Advertisement
ކ. މާލެ
|
22 ޖޫން 2024 | ހޮނިހިރު 19:30
ހަނިމާދޫގެ ބައެއް ގެތައް ފެންނަ ގޮތަށް ނަގާފައިވާ އޭރިއަލް ފޮޓޯ އެއް
ހަނިމާދޫގެ ބައެއް ގެތައް ފެންނަ ގޮތަށް ނަގާފައިވާ އޭރިއަލް ފޮޓޯ އެއް
ގޫގުލް
މަރުވެފައި އޮތް މީހަކު ފެނުން
ހދ. ހަނިމާދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެ
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މަރުވެފައި އޮއްވާ ފެނުނީ 64 އަހަރުގެ މީހެއް ކަމަށް
ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށް

ހދ. ހަނިމާދޫގެ ގެއެއްގެ ތެރެއިން މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.

ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައި ވަނީ މަރުވެފައި އޮއްވާ ފެނުނީ 64 އަހަރުގެ މީހެއް ކަމަށެވެ.

ފުލުހުން ބުނީ އެ މީހާއަކީ އެ ރަށުގައި ކޮޓަރިއެއް ކުއްޔަށް ނަގައިގެން އުޅޭ މީހެއް ކަމަށެވެ. އަދި ފުލުހުން އޭނާ ދިރިއުޅޭ ގެއަށް ގޮސްފައި ވަނީ އޭނާ ކޮޓަރިއަށް ވަތް ގޮތަށް ހަބަރެއް ނުވާތީ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

Advertisement

އެގޮތުން ފުލުހުން ގޮސް ކޮޓަރިއަށް ވަދެ ބެލި ބެލުމުން އެއްވެސް ހަރަކާތެއް ނެތި އެނދުމަތީގަ އޭނާ އޮއްވައި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެމީހާ ރަށު ހެލްތު ސެންޓަރަށް ގެންދިޔައިރުވެސް އޮތީ މަރުވެފައިވާކަމަށް އެ ސެންޓަރާއި ހަވާލާދީ ފުލުހުން ވަނީ ބުނެފަައެވެ.

ފުލުހުން ބުނީ މިކަމާ ގުޅިގެން ބަލަން ޖެހޭ އިތުރު ކަންކަން ބަލަމުންދާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް