ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 22:15
ސިޓީފުޅު ފޮނުއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން މެދުވެރިކޮށް
ސިޓީފުޅު ފޮނުއްވީ ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން މެދުވެރިކޮށް
ރައީސް އޮފީސް
ރައީސް މުޢިއްޒަށް ޝީ ފޮނުއްވި ސިޓީފުޅު
ޗައިނާގެ ރައީސް ޝީ، އާއި ރާއްޖޭގެ ރައީސް ޑރ. މުއިއްޒު، އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް އުފަން ދުވަހުގެ ތަހުނިޔާގެ ސިޓީ ފޮނުއްވައިފި
ޝީ، ޑރ މުއިއްޒަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވީ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން މެދުވެރިކޮށް ފޮނުއްވި ސިޓީ ފުޅެއްގަ
މި ސިޓީފުޅުގައި އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެ އިތުރުން ޗައިނާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމުގެ މުހިންމު ކަން ފާހަގަ ކުރައްވާފައިވޭ

ރައީސް ޑރ. މުއިއްޒަށް ޗައިނާގެ ރައީސް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

އަދި ޑރ. މުއިއްޒު ޗައިނާގެ ރައީސް ޝީ އަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފިއެވެ.

ޝީ، ޑރ މުއިއްޒަށް އުފަން ދުވަހުގެ ތަހުނިޔާ ފޮނުއްވީ، ރާއްޖޭގައި ހުންނަވާ ޗައިނާގެ ސަފީރު ވަންގް ލިޒިން މެދުވެރިކޮށް ފޮނުއްވި ސިޓީ ފުޅެއްގައެވެ.

ސިޓީފުޅު ޑރ. މުއިއްޒަށް އެރުއްވީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ހޮނިހިރު ދުވަހު މެންދުރުފަހު ބޭއްވެވި ބައްދަލުވުމެއްގައެވެ.

އުފަންދުވަހުގެ ތަހުނިޔާ ވިދާޅުވެ ޗައިނާގެ ރައީސް ޝީ ގެ ސިޓީފުޅެއް ލިބިވަޑައިގަތުމަކީ ވަރަށް ބޮޑު އުފަލެއް ލިބިވަޑައިގެންނެވި ކަމެއް ކަމަށް ޑރ. މުއިއްޒު ވިދާޅުވި ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން މި ކަމާބެހޭ ގޮތުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

މި ސިޓީފުޅުގައި އުފަން ދުވަހުގެ ތަހުނިޔާ ވިދާޅުވުމުގެ އިތުރުން ޗައިނާ އާއި ރާއްޖެ އާ ދެމެދު އޮތް ގުޅުމުގެ މުހިންމު ކަން ފާހަގަ ކުރައްވާ، މި ގުޅުން އިތުރަށް ވަރުގަދަ ކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ޝީ ވިދާޅުވި ކަމަށް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.

ރައީސް ޑރ. މުއިއްޒު އާއި ރައީސް ޝީގެ އުފަން ދުވަސް ދިމާވަނީ އެއްދުވަހެއްގައެވެ.

ޗައިނާގެ ސަފީރު ޑރ މުއިއްޒު އާއެކު ބޭއްވެވި ބައްދަލުވުމުގައި ރާއްޖޭގެ އިގްތިސާދީ ތަރައްގީ އަށް ޗައިނާ އިން އެހީތެރި ވެދޭން ބޭނުންވާ ކަމަށާއި، ޗައިނާގެ އިތުރު އެހީ ބޭނުންވާ ދާއިރާތަކާ ބެހޭ ގޮތުން މައުލޫމާތު ސާފު ކުރެއްވި ކަމަށްވެސް ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް