ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 14:38
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން
ރާއްޖެއެމްވީ
މާފުށި ޖަލުގައި މީހަކު ނިޔާވުން
ޖަމީލްގެ ހަށިގަނޑުގައި ހުރީ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން، ޑޮކްޓަރުންނަށްވެސް ބެލެވެނީ އެހެން: ފުލުހުން
ފެންނަނީ މަރުވުމަށްފަހު އިންސާނާގެ ހަށިގަނޑަށް އަންނަ (ބޮޑީ ޑިސްކަލަރޭޝަން) ގެ ނިޝާންތައް
އާއިލާއިންވެސް އެދެނީ އޮޓޮޕްސީ ނުހަދައި ހަށިގަނޑު ވަޅުލަންކަމަށް ތަކުރާރުކޮށް ބުނެފައިވޭ
ހަށިގަނޑު ބެލިއިރު އެޗްއާރްސީއެމް އަދި އެންއައިސީންވެސް އެތަނުގައި ތިބި

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލްގެ ހަށިގަނޑުގައި ހުރީ ބަޔަކު އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތަކެއްކަމަށް ޑޮކްޓަރުންނަށްވެސް ބެލެވިފައިނުވާކަމަށް ފުލުހުންނާއި ހޯމް މިނިސްޓްރީން ބުނެފިއެވެ.

އިހުސާން ވިދާޅުވީ، ހަށިގަނޑު ބެލިއިރު އެޗްއާރްސީއެމް އަދި އެންއައިސީންވެސް އެތަނުގައި ތިބި ކަމަށާއި، ހަށިގަނޑު އާއިލާއާ ޙަވާލު ކުރުމަށް އެއްވެސް މައްސަލައެއް ނެތްކަމަށް އެ އިދާރާތަކުންވެސް ބުނެފައިވާ ކަމަށެވެ.

އޭނާގެ ހަށިގަނޑުގައި ހުރީ ބަޔަކު އަނިޔާކޮށްފައި ހުރި ކަމުގެ ނިޝާންތަކެއްކަމަށް ޑޮކްޓަރުންނަށްވެސް ބެލެވިފައިނުވާކަމަށް އިހުސާން ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ، އޮޓޮޕްސީ ހަދަން ނިންމީ ހަށިގަނޑު ގިނަ ވަގުތުތަކެއް އޮތުމުން ހުރި ނިޝާންތަކަކީ އަނިޔާ ގެ ނިޝާންތަކެއްކަމަށް ބުނެ ވާހަކަ ފެތުރުމުގެ ސަބަބުން ކަމަށެވެ.  

ނަމަވެސް އާއިލާއިންވެސް އެދެނީ އޮޓޮޕްސީ ނުހަދައި ހަށިގަނޑު ވަޅުލަންކަމަށް ތަކުރާރުކޮށް ބުނެފައިވާތީ ފަހުން އެ ހުއްދަ ދިނީކަން އިހުސާން ފާހަގަ ކުރެއްވިއެވެ.

އިހުސާން ވިދާޅުވީ، މީހަކު އަޅުކަމުގައި އެންގޭޖްވެގެން ހުންނައިރު އެމީހަކު އަޅުކަމުގައި ހުރުމަށް ދޫކޮށްލާ ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި ގަޑިއިރަކަށްވުރެ ގިނައިރު ހޭދަވާނަމަ ކަރެކްޝަންސްގެ އޮފިސަރުން ގޮސް ޗެކް ކުރާނެ ކަމަށެވެ.

މާފުށި ޖަލުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ނިޔާވި ށ. ފުނަދޫ ޒަމާނީވިލާ، އުމުރުން 45 އަހަރުގެ މުހައްމަދު ޖަމީލް - އަދަދު

މިހާރު ދައުރުވަމުންދާ ފޮޓޯތަކަށް އަލިއަޅުވާލާ ފުލުހުން ބުނީ، އެ ފޮޓޯތަކުން ފެންނަންހުރި ނިޝާންތަކަކީ އެއްވެސް މީހެއްގެ ގޯނާއެއްގެ ސަބަބުން ލިބިފައިވާ އަނިޔާއެއް ނޫން ކަމަށާއި، އެއީ މަރުވުމަށްފަހު އިންސާނާގެ ހަށިގަނޑަށް އަންނަ (ބޮޑީ ޑިސްކަލަރޭޝަން) ކަމަށެެވެ.

ދެން ހުރި ނިޝާންތަކަކީ އޭނާ ސަޖިދައަށް އޮންނަ ގޮތަށް އެހާ ގިނަ ވަގުތު އޮތުމުގެ ސަބަބުން ހުރި ނިޝާންތަކެއްކަން ފުލުހުން ފާހަގަކުރިއެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން އިތުރަށް ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ކަރެކްޝަންސްގެ ބެލުމުގެ ދަށުގައިވާ ޤައިދީއަކު ނިޔާވެއްޖެނަމަ އެ މީހެއްގެ ހަށިގަނޑު ދޫކުރާނީ ފުރިހަމަ ޕޯސްޓްމޯޓަމް ހެދުމަށްފަހު، މުއައްސަސާތަކުން ފުރިހަމައަށް ޖަވާބުދާރީ ވެވޭ މިންވަރުގައި ކަމަށެވެ.

ކޮމެންޓް