތެރޭގައި ޕާޓީގެ އަސާސީ ގަވާއިދާއި ހިލާފުވެފައި ނުވާ މެންބަރެއްކަމުގައިވުން

މަގާމުތަކަށް ކުރިމަތިލާ ބޭނުންވާ މެންބަރުން އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު 07 ޖުލައި 2024 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގެ ކުރިން ހުށަހެޅުމަށް ވަނީ އެދިފައެވެ.

ކުރިމަތިލުމަށް ހުޅުވާލާފައިވަނީ 29 ދާއިރާއެއްގެ ރައީސުންގެ މަގާމަށެވެ. މީގެ ތެރޭގައި ކުޅުދުއްފުށި ސިޓީގެ ރައީސާއި، ތިނަދޫ ސިޓީގެ ރައީސް އަދި މާލެ ސިޓީގެ ރައީސްގެ މަގާމުވެސް ހިމެނެއެވެ.

ފޯމާއެކު އެމްޑީޕީން ވަނީ އިގްރާރެއްވެސް ހިމަނާފައެވެ. އެގޮތުން އިގުރާރުގައި ބުނެފައިވަނީ ކުރިމަތިލާ މީހަކީ ޕާޓީގެ އަސާސީ ގަވާއިދަށާއި އިންތިހާބާބެހޭ ގަވާއިދުގައި ބުނެފައިވާ ޝަރުތުތައް ފުރިހަމަވާ މީހެކެވެ. އަދި ފޯމުގައިދީފައިވާ މައުލޫމާތަކީ ސައްހަ މައުލޫމާތުކަމަށާއި، ފޯމާއިއެކު ހުށަހަޅާފައިވާ ހުރިހާ ތަކެއްޗަކީ ސައްހަތަކެތިކަމަށް އިގުރާރުވާ ކަމަށެވެ.

އަދި އިންތިހާބަށް ކުރިމަތިލާ ހިނދު، އިންތިހާބުގައި ކާމިޔާބުވަންދެން އަދި ކާމިޔާބުވެއްޖެނަމަ އެމް.ޑީ.ޕީ މެމްބަރެއްގެ ގޮތުގައި ދެމިހުރުމަށް އިގުރާރުވާންޖޭހެކަމަށް ބުނެފައިވެއެވެ. އަދި މިއިގުރާރާއި ހިލާފުވެއްޖެނަމަ އެމް.ޑީ.ޕީގެ ފަރާތުން އެމީހަކާއި މެދު ފިޔަވަޅު އެޅުމާއިމެދު އިއުތިރާޒެއް ނެތްކަމަށް ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް