ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 19:34
އައްޑޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވަން ދިޔަ ފުލުހުން ޝީލްޑު ހިފައިގެން
އައްޑޫ މަސްވެރިންގެ މުޒާހަރާ ހުއްޓުވަން ދިޔަ ފުލުހުން ޝީލްޑު ހިފައިގެން
ކެޔޮޅަގެ ދިޔެ
އައްޑޫ މަސްވެރިންގެ މުޒާހަރާ
މުޒާހަރާކުރަމުންދާ މަސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށްފި
މިފްކޯ ފެސިލިޓީން ކަރަންޓު ކެނޑެނީ ކިހިނެއްކަމެއް ފުލުހުންނަށް ބުނެ ނުދެވުނު
ކަރަންޓު ކަނޑާލާކަމަށް ބުނެ ފުލުހުން ރާވަމުންދަނީ މުޒާހަރާ ހުއްޓުވުމަށް
ފުލުހުން ފޮނުވައިގެން ސަރުކާރުން އުޅެނީ މުޒާހަރާ ރުޅާލަން

އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ކިރުވި މަހަށް ފައިސާ ހޯދަންގޮސް މުޒާހަރާކުރަމުންދާ މަސްވެރިންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކޮށްފިއެވެ.

ފުލުހުން ބުނީ ބާރުގެ ބޭނުންކޮށްފައިވަނީ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮފީސް އިމާރާތާއި އެކޮމޮޑޭޝަން ބްލޮކަށް، ފުލުހުން މެދުވެރިވެގެން ކަރަންޓުދިނުމަށް މިފްކޯއިން މިއަދު ހަވީރު މަސައްކަތް ކޮށްފައިވާއިރު، މިކަމުގައި ހަރަކާތްތެރިވަމުންދިޔައިރު، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ކަމަށެވެ.

ފުލުހުން ބުނީ ފުލުހުން މެދުވެރިވެގެން ކަރަންޓު ދިންފަހުން، އެއްވެފައިވާ މީހުންގެ އަމަލުތައް ހުރިގޮތުން ކަރަންޓުވަނީ އަލުން ކަނޑާލާފައި ކަމަށެވެ. އެހެންކަމުން އަލުން ކަރަންޓު ދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށެވެ.

ނަމަވެސް ކަރަންޓު ކެނޑެނީ ކިހިނެއް ކަމެއް ކަނޑާލީ ކިހިނެއްކަމެއް ފުލުހުން ސާފުކޮށްނުދެއެވެ. އަދި ކަރަންޓު ކަނޑާލީ އެތަނުގައި މުޒާހަރާކުރަމުންދާ މަސްވެރިންތޯ ސުވާލުކުރުމުން ފުލުހުން ޖަވާބެއް ނުދެއެވެ. މީގެ އިތުރުން ކަރަންޓު ކަނޑާލާފައިވަނީ މަސްވެރިކަމުގެ ހެއްކެއް ހުރިކަން ނުވަތަ ނޫން ކަމެއްވެސް ފުލުހުން ސާފުކޮށްނުދެއެވެ.

މުޒާހަރާކުރަމުންދާ މަސްވެރިންނަށް އިންޒާރުދީ ހޮނިހިރު ދުވަހުގެ ރޭ ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވަނީ މަސްވެރިން އައްޑޫ ސީޓީގައި ކުރަމުންދާ އިޙުތިޖާޖު، ސުލްޙަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމުގެ ފުރުޞަތު ދެމުންދާނެ ކަމަށެވެ. އަދި މިފްކޯގެ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގެ އޮޕަރޭޝަންތަކަށް އެ މުޒާހަރާއިން ހުރަސް އެޅޭތީ، އެކަން ހައްލުކުރުމަށް ފުލުހުން މަސައްކަތް ކުރާ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ފުލުހުން އަމަން ޤާއިމުކޮށް ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅުތަކަށް މަސްވެރިންގެ ފަރާތުން އެއްބާރުލުން ދިނުމަށް އެދޭކަމަށެވެ.

Advertisement

ހަމައެހެންމެ އިޙުތިޖާޖުކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުގައި، އެއްވެ އުޅުމާ ޚިޔާލު ފާލުކުރުމުގެ މިނިވަންކަމުގެ ޤާނޫނާއި އެހެނިހެން ޤާނޫނުތަކާ ޤަވައިދުތަކުގެ ހުދޫދުގެ ތެރެއިން، މަސްވެރިންގެ ކަންވޮޑުވުންތަކާ ޝުޢޫރުތައް ފާޅުކުރުމަށް އެއްބާރުލުން ދޭނެ ކަމަށް އެ ބަޔާނުގައި ވަނީ ބުނެފައެވެ.

ފުލުހުން މަސްވެރިންނަށް އެއްބާރުލުން ދޭނީ ފުލުހުންގެ ސެކިއުރިޓީ ލައިން ޤާއިމުކޮށްގެން ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ. ފުލުހުން ވަނީ މިފަދަ އިޙުތިޖާޖުތަކުގައި އާއްމު މައްސަލަހަތު އިސްކުރުމަށް އެދިފައެވެ.

މަސްވެރިން ބުނަމުންދަނީ އެތަނުގައި މުޒާހަރާކުރަމުންދަނީ ސުލްހަވެރިކަމާއެކު ކަމަށާއި، އެއްވެސް ހަމަނުޖެހުމެއް ހިނގުމެއް ނެތިކަމަށެވެ. ނަމަވެސް ފުލުހުން ފޮނުވައިގެން ސަރުކާރުން އުޅެނީ މުޒާހަރާ ރުޅާލަން ކަމަށެވެ.

ހުކުރު ދުވަހުން ފެށިގެން މަސްވެރިން އައްޑޫގައި މުޒާހަރާކުރަމުންދާއިރު، މުޒާހަރާ ކުރަމުންދާ މަސްވެރިން ބުނަމުންދަނީ މަސްދޯނިތަކުން ކިރާ މަހަށް ލިބެން ޖެހޭ ފައިސާގެ އަދަދަށް ބަލާއިރު ކޮންމެ ދޯންޏަކަށް މިލިއަނުން ފައިސާދޭން އެބަހުރި ކަމަށެވެ. ނަމަވެސް އެއިން ކޮންމެ ދޯންޏަކަށް ވެސް ދެމުންދަނީ ލައްކައެއްހާ ރުފިޔާ ކަމަށާއި، އެ ފައިސާ ފަޅުވެރިންނަށް ބަހާލުމުން، ގޭގެ ކޮއްތުބިލު ދެއްކުމަށްފަހު ދެން ބާކީ އެހެންކަމަކަށް ކުރާނެ ހަރަދު ކުރާނެ ފައިސާއެއް ނުހުންނަ ކަމަށެވެ.

އައްޑޫގެ މަސްވެރިން ދަނީ ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް އާއި ބައްދަލުކުރުމަށް ޑިމާންޑުކުރަމުންނެވެ. އެހެންނަމަވެސް އެ ޑިމާންޑަށް މިހާތަނަށް މިނިސްޓަރ އިޖާބަދެއްވާފައެއް ނުވެއެވެ.

Advertisement

Advertisement
- ކޮމެންޓް