ކ. މާލެ
|
15 ޖޫން 2024 | ހޮނިހިރު 13:12
ހުކުރު ދުވަހު ބޭއްވި ބައި އިލެކްޝަންގެ ތެރެއިން
ހުކުރު ދުވަހު ބޭއްވި ބައި އިލެކްޝަންގެ ތެރެއިން
އިލެކްޝަންސް ކޮމިޝަން
ތިން ދާއިރާގެ ބައި އިލެކްޝަން
ގަމު ކައުންސިލް ގޮނޑި އެމްޑީޕީއަށް ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީއަށް
ތިން ބައި-އިލެކްޝަންގައި ވެސް ވޯޓުލީ ނިސްބަތް މަދު
3 ބައި އިލެކްޝަންގެ ތެރެއިން މުލަކު ޑަބްލިއުޑީސީގެ ގޮނޑި ކާމިޔާބުކުރީ މިނިވަން ކެންޑިޑޭޓެއް

ދ. ކުޑަހުވަަދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ވެރިކަން ކުރާ ޕީއެންސީން ކާމިޔާބުކުރި އިރު، ލ. ގަމު ކައުންސިލް މެންބަރު އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބުކޮށްފިއެވެ.

ހުކުރު ދުވަހު ކުރިއަށްގެންދިޔަ ބައި އިލެކްޝަންގެ ތެރެއިން ދ. ކުޑަހުވަަދޫ ކައުންސިލްގެ ރައީސް އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ވާދަކުރެއްވީ ޕީއެންސީގެ ފަރާތުން ޖާދުﷲ ހަމީދެވެ. އަދި އެމްޑީޕީގެ ފަރާތުން ވާދަކުރީ އަބްދުﷲ ޖަމީލެވެ. 202 ވޯޓުގެ ތަފާތުން ވެރިކަން ކުރާ ޕީއެންސީން އެ ގޮނޑި ކާމިޔާކުރީ 826 ވޯޓާއެކު ޖާދުﷲ އެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ އަށް ލިބުނީ 624 ވޯޓެވެ.

މި ބައި އިލެކްޝަންގައި ވޯޓުލާފައިވަނީ 2398 މީހުންގެ ތެރެއިން 1483 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 61.84 އިންސައްތަ މީހުންނެވެ.

މީގެ އިތުރުން ލ. ގަމު ކައުންސިލް މެންބަރު އިބްތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގައި ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ކުރިމަތިލި އަލީ ނަޝީދާއި ވާދަކޮށް ގޮނޑި ކާމިޔާބުކުރީ އެމްޑީޕީގެ ކެންޑިޑޭޓް އަފްސަލް ޖައުފަރެވެ. އަފްސަލް މި ގޮނޑި ކާމިޔާބުކުރީ 250 ވޯޓުގެ ތަފާތަކުން 894 ވޯޓު ލިބިގެންނެވެ. އަލީ ނަޝީދަށް ލިބުނީ 644 ވޯޓެވެ.

މި ބައި އިލެކްޝަންގައި ވޯޓުލެވޭ 3671 މީހުންގެ ތެރެއިން ވޯޓުލާފައިވަނީ 1566 މީހުންނެވެ. އެއީ ވޯޓުލެވޭ އާބާދީގެ 42.66 އިންސައްތައެވެ.

މީގެ އިތުރުން މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު އިންތިހާބުކުރުމަށް ބޭއްވި ބައި އިލެކްޝަންގައި އަމިއްލަ ގޮތުން ވާދަކުރި ކެންޑިޑޭޓް ވަނީ ގޮނޑި ކާމިޔާބުކޮށްފައެވެ. އަމިއްލަ ގޮތުން ވާދަކުރި ރިމާ ހުސައިން އިންތިހާބު ކާމިޔާބުކުރީ ސަރުކާރުގެ ކެންޑިޑޭޓް މިޒްނާ ތައުފީގާއި ވާދަކޮށް 54 ވޯޓުގެ ތަފާތުން 336 ވޯޓާއެކުއެވެ. ސަރުކާރު ކެންޑިޑޭޓަށް ލިބުނީ 282 ވޯޓެވެ. މި އިންތިހާބުގައި ވޯޓުލާފައިވަނީ ވޯޓުދިނުމުގެ ހައްގު ލިބިގެންވާ 1332 މީހުންގެ ތެރެއިން 627 މީހުންނެވެ. އެއީ 47.07 އިންސައްތައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް