ކ. މާލެ
|
24 ޖޫން 2024 | ހޯމަ 20:02
ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން އަލުން އައްޔަނުކޮށް ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން
ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން އަލުން އައްޔަނުކޮށް ތަމްރީނު ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން
މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް
ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން
ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން އަލުން އައްޔަނުކޮށް ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިފި
2023 ވަނަ އަހަރު ތެރޭގައި "ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން" ގެ ނަމުގައި ސަރުކާރުގެ ގިނަ އިދާރާތަކަކުން ދެ ފަރާތެއް ވަނީ އައްޔަނުކުރެވިފައި
ޖީއީއޭޕީގެ ޕޮލިސީ ލަނޑުދަނޑި 3 އާއި އެއްގޮތްވާ ގޮތުގެ މަތިން މުއައްސަސާތަކުގެ ފަންތީގައި މިންތީގެ ހަމަހަމަ ފުރުސަތު ތަނަވަސްކުރުން ހިމެނޭ

ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން އަލުން އައްޔަނުކޮށް ތަމްރީނު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.

2019 ވަނަ އަހަރު ތަސްދީގުކުރެވުނު މިންތީގެ ހަމަހަމަކަމާއި ބެހޭ ގައުމީ ސިޔާސަތާއި 2022 ވަނަ އަހަރުގެ މާރޗް މަހު އިފްތިތާހުކުރެވުނު ނެޝަނަލް ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭން (ޖީއީއޭޕީ) އާއެކު މިންތީގެ ހަމަހަމަކަން ކަށަވަރުކޮށް، މިންތީގެ ތަފާތުކުރުމުގެ މައްސަލަ ހައްލުކޮށް އިތުރަށް ހަރުދަނާ ކުރުމަށް އޮނިގަނޑެއް ވަނީ އެކުލަވާލެވިގެން ގޮސްފައެވެ. މީއީ ދައުލަތުގެ މުއައްސަސާތަކާއި، ޕްރައިވެޓް ސެކްޓަރ ޖަމިއްޔާ ޖަމާއަތްތަކާއި، މިންތީގެ ހަމަހަމަކަމަށް ވަކާލާތުކުރާ ފަރާތްތަކުގެ، މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށް ބާރުލިބިގެންދިޔަ ކަމެކެވެ.

2023 ވަނަ އަހަރު ތެރޭގައި "ޖެންޑަރ އީކުއަލިޓީ މޮޑެލް އެޑްވޮކޭޓުން" (އެމްޖެމް އެޑްވޮކޭޓުން)ގެ ނަމުގައި ސަރުކާރުގެ ގިނަ އިދާރާތަކަކުން ދެ ފަރާތެއް ވަނީ އައްޔަނުކުރެވިފައެވެ. އެމްޖެމް އެޑްވޮކޭޓުން އައްޔަނުކުރުމުގެ މަގުސަދަކީ، ހަމަހަމަކަމުގެ އުސޫލުތަކަށް އަމަލުކުރުމަކީ މަދު ބަޔަކަށް ނުވަތަ ވަކި މުއައްސަސާއަކަށް ހާއްސަ މަސައްކަތެއްކަން ގަބޫލު ކުރުން ދޫކޮށްލާ، މިއީ ހުރިހާ އެންމެންގެ ޒިންމާއެއްގެ ގޮތުގައި ބަލައިގަނެ، އެންމެން ގުޅިގެން ކުރާ މަސައްކަތަކަށް ހެދުމެވެ.

މީގެ އިތުރުން އައު މުއައްސަސާތައް ތަޢާރުފުވުމާއި، މަސައްކަތަށް އައި ބަދަލުތަކާއި އެކު، އަންހެނުންނާއި ފިރިހެނުން އަދި އަންހެން ކުދިންނާއި، ފިރިހެން ކުދިންގެ ވަކިވަކި ބޭނުންތައް ދެނަގަނެ، އެކަންކަމަށް ރިއާޔަތްކޮށް، މަސައްކަތްކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި ނިޒާމުތައް އިތުރަށް ހަރުދަނާކުރުމަށް މިންތީގެ ހަމަހަމަކަމަށް ވަކާލުތުކުރާނެ ފަރާތްތައް ދައުލަތުގެ ހުރިހާ މުއައްސަސާއެއްގައި ކަނޑައެޅުމަށް އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވަނީ ނިންމާފައެވެ. އަދި އެމްޖެމް އެޑްވޮކޭޓުން އަލުން އައްޔަނުކޮށް ތަމްރީނު ކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ހުރިހާ މިނިވަން މުއައްސަސާތައް ހިމެނޭގޮތަށް ޖެންޑަރ އެޑްވޮކޭޓުން އައްޔަނުކުރެވިގެންދާނެއެވެ.

މިކަމުގެ މަގުސަދަކީ ދެ ޖިންސުގެ ތަފާތުތަކާއި ބޭނުންތައް ދެނެގަނެ، އެކަންކަމަށް ރިއާޔަތްކޮށްކޮށް ގާނޫނާއި ގާވައިދުތަކާއި، ސިޔާސަތުތަކާއި، އުސޫލުތަކާއި އަދި ޕްރޮގްރާމުތައް ހުރިހާ ދާއިރާއަކުން އެކުލަވާލުމަށް (ޖެންޑާ މެއިން ސްޓްރީމް ކުރުމަށް) ޖީއީއޭޕީގެ ޕޮލިސީ ލަނޑުދަނޑި 3 އާއި އެއްގޮތްވާ ގޮތުގެ މަތިން މުއައްސަސާތަކުގެ ފަންތީގައި މިންތީގެ ހަމަހަމަ ފުރުސަތު ތަނަވަސްކުރުމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް