ކ. މާލެ
|
12 ޖޫން 2024 | ބުދަ 17:31
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު
އެމްޑީޕީ
މަސްވެރިންނަށް ފައިސާ ނުދޭ މައްސަލަ
އިންތިޚާބެއް ބޯމަތީގައި ނެތް ނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާ ދޭންޖެހޭ: ޝާހިދު
އިހްތިޖާޖުގައި ބައިވެރިވާ މަސްވެރިން ބުނެފައިވަނީ ގިނަ މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށް
މިފްކޯއަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދޭންޖެހޭ
ކަންނެލި މަސްވެރިން ކުރަމުންގެންދާ އިހްތިޖާޖުގެ އަޑު ސަރުކާރުން އަހަންޖެހޭ

އިތުރު އިންތިޚާބެއް ބޯމަތީގައި ނެތް ނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާ ދިނުމަށް ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައިފިއެވެ.

ބުދަ ދުވަހު ބޮޑު ކަންނެލީގެ މަސްވެރިންނަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވީ ވައުދުތައް ނުފުއްދާތީ ހުޅުމާލޭ ކަންނެލި ޖެޓީ ސަރަހައްދުގައި މަސްވެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ. މަސްވެރިންގެ ގިނަ ކަންބޮޑުވުންތައް ހުރި ނަމަވެސް ފިޝަރީޒް މިނިސްޓްރީން އެއްވެސް އިޖާބައެއް ދީފައިނުވެއެވެ. ފަހުން މަސްވެރިން ވަނީ މާލޭ 1 ނަންބަރު ޖެޓީ ސަރަހައްދުގައި މުޒާހަރާ ކޮށްފައެވެ. އަދި އެތަނަ ފިޝަރީޒް މިނިސްޓަރ ވަޑައިގެން މަސްވެރިންނާ ވާހަކަ ދައްކާފައި ވެއެވެ.

ކަންނެލި މަސްވެރިން ކުރަމުންގެންދާ އިހްތިޖާޖުގެ އަޑު ސަރުކާރުން އަހަންޖެހޭކަން ފާހަގަކޮށް ޝާހިދު ވަނީ މަސްވެރިން މިފްކޯއަށް ކިރުވި މަހަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާ ވަގުތުން ދިނުމަށް ގޮވާލާފައެވެ.

މަސްވެރިންގެ އިޖްތިޖާޖުގެ ތެރެއިން

ޝާހިދު ވިދާޅުވީ މިއަދުގެ ސަރުކާރު ވެރިކަމަށް އައީ މަސްވެރިން ކިރާ މަހަށް އެންމެ ގިނަ ވެގެން ދެ ދުވަސް ތެރޭ ފައިސާ ޖަމާ ކުރާނެކަމަށް ވައުދުވެކަން ދިވެހި މަސްވެރިން ތަކުރާރުކޮށް ހަނދާން ކޮށްދެމުންދާ ކަމަށެވެ. އަދި މި އަހަރު ކުރީކޮޅު ވެސް މަސްވެރިންނަށް ދޭން ޖެހޭ އެތަށް މިލިއަން ރުފިޔާއެއް ނުދައްކާތާ އެތައް މަހެއް ވެގެން މަސްވެރިން މުޒާހަރާ ކުރަން ފެށުމުން ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ސަރުކާރުން ދެއްކިކަން މަސްވެރިން ހަނދާން އެބަހުރިކަމަށް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ވިދާޅުވީ މިވަގުތު އިތުރު އިންތިޚާބެއް ބޯމަތީގައި ނެތްނަމަވެސް މަސްވެރިން އަތުންގަނެފައިވާ މަހަށް ދޭންޖެހޭ ފައިސާއަކީ މަސްވެރިންގެ ހައްގަކަށްވާތީ ސަރުކާރުން އެ ހައްގު ވަގުތުން އަދާކުރަންޖެހޭ ކަމަށެވެ.

މަސްވެރިންގެ އިހްތިޖާޖުގައި ބައިވެރިވާ މަސްވެރިން ބުނެފައިވަނީ ގިނަ މަސްވެރިން ތިބީ ވަރަށް ހާލުގައި ކަމަށާއި، ބައެއް މަސްވެރިން ތިބީ ބޭންކަށް ދަރާ ކަމަށެވެ. ފައިސާ ދެއްކޭނެ އެއްވެސް ގޮތެއް ނެތްއިރު ސަރުކާރުގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭ ކަމަށް އެމީހުން ބުނެފައިވެއެވެ. މަސްވެރިންނަށް ގިނަ ވައުދުފުޅުތައްވެ، މިފްކޯ އަށް ބޮޑު ކަންނެލި ގަންނަން ފަށާނެ ކަމަށް ވެސް ރައީސް މުއިއްޒު ވައުދުވެޑައިގެންފައިވާއިރު، މިއިން އެއްވެސް ކަމެއް ނުކުރާ ކަމަށް މަސްވެރިން ބުނެފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
100%
ކޮމެންޓް