ކ. މާލެ
|
18 ޖޫން 2024 | އަންގާރަ 07:58
ސާބިއާއާ ދެކޮޅަށް ބެލިންހަމް ލަނޑު ޖެހި ވަގުތު، ސުނާކް އުފާ ފާޅު ކުރަނީ
ސާބިއާއާ ދެކޮޅަށް ބެލިންހަމް ލަނޑު ޖެހި ވަގުތު، ސުނާކް އުފާ ފާޅު ކުރަނީ
ޓްވިޓަރ
ޔޫރޯ 2024
ބޮޑު ވަޒީރު ސުނާކްގެ ތައުރީފު ބެލިންހަމް އަށް!
ސުނާކް ވިދާޅުވީ ބެލިންހަމް އަކީ ކޮންމެ ވެސް ކަހަލަ ޚާއްސަ ކަމެއް ލިބިފައިވާ ކުޅުންތެރިޔެއް ކަމަށް

އިންގްލެންޑުގެ ޤައުމީ ޓީމުގެ ޒުވާން މިޑްފީލްޑަރު ޖޫޑް ބެލިންހަމް އަށް، އެ ޤައުމުގެ ބޮޑު ވަޒީރު ރިޝީ ސުނާކް ތައުރީފު ކުރައްވައިފި އެވެ.

ޖަރުމަނުގައި ކުރިއަށްދާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި އިންގްލެންޑު ނިކުމެފައި ވަނީ ސާބިއާއާ ދެކޮޅަށެވެ. އެ މެޗުން އިންގްލެންޑު ވަނީ 1-0 އިން މޮޅުވެފަ އެވެ. އެ މެޗުން އިންގްލެންޑު މޮޅުވީ ވެސް ބެލިންހަމް ޖެހި ލަނޑުންނެވެ.

މެޗުގެ ވަކި ހިސާބަކުން ބެލިންހަމް ބަދަލު ކޮށްފައިވާއިރު، ފުރަތަމަ ލަނޑުގެ ފަހުން ވެސް ބެލިންހަމް ވަނީ ވަރަށް މޮޅަށް ކުޅެފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނީ ބެލިންހަމް އެވެ.

އިންގްލެންޑުން ކުޅުނު މެޗަށްފަހު ސުނާކް ކުރެއްވި ޓުވީޓެއްގައި ވަނީ އިންގްލެންޑުގެ ޓީމަށް މަރުޙަބާ ކިޔުއްވައިފަ އެވެ. ސުނާކް ވިދާޅުވީ ބެލިންހަމް އަކީ ކޮންމެ ވެސް ކަހަލަ ޚާއްސަ ކަމެއް ލިބިފައިވާ ކުޅުންތެރިޔެއް ކަމަށެވެ. އަދި ސުނާކް ވަނީ އިންގްލެންޑުން ދެން ކުޅެން އޮތް މެޗުގައި ޓީމަށް ކާމިޔާބަށް ވެސް އެދިވަޑައިގެންފަ އެވެ.

އުމުރުން 20 އަހަރުގެ ބެލިންހަމް އަށް އިންގްލެންޑުގެ ޤައުމީ ޓީމުން ޖާގަ ލިބުނީ 2020 ވަނަ އަހަރު އެވެ. އިންގްލެންޑުގައި އޮތް ޔޫރޯގައި ވެސް ބެލިންހަމް ވަނީ ކުޅެފަ އެވެ. ނަމަވެސް މިދިޔަ ސީޒަންގައި ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވެ ބެލިންހަމް ވަނީ މޮޅު ކުޅުމެއް ވެސް ދައްކައިފަ އެވެ.

މިއަހަރުގެ ޔޫރޯ އަށް އިންގްލެންޑުން ކުރިމަތިލީއިރު، ބެލިންހަމް އަކީ އެ ޓީމުގައި ހުރި އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ބެލިންހަމް ވަނީ މިހާާތަނަށް އިންގްލެންޑުގެ ޤައުމީ ޓީމަށް ކުޅެދިން 30 މެޗުގައި ހަތަރު ލަނޑު ޖަހައިފަ އެވެ. މިވަގުތު އޭނާ ރަނގަޅު ފޯމެއްގައި ހުރުމަކީ އިންގްލެންޑަށް އެކަމުގެ ފައިދާ ނެގޭނެ ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ވެސް ވަނީ ބުނެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް