ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 17:23
އޭއެންސީ އަށް ސަރުކާރެއް އެކުލަވާ މިލެވުނީ އިންތިޚާބު ނިމިގެން މި ދިޔަ ދެތިން ހަފްތާގައި ކުރެވުނު މަޝްވަރާތަކުން ކޯލިޝަން އެއްބަސްވުމަކަށް ޕާޓީތަކާ އެކީ އާދެވޭ ގޮތް ވުމާއެކު
އޭއެންސީ އަށް ސަރުކާރެއް އެކުލަވާ މިލެވުނީ އިންތިޚާބު ނިމިގެން މި ދިޔަ ދެތިން ހަފްތާގައި ކުރެވުނު މަޝްވަރާތަކުން ކޯލިޝަން އެއްބަސްވުމަކަށް ޕާޓީތަކާ އެކީ އާދެވޭ ގޮތް ވުމާއެކު
އަލް- ޖަޒީރާ
ދެކުނު އެފްރިކާގެ އިންތިޚާުބު
ދެކުނު އެފްރިކާގެ ރައީސް ކަމަށް ސިރިލް ރާމަފޯސާ އެ ގައުމުގެ ޕާލިމެންޓުން އިންތިޚާބު ކޮށްފި
ރާމަފޯސާ އަށް ދެން ޖެހިވަޑައިގަންނަވާނީ އޭނާގެ ކެބިނެޓް އެކުލަވާލަން
ނިމިދިޔަ އާއްމު އިންތިޚާބުގައި އޭއެންސީ އަށް 40 އިން ސައްތަ ލިބުނު އިރު، އޭއެންސީ އާއެކު ކޯލިޝަން ހެދި އަދި އިންތިޚާބުގައި ދެވަނަ އަށް ދިޔަ ޑީއޭ އަށް ލިބުނީ 22 އިން ސައްތަ

ދެކުނު އެފްރިކާގެ ރައީސް ކަމަށް ސިރިލް ރާމަފޯސާ އެ ގައުމުގެ ޕާލިމެންޓުން އިންތިޚާބު ކޮށްފިއެވެ.

ގައުމީ އެއްބައިވަންތަ ކަމުގެ ސަރުކާރެއްގެ ގޮތުގައި ދެކުނު އެފްރިކާގައި މިއުފުދުނު ރާމަފޯސާގެ ވެރިކަމުގައި ހިމެނެނީ އެފްރިކަން ނޭޝަނަލް ކޮންގްރެސް (އޭއެންސީ) އާ ޑިމޮކްރަޓިކް އެލަޔަންސް (ޑީއޭ) އާއި ބައެއް ކުދި ޕާޓީތަކެވެ.

ރާމަފޯސާ އަށް ދެކުނު އެފްރިކާގެ ރައީސް ކަމުގެ މަގާމު ކޯލިޝަން އެއްގެ ތެރެއިން އަލުން ލިބިވަޑައިގަތް އިރު، ހުސްވި މަހުގެ އާއްމު އިންތިޚާބުގައި އުއްމީދު ކުރި ނަތީޖާ އޭއެންސީ އަށް ނުލިބުމާއެކު އޭއެންސީ އަށް ސަރުކާރެއް އެކުލަވާ މިލެވުނީ އިންތިޚާބު ނިމިގެން މި ދިޔަ ދެތިން ހަފްތާގައި ކުރެވުނު މަޝްވަރާތަކުން ކޯލިޝަން އެއްބަސްވުމަކަށް ޕާޓީތަކާ އެކީ އާދެވޭ ގޮތް ވުމާއެކުގައެވެ.

ނިމިދިޔަ އާއްމު އިންތިޚާބުގައި އޭއެންސީ އަށް 40 އިން ސައްތަ ލިބުނު އިރު، އޭއެންސީ އާއެކު ކޯލިޝަން ހެދި އަދި އިންތިޚާބުގައި ދެވަނަ އަށް ދިޔަ ޑީއޭ އަށް ލިބުނީ 22 އިން ސައްތަ އެވެ.

ރާމަފޯސާ އަށް ދެން ޖެހިވަޑައިގަންނަވާނީ އޭނާގެ ކެބިނެޓް އެކުލަވާލާށެވެ. އޭނާގެ ކެބިނެޓް ގައި އޭއެންސީގެ މެމްބަރުންގެ އިތުރުން ޑީއޭ ގެ މެމްބަރުން އެކުލެވޭނެ ކަމަށް ވަނީ ބެލެވިފައެވެ.

މާޒީގައި ހަތުރުވެރި ދެ ފާޓީގެ ގޮތުގައި އޮތް އޭއެންސީ އާއި ޑީއޭ އެކުގައި ސަރުކާރެއްގައި މަސައްކަތް ކުރުމަކީ މީގެ ކުރިން ދެކުނު އެފްރިކާގެ ގިނަ ބަޔަކު އުއްމީދު ކުރި ކަމެއް ކަމަކަށް ނުވެއެވެ. އެހެން ނަމެވެސް މި ކޯލިޝަން ރޫޅިގެން ދިއުމަށް ދެކުނު އެފްރިކާގެ ގިނަ ރައްޔިޔުން ބޭނުން ނުވާ ކަމަށް ޚިޔާލު ހޯދުމުގެ ސާވޭތަކުން ވަނީ ހާމަވެފައެވެ.

ދެކުނު އެފްރިކާގައި ބޭއްވުނު ފުރަތަމަ ޑިމޮކްރަޓިކް އިންތިޚާބުގައި 1994 ވަނަ އަހަރު އޭއެންސީގެ ފަރާތުން ވާދަ ކުރައްވާ ނެލްސަން މަންޑޭލާ އެގައުމުގެ ރައީސަކަށް ވަޑައިގެންނެވި ފަހުން ފާއިތު ހުރިހާ އިންތިޚާބެއްގައި މިފަހަރު ނޫނީ އޭއެންސީއަށް މަދުވެގެން 50% އައީ ލިބެމުން ކަން ފާހަގަ ކުރެވެއެވެ.

އޭއެންސީ އަށް އޮތް ތާއީދު ފަނޑުވަމުން ދިއުމުގެ ސަބަބުތަކުގެ ތެރޭގައި އޭއެންސީގެ ވެރިކަމުގައ ކަރަޕްޝަން އިތުރުވުމާއި، ކުށްކުރުން އިތުރުވުމާއި، ވަޒީފާނެތް މީހުން އިތުރުވެގެން ދިއުން ހިމެނެއެވެ.

- ކޮމެންޓް