ކ. މާލެ
|
11 ޖޫން 2024 | އަންގާރަ 09:33
ކުޅިވަރާއި ހަށި ހެޔިކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ކުޅިވަރާއި ހަށި ހެޔިކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު
ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާ
ކުޅިވަރާއި ހަށިހެޔޮ ކަމާ ބެހޭ ވުޒާރާ
ހުރިހާ ވަސީލަތެއް ހިމެނޭ މޫދު ކުޅިވަރު އެރީނާއެއް ޤާއިމު ކުރަނީ
ސާފިން އަދި ބޯޑީބޯޑިން އަށް ޚާއްސަ މި އެރީނާގެ އަމަލީ މަސައްކަތް ފެށުން މިވަގުތަށް މަޑު ޖައްސާލާފައި ވަނީ، މޯލްޑިވްސް ޕްރޯ އަށް ޖާގަ ދިނުމުގެ ގޮތުން

ހުރިހާ ވަަސީލަތެއް ހިމެނޭ ގޮތަށް، މޫދު ކުޅިވަރަށް ޚާއްސަ އެރީނާއެއް ޤާއިމު ކުރުމުގެ މަސައްކަތް އޮގަސްޓު މަހަށްފަހު ފެށިގެން ދާނެ ކަމަށް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެ އެވެ.

ރާފިޢު މިހެން ވިދާޅުވީ، މިއަހަރުގެ ވިޒިޓް މޯލްޑިވްސް ޕްރޯ 2024 ލޯންޗު ކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގަ އެވެ.

ވަޒީރު ވިދާޅުވީ، މީގެ ކުރިން ވެސް އިއުލާން ކޮށްފައިވާ މޫދު ކުޅިވަރު އެރީނާ، ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި އަޅަން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. ސާފިން އަދި ބޯޑީބޯޑިން އަށް ޚާއްސަ މި އެރީނާގެ އަމަލީ މަސައްކަތް ފެށުން މިވަގުތަށް މަޑު ޖައްސާލާފައި ވަނީ، އޯގަސްޓު މަހުގެ އެއް ވަނަ ދުވަހު ފަށާ މޯލްޑިވްސް ޕްރޯ އަށް ޖާގަ ދިނުމުގެ ގޮތުން ކަމަށް ވެސް ރާފިޢު ވިދާޅުވި އެވެ.

އިތުރަށް ރާފިޢު ވިދާޅުވީ މޯލްޑިވްސް ޕްރޯ ނިމުމާއެކު، މޫދު ކުޅިވަރުގެ އެރީނާ ޤާއިމު ކުރުމުގެ އަމަލީ މަސައްކަތް އެ ސަރަހައްދުގައި ފެށިގެން ދާނެ ކަމަށެވެ. މޫދު ކުޅިވަރުގެ އެރީނާ އާއެކު، އިތުރު ވަސީލަތްތަކެއް ޤާއިމު ކުރެވިގެންދާނެ ކަމަށް ވެސް ރާފިޢު ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ޞިއްޙީ ކަންކަމަށް ބޭނުންވާ ވަސީލަތްތަކުގެ އިތުރުން، މަރާމާތު ކުރުމަށް ބޭނުންވާ ވަސީލަތްތައް ވެސް ޤާއިމު ކުރެވިގެންދާނެ އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯ އަށް، އަމަލީ މަސައްކަތް އަޅުގަނޑުމެން ލަސްކޮށްލާފައި މި އޮތީ. މޯލްޑިވްސް ޕްރޯ އޮގަސްޓު މަހު ނިމުމަށްފަހު، އިރާދަކުރެއްވިއްޔާ އެ ސަރަހައްދުގައި މަސައްކަތްތައް ފެށިގެން ދާނެ. އެތަނުގަ ލިބެން ޖެހޭ ފެސިލިޓީސް އިތުރަށް ޤާއިމު ކުރެވިގެންދާނެ. އޭގެ ތެރޭގައި މެޑިކަލް ފެސިޓީސް އާއި އަދި އިކުއިޕްމަންޓްސް ރިޕެއާ އަދި މެއިންޓެންސް ވެސް އެތާ އެތެރޭގައި ހަމަޖެހިފައި ހުންނާނީ.
ޢަބްދުﷲ ރާފިޢު / ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

އެންމެ ފަހުން ރާއްޖޭގައި ބޭއްވި މޯލްޑިވްސް ޕްރޯ އަށް ފަހު، އައިބީސީން ރާއްޖެ އަށް ދީފައިވާ މާކްސް އަކީ 85 ކަން ފާހަގަ ކުރައްވައި ރާފިޢު ވިދާޅުވީ، އެ އެރީނާ އާއެކު އިންތިޒާމުތައް އިތުރަށް ފުރިހަމަވެ، 100 އާ ހަމައަށް ދިޔުމަށް ބޭނުންވާ މިންވަރު ހާސިލު ކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މީގެ އިތުރުން ރާފިޢު ވިދާޅުވީ ދިވެހި ރާއްޖެ އަކީ ބޮޑީބޯޑިންގެ އެއް ވަނަ ޤައުމަށް ވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް