ކ. މާލެ
|
23 ޖޫން 2024 | އާދީއްތަ 13:23
ފުލުހުން އެދިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ވަނީ ހައްޔަރުކޮށްފައި - (ފައިލް ފޮޓޯ)
ފުލުހުން އެދިގެން ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ވަނީ ހައްޔަރުކޮށްފައި - (ފައިލް ފޮޓޯ)
ޕޮލިސް
އީދު ދުވަހުގެ މާރާމާރީގެ މައްސަލަ
ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މީހަކު ތަހުގީގު ނިމެންދެން ބަންދުކޮށްފި
ހައްޔަރުކުރީ 26 އަހަރުގެ ޒުވާނެއް
ހައްޔަރުކޮށްފައިވަނީ މިފަދަ މައްސަލައެއްގައި ކުރިންވެސް ހައްޔަރުކޮށް ޝަރީއަތްކުރިއަތްވެސް ކުރިއަށްދޭ

2022 ވަނަ އަހަރުގެ ކުޑަ އީދުގައި މާލޭގައި ހިންގި ގްރޫޕް މާރާމާރީއެއްގެ މައްސަލައިގައި މީގެ ކުރިން ހައްޔަރުކުރި މީހަކު ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި އެހެން މައްސަލައެއްގައި ތަހުގީގު ނިމެންދެން ބަންދުކޮށްފިއެވެ.

ފުލުހުން އެދިގެން ތަހުގީގު ނިމެންދެން ބަންދުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ކުޑަ އީދުގައި ޖަނަވަރީ މަގާއި މަޖީދީމަގު ޖަންކްޝަންގައި ހިނގި ގްރޫއްޕު މާރާމާރީގައި ހިމެނުނު 26 އަހަރުގެ އަހުމަދު ރަބީއު، ގުލޭނޫރަންމާގެ/ގއ. މާމެންދޫއެވެ.

ފުލުހުން އެދިގެން އޭނާ ބަަންދުކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އޭނާ ބަންދުގައި ބަހައްޓަންވީ ތަހުގީގު މަރުހަލާނިމި ޕީޖީއޮފީހަށް މައްސަލަ ހުށަހެޅުމާއި ހަމައަށް ކަމަށެވެ. އަދި ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވަނީ ކަސްޓޯޑިއަލް ޖަލެއްގައެވެ.

ބަންދު އަމުރުގައި ވަނީ ބަންދުގައި ބަހައްޓަން ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުށަހަޅާފައިވާ ކަމަށެވެ. އަދި ބަންދުގައި ބަހައްޓަންޖެހޭ ހާލަތެއްގެ ގޮތުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 49 ވަނަ މާއްދާއާއި، ގާނޫނު ނަންބަރު 17/2020 (ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނު) އަށް 1 ވަނަ އިސްލާހު ގަނައުމުގެ ގާނޫނު (ގާނޫނު ނަންބަރު 41/2024) ގެ 16 ވަނަ މާއްދާގެ (ށ) އަށް ރިއާޔަތްކޮށެވެ.

މި މީހާ ހައްޔަރުކޮށްފައިވަނީ އިޖުރާއަތްތަކާ އެއްގޮތަށް ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް