ކ. މާލެ
|
14 ޖޫން 2024 | ހުކުރު 01:08
އައް ރިހާބް އައުޓްޕޯސްޓްގައި ތިބި އިޒްރޭލު ސިފައިންނަށް މެޝިން ބަޑިއާއި އާޓިލަރީ ޝެލް ބޭނުން ކޮށްގެން އަމާޒަށް ހަމަލާ ދީފައިވޭ
އައް ރިހާބް އައުޓްޕޯސްޓްގައި ތިބި އިޒްރޭލު ސިފައިންނަށް މެޝިން ބަޑިއާއި އާޓިލަރީ ޝެލް ބޭނުން ކޮށްގެން އަމާޒަށް ހަމަލާ ދީފައިވޭ
ސޯޝަލްމީޑިއާ
ލުބުނާނާ ދެކޮޅަށް އިޒްރޭލުން ކުރާ ހަނގުރާމަ
ހިޒްބުﷲ އިން އިޒްރޭލުގެ އަސްކަރީ ޓާގެޓްތަކަށް ވަރުގަދަ ހަމަލާ ތަކެއް ދީފި
 
މި ހަމަލާތަކަކީ ގާޒާގެ ރައްޔިތުންނާ އެކުގައި އެ ޖަމާއަތުން ތިބިކަން ހާމަ ކޮށްދިނުމުގެ ގޮތުން ދިން ހަމަލާތަކެއް

ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން އިޒްރޭލުގެ އަސްކަރީ ޓާގެޓްތަކަށް ވަރުގަދަ ހަމަލާ ތަކެއް ބުރާސްފަތި ދުވަހު ދީފިއެވެ.

ހިޒްބުﷲ ގެ މި ހަމަލާއާ ގުޅޭ ގޮތުން އެ ޖަމާއަތުން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އައް ރިހާބް އައުޓްޕޯސްޓްގައި ތިބި އިޒްރޭލު ސިފައިންނަށް މެޝިން ބަޑިއާއި އާޓިލަރީ ޝެލް ބޭނުން ކޮށްގެން އަމާޒަށް ހަމަލާ ދީފައިވާ ކަމަށެވެ.

މި ބަޔާނުގައި އިތުރަށް ބުނެފައިވަނީ މި ހަމަލާތަކަކީ ގާޒާގެ ރައްޔިތުންނާ އެކުގައި އެ ޖަމާއަތުން ތިބިކަން ހާމަ ކޮށްދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށެވެ.

މި ހަމަލާގެ ކުރިން އެ ޖަމާއަތުގެ މީޑިއާ ބިއުރޯ އިން ވަނީ، އިޒްރޭލުގެ އަލް-ރަހީބް އަދި ރާމިއާ އައުޓްޕޯސްތަކަށް ހަނގުރާމަވެރިން ދިން ހަމަލާއެއްގެ ވީޑިއޯ ވެސް އާއްމު ކޮށްފައެވެ.

ނުހައްގުން އަރަބިންގެ ބިންތައް ފޭރިގަނެފައިވާ އިޒްރޭލުން ހުސްވި އަހަރުގެ އޮކްޓޯބަރު 7 ގެ ފަހުން ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދެކުނު ލުބުނާނަށް އަންނަނީ ހަމަލާތައް ދެމުންނެވެ.

އިޒްރޭލުގެ މި ހަމަލާ ތަކަށް ރައްދު ދިނުމުގެ ގޮތުން ހިޒްބުﷲ އިން ވެސް ގެންދަނީ ކޮންމެ ދުވަހަކު އިޒްރޭލުގެ ޓާގެޓް ތަކަށް ހަމަލާތައް ދެމުންނެވެ.

އޭއެފްޕީން ބުނާ ގޮތުގައި، އިޒްރޭލުގެ ހަމަލާތަކުގައި ލުބުނާނުގެ ބޯޑަރ ސަރަހައްދުން މިހާތަނަށް 455 މީހުން ވަނީ މަރުވެފައެވެ.

ލުބުނާނާ ދެކޮޅަށް އިޒްރޭލުން ވަނީ ދެ ހަނގުރާމަ އެއް މިހާތަނަށް ކޮށްފައެވެ. 2000 ވަނަ އަހަރު އަދި 2006 ވަނަ އަހަރުގެ ހަނގުރާމައިގައިވެސް ހިޒްބުﷲ އިން ވަނީ އިޒްރޭލާ ދެކޮޅަށް ވަރުގަދަ ރައްދު ހަމަލާތައް ދީފައެވެ. އޭގެ ނަތީޖާ އެއްގެ ގޮތުން މި ދެ ފަހަރުވެސް އިޒްރޭލަށް ޖެހުނީ ފަހަތައް ޖެހޭށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް