ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 15:44
ޖޭއެސްސީއަށް އަބްދުއްރަހީމް އާއި ރިޒާ އައްޔަންކުރެއްވުން
ޖޭއެސްސީއަށް އަބްދުއްރަހީމް އާއި ރިޒާ އައްޔަންކުރެއްވުން
ރައީސް އޮފީސް
ޖޭއެސްސީއަށް މެންބަރުން އައްޔަންކުރެއްވުން
އަބްދުއްރަހީމާއި ރިޒާ ޖޭއެސްއީގެ މެންބަރުކަމުގެ ހުވާ ކުރައްވައިފި
ރިޒާ އައްޔަން ކުރައްވާފައި ވަނީ މަޖިލީހުން ޖޭއެސްސީއަށް އައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި
އަބްދުއްރަހީމް ޖޭއެސްސީއަށް އައްޔަން ކުރައްވާފައިވަނީ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން

ޢަބްދުއްރަޙީމް ޢަބްދުﷲ އާއި ޙުސައިން ރިޟާ އާދަމް، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްއީ)ގެ މެންބަރުކަމުގެ ހުވާ ކުރައްވައިފިއެވެ.

މިކަމަށްޓަކައި ބޭއްވެވި ރަސްމިއްޔާތު އޮތީ އަންގާރަ ދުވަހުގެ ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނަށް އައްޔަންކުރެއްވި ދެ މެންބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ލ.ފޮނަދޫ، އަރާއިރު، ޢަބްދުއްރަޙީމް ޢަބްދުﷲއާއި ރައްޔިތުންގެ މަޖިލީހުގެ މާފުށި ދާއިރާގެ މެންބަރު ކ.ގުރައިދޫ، ޝީވީޑް ޙުސައިން ރިޟާ އާދަމެވެ.

ޢަބްދުއްރަޙީމް ޢަބްދުﷲ އައްޔަންކުރައްވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ޙުސައިން ރިޟާ ޢައްޔަންކުރައްވާފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ.

އަންގާރަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މި ދެ ބޭފުޅުންނަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. މުޙައްމަދު އިބްރާހީމެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަން ކުރެއްވި ކަމުގެ ލިޔުން، މި ދެބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަރުވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް