ކ. މާލެ
|
14 ޖޫން 2024 | ހުކުރު 16:16
އީރާނުގެ އިންތިގާލީ ޚާރިޖީ ވަޒީރު އަލީ ބަޣޭރީ ކާނީ އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީއާ ބަޣުދާދުގައި ބައްދަލުކުރެއްވުން
އީރާނުގެ އިންތިގާލީ ޚާރިޖީ ވަޒީރު އަލީ ބަޣޭރީ ކާނީ އިރާގުގެ ބޮޑުވަޒީރު މުހައްމަދު ޝިޔާ އަލް ސޫދާނީއާ ބަޣުދާދުގައި ބައްދަލުކުރެއްވުން
ޕްރެސް ޓީވީ
ލުބްނާން އާއި އިޒްރޭލްގެ ގުޅުން
ލުބްނާނަށް އިޒްރޭލުން އަރައިފި ނަމަ އިޒްރޭލަށް އެ ވަދެވެނީ ނަރަކައަކަށް: އީރާން
 
އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން ބާރުތައް އޮތީ އެއްބައެއްގެ އަތުގައި ނޫންކަން އެނގިގެން ހިގައްޖެ ކަމަށް

ލުބްނާނުގެ ހިޒްބުﷲ ޖަމާއަތާއި އިޒްރޭލު ސިފައިންނާ ދެމެދު ބަދަލު ކުރެވެމުންދާ ހަމަލާތައް އިތުރުވެ މަސްރަހު ހޫނުވެ އިޒްރޭލާ ލުބްނާނާ ދެމެދު ފުލް-ސްކޭލް ހަނގުރާމަ އެއް ފެށިދާނެ ކަމުގެ ބިރު ބޮޑު ވެފައި ވަނިކޮށް، އިޒްރޭލުން ލުބުނާނަށް އަރަން ވިސްނާނަމަ އިޒްރޭލަށް އެ ވަދެވެނީ ނަރަކައަކަށް ކަމަށް ބުނެ އީރާނުން އިޒްރޭލަށް ވަރުގަދަ އިންޒާރެއް ދީފިއެވެ.

މި މޭރުމުން އީރާނުގެ ވަގުތީ ޚާރިޖީ ވަޒީރު އަލީ ބަޣޭރީ ކާނީ ވާހަކަފުޅު ދެއްކެވީ ބުރާސްފަތި ދުވަހު އިރާގުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރ ގާސިމް އަލް-އަރާޖީ އާ އެކު އިރާގުގެ ވެރި ރަށް ބަގްދާދުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއް ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ލުބުނާން ވާނީ އެ މީހުންނަށް [އިޒްރޭލް ސިފައިން] ވަދެވޭ ނަރަކަ އަކަށް، ޔަހޫދީންނަށް އެ ކަމުން އެނބުރި ނުކުމެވޭނެ ގޮތެއް ނޯންނާނެ. އެމީހުން ބުއްދިއެއް ހުރިއްޔާ ލުބުނާނަށް އަލުން އަރާކަށް ނުވިސްނާނެ.
އީރާނުގެ ވަގުތީ ޚާރިޖީ ވަޒީރު އަލީ ބަޣޭރީ

އީރާނުގެ ޚާރިޖީ ވަޒީރު ވަނީ، 2000 ވަނަ އަހަރު އަދި 2006 ވަނަ އަހަރު ހިޒްބުﷲ އާ އިޒްރޭލާ ދެމެދު ހިނގި ދެ ހަނގުރާމައިގައިވެސް "ގަބޫލު ކުރަން ދަތި ބައްޔެއް" އިޒްރޭލް ވެފައިވާ ކަން ފާހަގަ ކުރައްވާފައެވެ.

އީރާނުގެ ޚާރިޖީ ވަޒީރު ވިދާޅުވީ، ހުސްވި އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުގެ ފަހުން ބާރުތައް އޮތީ އެއްބައެއްގެ އަތުގައި ނޫންކަން އެނގިގެން ހިގައްޖެ ކަމަށެވެ. ވަޒީރު އިޝާރާތް ކުރެއްވީ އިޒްރޭލުން ފަލަސްތީނުގެ ބިންތައް ހިފައި، ފަލަސްތީނުގެ ރައްޔިތުން މަރާ ލާއިންސާނީ އަނިޔާތައް ދިނުމާ ދެކޮޅަށް، އޮކްޓޯބަރު 7 ގައި ހަމާސް އިން ކުއްލި ގޮތަކަށް އިޒްރޭލަށް ދިން މުޅި ދުނިޔެ ސިއްސުވާލީ ވަރުގަދަ ހަމަލާއަށެވެ.

މި ދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ކުރީ ކޮޅުން ފެށިގެން ގާޒާއަށް އިޒްރޭލުން ހަމަލާތައް ދޭން ފެށުމާއެކު ހިޒްބުﷲ އިން ވެސް ދަނީ އިޒްރޭލަށް ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ހަމަލާތައް ދެމުން ކަން ފާހަގަ ކުރެވެއެވެ.

މަސްރަހް އިތުރަށް ހޫނު ވެގެން އުޅެނީ މި ދިޔަ އަންގާރަ ދުވަހު ލުބުނާންގެ ޖުވާޔާ ޓައުން އަށް އިޒްރޭލުން ވައިގެ މަގުން ދިން ހަމަލާ އެއް ގައި ހިޒްބުﷲ ގެ އިސް ކޮމާންޑަރަކު މަރުވުމާ ގުޅިގެންނެވެ.

ކޮމާންޑަރު މަރާލުމާ ގުޅިގެން ހިޒްބުﷲ އިން އިޒްރޭލަށް ދޭ ހަމަލާތައް ވަރުގަދަ ކުރާނެ ކަމަށް އެ ޖަމާއަތުން ވަނީ ބުނެ އިންޒާރު ދީފައެވެ. އަދި ގާޒާ އަށް އިޒްރޭލުން ހަމަލާ ދެމުންދާހާ ދުވަހަކު އިޒްރޭލަށް ހަމަލާ ދިނުން ކުރިއަށް ގެންދާނެ ކަމަށްވެސް ހިޒްބުﷲ އިން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
100%
ކޮމެންޓް