ކ. މާލެ
|
13 ޖޫން 2024 | ބުރާސްފަތި 09:28
ސްވިމިންގ ޓްރެކް ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެފައި
ސްވިމިންގ ޓްރެކް ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވެފައި
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ލޯންޗެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފި
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވޭ
ލޯންޗުގައި ރޯވި އަލިފާން ނިއްވާލެވުނީ 12:56 ހާއިރު

މާލޭ ދެކުނުފަރާތު، ސްވިމިންގ ޓްރެކް ސަރަހައްދުގައި އޮތް ލޯންޗެއްގައި ރޯވި އަލިފާން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް ބުދަ ދުވަހުގެރޭ ދަންވަރު 12:42 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރ ފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ.

Advertisement

އެގޮތުން އެފްއާރުއެސްގެ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ލޯންޗުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ 12:56 ހާއިރުއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ. ނަމަވެސް ލޯންޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް