ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 13:07
އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ މުހައްމަދު ނަބީލް
އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ މުހައްމަދު ނަބީލް
ރާއްޖެއެމްވީ
އިޖުތިމާއީ މިންގަނޑާ ޚިލާފުވުން
އިޖުތިމާއީ މިންގަނޑާ ޚިލާފަށް ޓިކްޓޮކްގައި ވީޑިއޯ އާންމުކުރަމުންދިޔަ ނަބީލް އަނެއްކާވެސް ދޫކޮށްލައިފި
ލައިވް ޕްލެޓްފޯމްތަކުގައި އޭނާއަކީ އަންހެން ހެދުން އެޅުމަށް އަބަދުވެސް ޝައުޤުވެރިކަން ހުންނަ މީހެއްކަމަށް ދަނީ ބުނަމުން
މި މައްސަލައިގައި ނަބީލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މެއި މަހުގެ 4 ވަނަ ދުވަހު

އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފަށް ހެދުން އަޅައިގެން ޓިކްޓޮކް ވީޑިއޯ އާންމުކުރަމުން ދިޔަ މުހައްމަދު ނަބީލް ބަންދުން ދޫކޮށްލައިފިއެވެ.

އާންމު އިޖްތިމާއީ މިންގަނޑުތަކާ ހިލާފަށް ނިވާކަން ކުޑަ އަންހެން ހެދުން އަޅައިގެން ސޯޝަލް މީޑިއާގައި ވީޑިއޯ އާންމުކުރަމުންދިޔަ މައްސަލައިގައި 39 އަހަރުގެ ނަބީލް ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރީ މެއި މަހުގެ 4 ވަނަ ދުވަހުއެވެ.

އަދި މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.

މި މައްސަލައިގައި ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގެންދިއުމުން ކޯޓުން ފުރަތަމަ ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހާފައެވެ. އެ މުއްދަތު ހަމަވުމުން ފަހުންވެސް އޭނާގެ ބަންދުގެ މުއްދަތު 15 ދުވަހަށް އިތުރުކުރިއެވެ.

Advertisement

އެ މުއްދަތު 4 ޖޫންގައި ހަމަވުމުން ފަހުން އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްދިނުން އެދި ފުލުހުން އޭނާ ކޯޓަށް ގެންގޮސްފައެއް ނުވެއެވެ.

މިހާރު އޭނާ ދޫކޮށްލާފައިވާއިރު، އެކަމާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ލިބިފައެއް ނުވެއެވެ. ދޫކޮށްލުމުން އޭނާ ގެންދަނީ ޓިކްޓޮކް މެދުވެރިކޮށް ލައިވް ޕްލެޓްފޯމްތަކުގައި އޭނާއަކީ އަންހެން ހެދުން އެޅުމަށް އަބަދުވެސް ޝައުޤުވެރިކަން ހުންނަ މީހެއްކަމަށް ބުނަމުންނެވެ.

މިފަދަ މައްސަލައެއްގައި 22 ސެޕްޓަންބަރު 2022 ގައި ނަބީލް މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއްވެސް އައިސްފައިވެއެވެ. އެގޮތުން މީގެ ކުރިން ނަބީލުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވެއެވެ.

އެއް ދައުވާއަކީ އޮރިޔާން ކާޑު ހެދުމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާ ސާބިތުވުމުން އޭނާ އެއް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރިއެވެ. ދެވަނަ ދައުވާއަކީ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެވެ. މިދައުވާ ސާބިތުވުމާއި ގުޅިގެން އެއް މަހާއި 06 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް