ކ. މާލެ
|
21 ޖޫން 2024 | ހުކުރު 14:16
ފަލަސްތީން އިސްރާއީލް ހަނގުރާމަ - އިޒްރޭލުން ފަލަސްތީނުގެ އާއްމު ރައްޔިތުން ކޮންމެ ދުވަހަކު މަރަމުން ގެންދޭ (ފައިލް ފޮޓޯ)
ފަލަސްތީން އިސްރާއީލް ހަނގުރާމަ - އިޒްރޭލުން ފަލަސްތީނުގެ އާއްމު ރައްޔިތުން ކޮންމެ ދުވަހަކު މަރަމުން ގެންދޭ (ފައިލް ފޮޓޯ)
ސީ.އެން.އެން
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ގާޒާގެ ރެފިއުޖީން ދިރިއުޅޭ ސަރަހައްދު ތަކަށް އިޒްރޭލުން ހަމަލާ ދިނުމަކަށް ހުއްޓުމެއް ނެތް
ވޭތުވެ ދިޔަ 24 ގަޑީއިރުގެ ތެރޭގައި ވައިގެ މަގުންވެސް އިޒްރޭލު ސިފައިން ވަނީ ފަލަސްތީނު ރައްޔިތުންނަށް ހަމަލާތައް ދީފަ.

އިޒްރޭލު ސިފައިން ޓޭންކު ތަކާ އެކު ދެކުނު ގާޒާގައި ވަގުތީ ހިޔާތަކުގައި އުޅޭ މީހުންގެ ސަރަހައްދު ތަކަށް އަރައިގަނެ އާއްމުންނަށް އަމާޒުކޮށް ހަމަލާ ދީފިއެވެ.

މި ފަހަކަށް އައިސް އިޒްރޭލު ސިފައިންގެ ނުރައްކާތެރި ހަމަލާތައް މުޅިންހެން އަމާޒު ކުރަނީ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރެފިއުޖީން ދިރިއުޅޭ ސަރަހައްދުތަކަށާއި، އާއްމުން ދިރިއުޅޭ ގޭގެ އަށްކަން ފާހަގަ ކުރެވެއެވެ.

އަނެއްކޮޅުން ވޭތުވެ ދިޔަ 24 ގަޑީއިރުގެ ތެރޭގައި، ހަމާސް ގެ ހަނގުރާމަވެރިން އިޒްރޭލު ސިފައިންނާ ކުރިމަތިލާ އިޒްރޭލު ސިފައިންގެ ހަތިޔާރު އެޅި އުޅަނދެއް ވަނީ ގޮއްވާލާފައެވެ.

ވޭތުވެ ދިޔަ 24 ގަޑީއިރުގެ ތެރޭގައި ވައިގެ މަގުންވެސް އިޒްރޭލު ސިފައިން ވަނީ ފަލަސްތީނު ރައްޔިތުންނަށް ހަމަލާތައް ދީފައެވެ. މިގޮތުން ގާޒާ ސިޓީގެ ޒައިތޫން ސަރަހައްދުގެ ގެއަކަށް ވައިގެ މަގުން ދިން ހަމަލާގައި 8 މީހުން މަރުވެފައިވާކަން ފާހަގަ ކުރެވެއެވެ.

އިޒްރޭލުން ފަލަސްތީނުގެ އާއްމު ރައްޔިތުން ކޮންމެ ދުވަހަކު މަރަމުން ގެންދާއިރު، އިޒްރޭލު ސިފައިންނަށް ހަތިޔާރު ފޯރުކޮށްދޭ ފަރާތްތަކުން އިޒްރޭލަށް ހަތިޔާރު ލިބޭ ގޮތް ހެދުމަކީ ބައިނަލް އަގްވާމީ ގާނޫނުތަކާ ޚިލާފަށް އިޒްރޭލުން ގާޒާ ގައި ހިންގާ ޖަރީމާތަކަށް ވާގިވެރިވުން ކަމަށް ބުނެ އދ. ގެ ތަޖުރިބާކާރުން ވަނީ ހަތިޔާރު އުފައްދާ ފޯރުކޮށްދޭ ފަރާތްތަކަށް އިންޒާރު ދީފައެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 37،431 މީހުން ފަލަސްތީނުން މަރުވެފައިވެއެވެ. އަދި 85،653 މީހުން ޒަޚަމްވެފައިވެއެވެ. ހަމާސް އިން މި މުއްދަތުގެ ތެރޭގައި އިޒްރޭލަށް ދިން ހަމަލާ ތަކުން މަރުވި މީހުންގެ އަދަދަކީ 1،139 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް