ކ. މާލެ
|
14 ޖޫން 2024 | ހުކުރު 01:55
މާލޭ އޭރިއާ 2ގެ ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް މުހައްމަދު ދާއޫދު
މާލޭ އޭރިއާ 2ގެ ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް މުހައްމަދު ދާއޫދު
ހަތަރުފުރޮޅުލީ އުޅަނދުތައް ވަގަށް ނެގުން
ހަތަރު ފުރޮޅުލީ އުޅަނދުތައް ވަގަށް ނެގުމުގެ ސީރިއަސް މައްސަލަ އެއް - ދެމަފިރިންގެ ނަން މަތީގައި ރެޖިސްޓްރީކުރި 86 އުޅަނދު!
އެ ވެހިކަލްތައް ފެނުނު ގަރާޖުގެ ވެރިފަރާތުގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ 100 ވެހިކަލް އޮތްކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ދާއޫދު ވިދާޅުވި
އެ މައްސަލަ ތަހުގީގު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފަ

މާލެ ސަރަހައްދުން ހަތަރު ފުރޮޅުލީ އުޅަނދުތައް ވަގަށް ނަގާ އެ އުޅަނދުތަކުގެ އަސްލު އޮޅުވާލަމުންދާ ސީރިއަސް މައްސަލަ އެއް ފެންމަތިވެފައިވާ ކަމަށާއި، އެކަމާއި ގުޅިގެން ބޮޑު ތަހުގީގެއް ކުރަން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މާލޭ އޭރިއާ 2ގެ ކޮމާންޑަރ، ޗީފް ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް މުހައްމަދު ދާއޫދު ވިދާޅުވީ 29 އެޕްރިލް 2024ގައި އެމްއޭސީއެލް މާލެ އެމްއޭސީއެލްގެ ހައި ސެކިއުރިޓީ ސަރަހައްދެއްގައި ބާއްވާފައި އޮތް އެމްއޭސީއެލްގެ އެމްޑީގެ 7 ސީޓަރ ވޭން ވަގަށް ނަގާފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ރިޕޯޓްކޮށްފައި ވަނީ 29 އެޕްރިލް 2024ގެ ހެނދުނު ކަމަށާއި ހާދިސާ ހިނގި ސަރަހައްދަށް ގޮސް ފުލުހުން ހާދިސާ އާޢި ގުޅުން ހުރި ކަންކަން ބަލާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެގޮތުން ބެލި ބެލުމުން އެ ހާދިސާ ހިނގި ދުވަހުގެ ރޭގެ ދަންވަރުގެ ވަގުތެއްގައި، އެމްއޭސީއެލްގެ ހުޅަނގުން، ބްރިޖަށް ނުކުމެވެން އޮންނަ މަގުން، ބްރިޖަށް ނުކުމެވެން އޮންނަ މަގުން ދުއްވާފައި ހުޅުމާލެ އާއި ވީކޮޅަށް ދުއްވާފައި ދިޔަކަން އެނގެން އޮތް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހުޅުމާލޭގެ ވިލާ ފިއުލްޝެޑާއި ހަމައިގައި ހުރި އޮރެންޖް ބިލްޑިން ކައިރީގައި އެ ވެހިކަލް މަޑުކޮށްފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ. އަދި އެ ބިލްޑިން ކައިރީގައި މަޑުކުރުމަށް ފަހު އެ އުޅަނދުގެ ނަމްބަރު ޕްލޭޓް ބަދަލުކޮށްގެން މާލެ އަށް އައިސްފައިވާކަން ފުލުހުންނަށް ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ އެ ވެހިކަލް ގެނައުމަށް ފަހު އެ ވެހިކަލް ގެންގޮސްފައި ވަނީ ހ.އީރާނުގޭގައި ހުރި ގަރާޖަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ހ.އީރާނުގޭގައި ހުރި ގަރާޖެއްގެ ތެރެއަށް އެ ވޭން އެ ރޭގެ ދަންވަރު 04:03 ހާއިރު ވައްދާތަން ފުލުހުންނަށް މައްސަލަ އާއި ގުޅުން ހުރި ފުޓޭޖްތައް ބެލި އިރު ފެނިފައިވާ ކަމަށް ވެސް ދާއޫދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ ގަރާޖު ކުއްޔަށް ނަގައިގެން އުޅުނު މީހާ އެތަނަށް ހާޒިރުކޮށް، އޭނާގެ ހާޒިރުގައި ގަރާޖު ބަލާ ފާސްކުރި އިރު އެމްއޭސީއެލް އިން ވަގަށް ނެގި ވޭން ގަރާޖުގައި ޕާކްކޮށްފައި އޮތް މަންޒަރު ފެނިފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ.

ހަމައެއާއި އެކު އެ ގަރާޖު އިތުރަށް ބަލާ ފާސްކުރި ކުރުމުގައި މީގެ އިތުރުން މި އަހަރުގެ ކުރީކޮޅު އިމިގްރޭޝަންގެ 4 ފުރޮޅުލީ އުޅަނދެއް ހުޅުމާލެއިން ވަގަށް ނަގާފައިވާ ވެހިކަލް އެއް ފެނިފައިވާ ކަަމަށް އޭނާ ވިދާޅުވިއެވެ. މި މައްސަލަ އާއި ގުޅިގެން ފުލުހުން ބެލި ބެލުމުން ވަގަށް ނަގާ އުޅަނދުތަކުގެ އަސްލު އޮޅުވާލަން އިންޖީނު ނަމްބަރު ބަދަލުކޮށްގެން ފުޅާ ދާއިރާއެއްގައި އެ ވިޔަފާރިކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މައްސަލަ އާއި ގުޅިގެން ދެ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެއީ ކ.މާލެ މ.މޮޑެން ކޮމެންޓް، އުމުރުން 43 އަހަރުގެ އަހުމަދު ނިޒާމް އާއި އެމްއޭސީއެލްގެ ސްޓާފެއްކަމަށްވާ، މ.ސީނީއަސުރުމާގެ، އުމުރުން 42 އަހަރުގެ މުހައްމަދު ހައިޝަމްއެވެ.

އެ ވެހިކަލްތައް ފެނުނު ގަރާޖުގެ ވެރިފަރާތުގެ ނަމުގައި ރެޖިސްޓްރީކޮށްފައިވާ 100 ވެހިކަލް އޮތްކަން ތަހުގީގަށް ފާހަގަވެފައިވާ ކަމަށް ދާއޫދު ވިދާޅުވިއެވެ. އޭގެ ތެރެއިން ހަތަރު ފުރޮޅުލީ 86 ވެހިކަލް ރެޖިސްޓްރީކޮށްފަވާކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެ ވެހިކަލްތައް ރެޖިސްޓްރީކޮށްފައިވާ ގޮތަށް ބަލާއިރު އަހުމަދު ނިޒާމްގެ އަނބިކަނބަލުންގެ 42 ވެހިކަލް އަދި ބާކީ ވެހިކަލްތައް ނިޒާމްގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

86 ވެހިކަލް ރެޖިސްޓްރީ ކުރާ ނަމަ 86 ގަރާޖް ސިޓީ ހުންނަން ޖެހޭނެ. ތަހުގީގުން ފާހަގަވެފައިވޭ ވެހިކަލްތަކުގެ ރެޖިސްޓްރީ 2023ގެ ކުރީގެ ވާހަކަ މި ފާހަގަކުރަނީ. 2025،2026 މިއީ އަދި އަޅުގަނޑުމެންނަށް ބައްދަލު ނުކުރާ އަހަރުތައް. ބައްދަލު ނުކުރާ އަހަރުތަކުގެ ނަމުގައި ވެހިކަލް ރަޖިސްޓްރީކޮށް އިޝޫކޮށްފައިވާކަން ފާހަގަކުރެވޭ. މިކަމުގައި ސީރިއަސް ތަހުގީގެއް ދަނީ ކުރަމުން.
ޗީފް ސުޕްރިންޓެންޑެންޑް އޮފް ޕޮލިސް މުހައްމަދު ދާއޫދު

ދާއޫދު ވިދާޅުވީ އަހުމަދު ނިޒާމް އާއި ގުޅުން ހުރި މި މައްސަލަ ބަލާ ނިމުނު ނަމަވެސް ވެހިކަލްތައް ވަގަށް ނަގާ އަސްލު އޮޅުވާލައިގެން ވިޔަފާރިކުރުމުގެ މައްސަލަ ފެތުރިފައި ވަނީ ކިހާ ފުޅާ މިނަކަށް ކަން ބުނަން ނޭނގޭ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީ ތެރެއިން ބަލަން ޖެހޭ ކަންކަން ބަލަމުންދާ ކަމަށާއި މިނިސްޓްރީގެ ފުރިހަމަ އެއްބާރުލުން ލިބެމުންދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް
14 ޖޫން 2024 | ހުކުރު 07:38
މހނ
މިހާރު ސީސީޓީވީ ކެމެރާ ނެތް މަގެއްގޫޅިއެށް ނުހުންނާނެ ވަގައް އެއްޗެއް ނަގައިގެން ގެންދާއިރު އެގެންޖެހޭނެ ތިމަންނަމެންގެ ދުވަސް މިހާހiސާބުނަ މިދިޔައީކަން ކީއްކުރާނީ އެއްށްވުރެ ބޮޑަށް ފައިސާއަށް ބޫތުކެވިފާ ތިބީމަ ތިބަޔަކައްޖެހޭނެ ހިތުންނުފިލާވަރުގެ އަދަބުލިބެން ނަމްބަރު ޕްލެޓް ނައްޓާ ބަދަލުކުރިއަތް ބުރިކުރެވެނެޖެހޭނެ އޭރުން ދިރިތިބީންނައް އިބުރަތަކައްވާނީ އަދި އެކަން ހުއްޓުވޭނީވެސް