ކ. މާލެ
|
26 ޖޫން 2024 | ބުދަ 18:26
19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީ ސެކްރެޓޭރިއަޓްގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.
19 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ޕާޓީ ސެކްރެޓޭރިއަޓްގައި ދިދަ ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން.
އެމްޑީޕީ
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަސް
އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި
އެމްޑީޕީއަކީ މިއަދު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީ
ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި

އެމްޑީޕީގެ 19 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ބުދަ ދުވަހުގެ ހަވީރު ބޭއްވި މި ރަސްމިއްޔާތުގައި އެމްޑީޕީގެ އިސް އެޑްވައިޒަރ، ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙާއި، އެމްޑީޕީގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއިލްގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުންނާއި އާންމު މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އޭގެ އިތުރުން، އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

އެމްޑީޕީއަށް 19 އަހަރު ފުރިގެން ދާއިރު، އެޕާޓީއަކީ މިއަދު ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ސިޔާސީ ޕާޓީއެވެ.

އެމްޑީޕީގެ މަސައްކަތުން މިއަދު ރާއްޖޭގައި މިވަނީ މުޅިން އެހެން ނިޒާމެއް ހިނގަން ފަށާފައެވެ. އެގޮތުން ވައުދުވެގެން މެނިފެސްޓޯއަކާއެކު ނޫން ގޮތަކަށް މިއަދު ރާއްޖޭގައި ވެރިކަން ނުކުރެވޭނެ ކަމަށް އެ ޕާޓީގެ މެމްބަރުން ދަނީ ބުނަމުންނެވެ.

- ކޮމެންޓް