ކ. މާލެ
|
12 ޖޫން 2024 | ބުދަ 19:53
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބޭއްވި މުޒާހަރާގެ ތެރެއިން
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ބޭއްވި މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ބޮޑުކަންނެލި މަސްވެރިންގެ މުޒާހަރާ
ބޮޑުކަންނެލި މަސްވެރިންގެ ޑިމާންޑަށް ސަރުކާރުގެ ފެހި ސިގްނަލެއް ލިބެންދެން 1 ނަންބަރު ޖެޓީގައި މުޒާހަރާ ކުރިއަށްދާނެ
މަސްވެރިން ތިބީ ދޫދޭގޮތަކަށް ނޫން
ސަރުކާރުން ޖަވާބެއް ލިބެންދެން މުޒާހަރާ ކުރިއަށްދާނެ

ބޮޑުކަންނެލި މަސްވެރިންގެ ޑިމާންޑަށް ސަރުކާރުގެ ފެހި ސިގްނަލެއް ލިބެންދެން 1 ނަންބަރު ޖެޓީގައި މުޒާހަރާ ކުރިއަށްދާނެ ކަމަށް ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންއިން ބުނެފިއެވެ.

ބޮޑުކަންނެލި މަސްވެރިކަން ކުރާ މަސްވެރިން މުޒާހަރާ ކުރަމުންދަނީ ސަރުކާރަށް 7 މަސްވެގެންދިޔަ އިރުވެސް، ސަރުކާރުން ވެފައިވާ ވައުދުތައް ނުފުއްދާ މަސްވެރިންނަށް ގެއްލުންވާގޮތަށް ލޭނު މަސްވެރިކަން ކުރުމުގެ ހުއްދަ ސަރުކާރުން ބޭނުންވާ ކުންފުނިތަކަށް ދިނުމަށް ކުރަމުން އަންނަ މައްސަލައިގައެވެ. މީގެ އިތުރުން ޑީސަލް ލިބުމުގައި ހުރި ތަފާތުކުރުންތަކާއި، މަސްވެރިންނަށް ފައިސާ ނުލިބޭ މައްސަލައިގެ އިތުރުން މަސްވެރިންނަށް އަޅާނުލާ މައްސަލައިގައެވެ.

މަސްވެރިން ބުނެފައިވަނީ ބޮޑު ކަންނެލި ކިލޯއަކަށް ސަރުކާރުން 80 ރުފިޔާއާއި 100 ރުފިޔާއާއި ދެމެދުގެ އަގެއް ދޭނެކަމަށްވި ވައުދު ނުފުއްދާ ކަމަށެވެ. މަސްވެރިން ބާނާ މަހަށް ފައިސާ ނުލިބޭތާ 2 މަސްވެއްޖެ ކަމަށެވެ. މީގެ އިތުރުން އެހެން މަސްވެރިންނަށް ޑީސަލް ގަންނަން ލިބޭ އަގު ކުޑަވިނަމަވެސް ބޮޑުކަންނެލި މަސްވެރިންނަށް ލިބެނީ ބޮޑު އަގުގައި ކަމަށް މަސްވެރިން ބުނެފައިވެއެވެ.

ވަރަށް އުއްމީދާއެކު މި ދާއިރާއަށް އިންވެސްޓްކޮށްގެން މިހާތަނަށް އައި އިރު އަދި ވަރަށް ފޮނި އުއްމީދާއެކު މިނިސްޓަރެއް އައްޔަން ކުރީމާ ރުންކުރު ޖަވާބެއްދިނީމާ ހިތާމަކުރަން. މި އިންޑްސްޓްރީ އޮތީ ވެންޓިލޭޓަރުގައި. 132 ދޯނި މަސައްކަތް ކުރަމުން އަންނަ އިރު ދައުލަތުން އެއްވެސް ކަމެއް ނުކޮށްދޭ.
މަސްވެރިން

މީގެ އިތުރުން މަސްވެރިން ބުނެފައިވަނީ ސަރުކާރުން ޖަވާބެއް ނުދޭހާ ހިނދަކު އަދި ހައްލުކުރަން އެދުނު ކަންކަމުގައި ހައްލު ނުގެންނަ ހިނދަކު މަސްވެރިން 1 ނަންބަރު ޖެޓީ ދޫކޮށް ނުދާނެ ކަމަށެވެ. އަދި މަސްވެރިންގެ ޑިމާންޑްތަކަށް ސަރުކާރުން ހައްލު ގެނެސް އެކަމުގައި އަމަލީ ފިޔަވަޅު އަޅަންޖެހޭނެކަމަށް ވެސް މަސްވެރިން ވަނީ ބުނެފައެވެ.

ކޮމެންޓް