ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 13:44
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅު
ރައީސް އޮފީސް
ރައީސް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި
އެ ބައްދަލުވުން ބާއްވާފައި ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގެ ހަވާސާގަ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.

އެ ބައްދަލުވުން ބާއްވާފައި ވަނީ އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތުގެ ހަވާސާގައެވެ.

އެ ބައްދަލުވުމުގައި މުހިންމު މަޝްވަރާތަކެއް ކުރިކަމަށް ބުނި ނަމަވެސް އެކަމުގެ އިތުރު ތަފްސީލެއް ސަރުކާރުން ހިއްސާކޮށްފައެއް ނުވެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރުކަމުގެ މަޤާމަށް ތިންވަނަ ދައުރަކަށް އިންތިޚާބުވެ ވަޑައިގެންނެވި ނަރެންދްރަ މޯދީ އެ މަޤާމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ.

އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫ ދެއްވި ރަސްމީ ޖާފަތް ބާއްވަވާފައި ވަނީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓަރސް ހުވާކުރެއްވުމަށް ބޭއްވެވި ރަސްމިއްޔާތަށް ފަހުއެވެ. މި ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރާއި މާލީ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަފީޤް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ޖާފަތް ބާއްވާފައިވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު ރާސްތުރަޕަތީ ބަވަންގައެވެ.

ކޮމެންޓް