ކ. މާލެ
|
26 ޖޫން 2024 | ބުދަ 19:02
މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ހާޒިރުކޮށްފައި
މާލިއްޔަތު ކޮމިޓީއަށް ފިނޭންސް މިނިސްޓަރު ހާޒިރުކޮށްފައި
މަޖިލިސް
ސިޔާސީ މުވައްޒަފުންގެ މުސާރަ
ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދުމުން އެ މައުލޫމާތެއް ކޮމިޓީގައި ނުދިން
މި ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ އަދަދު ހާހަކަށްވުރެ ގިނަ
މިނިސްޓަރު ވިދާޅުވަނީ ސިޔާސީ މުވައްޒަފުންގެ އަދަދު އެނގިވަޑައިނުގަންނަވާ ކަމަށް

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔާތު ކޮމިޓީގައި، ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަކުރުމަށް އެދުމުން އެ މައުލޫމާތު ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގު ނުދެއްވިއެވެ.

މާލިއްޔަތު ކޮމިޓީގެ 6 ވަނަ ބައްދަލުވުމަށް ފިނޭންސް މިނިސްޓަރ ޑރ. މުހައްމަދު ޝަފީގު ވަނީ ހާޒިރުކޮށްފައެވެ. އަދި ކޮމިޓީގައި ސަރުކާރުގެ ސިޔާސީ މަގާމުތަކުގެ އަދަދު ހޯދުމަށް ސުވާލުކުރެއްވީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއެވެ.

ފިނޭންސް މިނިސްޓަރު ވިދާޅުވީ ސިޔާސީ މުވައްޒަފުންގެ ސީދާ އަދަދެއް މިނިސްޓަރަށްވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި ސިޔާސީ މުވައްޒަފުންގެ ޕާފޯމަންސް މޮނިޓަރ ކުރަމުން އަންނަ ކަމަށާއި، ސިޔާސީ މުވައްޒަފުންގެ އަދަދު ޖެހޭނީ ސާފުކުރައްވަން ކަމަށެވެ.

މި ސަރުކާރުން ވެރިކަމަށް އައީ އެމްޑީޕީގެ ސަރުކާރުން ސިޔާސީ މުވައްޒަފުން ގިނަކަމަށް ބުނެ ފާޑުކިޔުމަށްފަހުގައި 700ށް ވުރެ ސިޔާސީ މުވައްޒަފުންގެ އަދަދު އިތުރުނުކުރާނެކަމުގެ ވައުދާއެކުއެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ހާހަކަށްވުރެ އިތުރުވެފައިވާއިރު، އެ އަދަދު ހާމަކުރަން ސަރުކާރުން ދަނީ ދެކޮޅު ހަދަމުންނެވެ.

ގިނަ މިނިސްޓްރީ ތަކުގައި 40ށް ވުރެ ގިނައިން ސިޔާސީ މަގާމުތަކުގައި މީހުން އެބަތިއްބެވެ. އެމީހުންގެ މަހު މުސާރައަށް އެކަނިވެސް މިނިސްޓްރީ އަކުން މިލިއަނަކަށް ވުރެ ގިނަ ފައިސާ ކޮންމެ މަހަކު ޚަރަދުކުރާ ކަމަށް ވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް