ކ. މާލެ
|
29 ޖޫން 2024 | ހޮނިހިރު 11:33
މާޒިޔާ އާއި ޓީސީ ކުޅުނު ސެމީ ފައިނަަލް މެޗުގެ ތެރެއިން
މާޒިޔާ އާއި ޓީސީ ކުޅުނު ސެމީ ފައިނަަލް މެޗުގެ ތެރެއިން
އެފްއޭއެމް
ޔޫތު ޗެމްޕިއަންޝިޕް 2024
ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި ސަސް އާއި ޓީސީ
ސަސް އާއި ޓީސީ ބައްދަލު ކުރާ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ 21:00 ގައެވެ.

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމު ކޮށްގެން ބާއްވަމުން އަންނަ، 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލްގައި ސުޕަަ ޔުނައިޓެޑު ސްޕޯޓްސް (ސަސް) އާއި ޓީސީ ސްޕޯޓްސް ކުލަބު ވާދަކުރަން ޖެހިއްޖެ އެވެ.

ސަސް އިން ފައިނަލްގެ ފުރަތަމަ ޖާގަ ހޯދީ ސެމީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ކުލަބު އީގަލްސް ބަލިކޮށްގެންނެވެ. އީގަލްސްގެ މައްޗަށް ސަސް އިން ކުރި ހޯދީ 3-1 އިންނެވެ. މެޗުގައި ސަސްގެ ލަނޑުތައް ޖެހީ މުޙައްމަދު އިޒާން އަލީ އާއި އަހުމަދު ނަވާފް ފައުޒީ އެވެ. އިޒާން ވަނީ މެޗުގައި ދެ ލަނޑު ޖަހައިފަ އެވެ. މެޗުގައި އީގަލްސްގެ ހަމައެކަނި ލަނޑު ޖެހީ މުޙައްމަދު އައިމަން އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އިޒާން އެވެ.

ޓީސީ އިން ފައިނަލްގެ ފަހު ޖާގަ ހޯދީ ސެމީ ފައިނަލްގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ޓީސީން މާޒިޔާ ބަލިކޮށްފައި ވަނީ 2-1 އިންނެވެ. މެޗުގައި ޓީސީގެ ދެ ލަނޑު ވެސް ޖެހީ އާދަމް ޝިޔާން މުޙައްމަދު އެވެ. މެޗުގައި މާޒިޔާގެ ހަމައެކަނި ލަނޑަކީ، އަޙުމަދު މިލްހާން މުޙައްމަދު ޖެހި ލަނޑެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީސީގެ ޝިޔާން އެވެ.

ސަސް އާއި ޓީސީ ބައްދަލު ކުރާ ޔޫތު ޗެމްޕިއަންޝިޕްގެ ފައިނަލް މެޗު އޮންނާނީ ހޯމަ ދުވަހުގެ ރޭ 21:00 ގައެވެ.

- ކޮމެންޓް