ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 15:07
އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 17 މީހުން ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައި
އިސްރާއީލުން ޣައްޒާގެ މެދުތެރޭގައި ހުންނަ ނުސީރަތު ރެފިއުޖީ ކޭމްޕަށް ދިން ވައިގެ ހަމަލާތަކުގައި ފަލަސްތީނުގެ 17 މީހުން ޝަހީދުވެ އެތައް ބަޔަކު ވަނީ ޒަޚަމްވެފައި
އަލް- ޖަޒީރާ
ފަލަސްތީން އިސްރާއީލް ހަނގުރާމަ
ނުސީރަތު ރެފިއުޖީ ކޭމްޕަށް ހަމަލާދީ އިޒްރޭލުން ފަލަސްތީނުގެ 17 މީހުން މަރާލައިފި
ކޭމްޕްގައި އާއްމުން ދިރިއުޅޭ ގެއަކަށް ދިން ފުރަތަމަ ހަމަލާގައި އެކަނިވެސް 10 މީހުން ވަނީ މަރުވެފައި
އޭގެ ތެރޭގައި ކުޑަކުދިންނާ އަންހެނުން ހިމެނޭ އިރު މި ހަމާލާގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައި

ގާޒާގެ މެދުތެރޭގައިވާ ނުސީރަތު ރެފިއުޖީ ކޭމްޕަށް ހޯދަ ދުވަހުގެ ރޭ އިޒްރޭލް ސިފައިން ދިން ނުރައްކާތެރި އެތައް ހަމަލާއެއްގައި މަދުވެގެން 17 ފަލަސްތީނު މީހުން މަރާލައިފިއެވެ.

ކޭމްޕްގައި އާއްމުން ދިރިއުޅޭ ގެއަކަށް ދިން ފުރަތަމަ ހަމަލާގައި އެކަނިވެސް 10 މީހުން މަރުވެފައިވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނާ އަންހެނުން ހިމެނޭ އިރު މި ހަމާލާގައި އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އަލްޖަޒީރާ އިން ބުނެފައިވާ ގޮތުގައި މި ހަމަލާގައި މަރުވި މީހުންގެ ތެރެއިން 5 މީހުންނަކީ އެއް އާއިލާ އަކަށް ނިސްބަތްވާ މީހުންނެވެ.

ފުރަތަމަ ހަމަލާ ދިންތާ ގަޑީއިރެއްހާ ފަހުން އިޒްރޭލުގެ ޖެޓުތަކުން ކޭމްޕްގެ އެހެން ގެއަކަށް ހަމަލާ ދީފައިވެއެވެ. މި ހަމަލާގައިވެސް ކުޑަކުދިންނާ އަންހެނުންނާ ދުވަސްވީ މީހުން މަރުވެފައިވާ ކަމަށާއި އެތައް ބަޔަކު ޒަޚަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ހަމަލާތައް ހޯމަ ދުވަހުގެ ރޭ ނުސީރަތު ކޭމްޕަށް އިޒްރޭލުން ދިން އިރު މީގެ 10 ދުވަސް ކުރިން ހަމަ މި ކޭމްޕުގައި އިޒްރޭލު ސިފައިން ވަނީ ބޮޑު ގަތުލުއާއްމެއް ހިންގާ 270 ށް ވުރެ ގިނަ ފަލަސްތީނު މީހުން މަރާލާފައެވެ. އޭގެ އިތުރުން އެ ޖަރީމާ ގައި 700ށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

އަނެއްކޮޅުން އިޒްރޭލުގައި ނަތަންޔާހޫގެ ސަރުކާރުން ގާޒާގެ ހަނގުރާމައިގެ ކަންކަން ގެންދާ ގޮތާމެދު ހިތްހަމަ ނުޖެހުން ފާޅުކޮށް ނަތަންޔާހޫގެ އިސްތިއުފާ އަށް ގޮވާ އިޒްރޭލުގެ އެތައް ހާސް މީހުން ވަނީ ހޯމަ ދުވަހުގެ ރޭ ތެލްއަވީވްގައި މުޒާހަރާ ކޮށްފައެވެ. މުޒާހަރާ ކުރި މީހުންނާ އިޒްރޭލު ފުލުހުންނާ ދެމެދު ކުރިމަތިލުން ތައް ހިނގި ކަމަށް އަލް ޖަޒީރާ އިން ބުނެފައިވެއެވެ.

ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން އިޒްރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކުގައި މިހާތަނަށް 37،347 މީހުން ފަލަސްތީނުން މަރުވެފައިވެއެވެ. އަދި 85،372 މީހުން ޒަޚަމްވެފައިވެއެވެ. ހަމާސް އިން މި މުއްދަތުގެ ތެރޭގައި އިޒްރޭލަށް ދިން ހަމަލާ ތަކުން މަރުވި މީހުންގެ އަދަދަކީ 1،139 އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް