ކ. މާލެ
|
19 ޖޫން 2024 | ބުދަ 09:11
އުފާވެރި ރާސްތާ ޕްރޮގްރާމުގެ ތެރެއިން
އުފާވެރި ރާސްތާ ޕްރޮގްރާމުގެ ތެރެއިން
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ
އުފާވެރި ރާސްތާ
ގުރައިދޫ މަރުކަޒުގައި "އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފި
މި ޕްރޮގްރާމްގައި ޖުމްލަ 60 މީހުން ބައިވެރިވެފައިވޭ
މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ އެކި ދާއިރާ ތަކުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުން

ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި ހިނގާ ބިނގާވެ އުޅެވޭ 60 އިސްރަށްވެހީންނަށް ބާއްވާ "އުފާވެރި ރާސްތާ" ޕްރޮގްރާމް ފަށައިފިއެވެ.

މި ޕްރޮގްރާމަކީ ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒުކުރެވިފައިވާ ފަރާތްތަކަށް އިޖުތިމާއީ ހަރަކާތްތަކާއި އެކު ފޯރުކޮށްދެވޭ މައުލޫމާތު ސެޝަންތަކެކެވެ. މި ޕްރޮގްރާމްގައި މަޢުލޫމާތު ދެއްވާނީ އެކި ދާއިރާ ތަކުގައި މަސައްކަތްކުރައްވާ ފަންނީ ބޭފުޅުންނެވެ.

މި ޕްރޮގްރާމެއް ހިންގުމުގެ މަގުސަދަކީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން މަރުކަޒުގައި ހިދުމަތް ހޯދާފަރާތްތައް މުޖްތަމައުއަށް ނެރުމަށް އަހުލުވެރި ކުރުވުމެވެ. އަދި ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް އެހީތެރިވެދިނުމެވެ. މި ޕްރޮގްރާމްގައި މައުލޫމާތު ދެއްވާފައިވަނީ ނަރުހުންނާއި ސޯޝަލް ވާކަރުންނެވެ. އަންގާރަ ދުވަހުގެ ސެޝަންގައި މައުލޫމާތު ދެވިފައިވަނީ ދުޅަހެޔޮ ސިއްހަތެއްގައި ތިބުމަށް ކުރެވޭނެ ކޮންމެ ދުވަހެއްގެ ކަސްރަތުތަކާއި، މިންހެޔޮ ކާނާއާއި ނަފްސާނީ ގޮތުން ދުޅަހެޔޮކޮށް ތިބުމަށް އަހަމިއްޔަތުކަން ދިނުން މުހިއްމު ކަންކަމަށެވެ.

މި ޕްރޮގްރާމްގައި ޖުމްލަ 60 މީހުން ބައިވެރިވެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް