ކ. މާލެ
|
5 ޖޫން 2024 | ބުދަ 19:01
ށ ފުނަދޫ
ށ ފުނަދޫ
ރާއްޖެއެމްވީ
ސިހުރު ހެދި މައްސަލައެއް
ފުނަދޫގައި ސިހުރު ހެދި ކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފި
ފުލުހުންގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި
މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބޭ
އެމީހާގެ ބަންދަށް އެންމެފަހުން 5 ދުވަސް ޖަހާފައިވަނީ 29 މެއި 2024 ވީ އަންގާރަ ދުވަހު

ށ.އަތޮޅު ފުނަދޫގައި ސިހުރު ހެދި ކަމުގެ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

އެމީހާގެ ބަންދަށް އެންމެފަހުން 5 ދުވަސް ޖަހާފައިވަނީ 29 މެއި 2024 ވީ އަންގާރަ ދުވަހު ފުނަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ. އަދި ޖޫން މަހުގެ 2 ވަނަ ދުވަހަށް މުއްދަތު ހަމަވުމާ ގުޅިގެން ކޯޓަށް ހާޒިރުކުރުމުން އޭނާ ވަނީ ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައި މިވަނީ ތިން ފަހަރެއްގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށްފަހުއެވެ.

މި މައްސަލައިގައި ހައްޔަރު ކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ 3 މެއި 2024 ވީ ހުކުރު ދުވަހުއެވެ. ފުރަތަމަ އެމީހާގެ ބަންދަށް 15 ދުވަސް ޖެހިއެވެ. އެ 15 ދުވަސް ނިމުމުން އިތުރު 10 ދުވަސް ކޯޓުން ޖެހި އެވެ. އަދި އޭގެފަހުން 5 ދުވަހަށް ބަންދުކުރިއެވެ.

މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް ފޯނު ނުނަގާތީ މިމައްސަލައާ ގުޅޭ އިތުރު މައުލޫމާތު ވަނީ ލިބޭ ގޮތް ނުވެފައެވެ.

ފުނަދޫގައި ސިހުރު ހެދި ކަމުގެ ކުށުގެ ތުހުމަތުގައި އެމީހާއާ ދެކޮޅަށް އެރަށުގައި މުޒާހަރާވެސް ކޮށްފައިވެއެވެ.

އެ ރަށުން މައުލޫމާތު ދިން މީހުން ބުނި ގޮތުގައި މައްސަލަ އުފެދިގެން ދިޔައީ އެ ދާއިރާގެ މެންބަރަށް ގެއްލުން ދިނުމަށް ސިހުރު ހެދި މައްސަލައެއްގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް