ކ. މާލެ
|
26 ޖެނުއަރީ 2024 | ހުކުރު 22:22
ހދ.ހަނިމާދޫ
ހދ.ހަނިމާދޫ
ޓްރިޕް އެޑްވައިޒަރ
ފުލުހުންގެ އޮޕަރޭޝަން
ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
މިއީ މިހާތަނަށް އެރަށުގައި ކުރިއަށް ގެންދިޔަ އެންމެ ވަރުގަދަ އެއް އޮޕަރޭޝަން

ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ހަނިމާދޫ ދާއިރާގެ ނައިބު ރައީސް އަހުމަދު އަޒުމީ ހައްޔަރުކޮށްފިއެވެ.

އިތުބާރު ހުރި ގޮތަކަށް ރާއްޖެއެމްވީއަށް ލިބިފައިވާ މައުލޫމާތުން ދައްކާގޮތުން، އޭނާ ހައްޔަރުކޮށްފައިވަނީ ހދ. ހަނިމާދޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. 2 މީހަކު މި އޮޕަރޭޝަންގައި ހައްޔަރުކުރިއިރު އޭގެ ތެރޭގައި އަޒުމީ ހިމެނެއެވެ.

ރާއްޖެއެމްވީއަށް ލިބިފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި ހަނިމާދޫ ބަނދަރު ސަރަހައްދުން އޭނާ ފުލުހުންގެ ލޯންޗަކަށް އަރުވާ މަންޒަރު ފެނެއެވެ. އަދި އެތަނުގައި އާދައިގެ ހެދުމުގައި ފުލުހުންވެސް ތިއްބެވެ.

ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނާއި ގުޅޭ މައުލޫމާތު އަދި ލިބިފައި ނުވެއެވެ. ނަމަވެސް ހަނިމާދޫ ކައުންސިލްގެ ރައީސް ރާއްޖެއެމްވީއަށް ވިދާޅުވީ، ހަނިމާދޫގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ބަޔަކު ހައްޔަރުކުރި ކަމަށެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ނޭނގޭ ކަމަށެވެ. އަދި އެ އޮޕަރޭޝަނަކީ މިހާތަނަށް އެރަށުގައި ކުރިއަށް ގެންދިޔަ އެންމެ ވަރުގަދަ އެއް އޮޕަރޭޝަން ކަމަށް ކައުންސިލް ރައީސް ވިދާޅުވިއިރު، މިއީ ކޮންކަމަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްކަމެއް ސާފެއް ނޫނެވެ.

- ކޮމެންޓް