ކ. މާލެ
|
4 ޖޫން 2024 | އަންގާރަ 11:07
މިއީ ހަނދުގެ ދުނިޔެއާ ދުރު ފަރާތަށް ޖައްވީ އުޅަނދެއް ދިޔަ ފުރަތަމަ ފަހަރު
މިއީ ހަނދުގެ ދުނިޔެއާ ދުރު ފަރާތަށް ޖައްވީ އުޅަނދެއް ދިޔަ ފުރަތަމަ ފަހަރު
އޭއެފްޕީ
ހަނދުން ސާމްޕަލް ނެގުން
ހަނދުން ސާމްޕަލް ހިފައިގެން ޗައިނާގެ ޖައްވީ އުޅަނދު ދުނިޔެއަށް ދަތުރު ފަށައިފި
ޒިންހުއާ އިން ބުނެފައިވަނީ ރޮބޮޓިކް އަތަކާ، ބުރުމާއެއް ބޭނުން ކޮށްގެން މި އުޅަނދުން ހަނދުން ސާމްޕަލްތައް ނަގާފައިވާ ކަމަށް

ހަނދުން ހިލަޔާއި ވެލީގެ ސާމްޕަލްތައް ހިފައިގެން ޗައިނާގެ ޖައްވީ އުޅަނދު ދުނިޔެއަށް ދަތުރު ފަށައިފި ކަމަށް ޗައިނާގެ ދައުލަތުގެ މީޑިއާ އިން ބުނެފިއެވެ.

މިއީ ހަނދުގެ ދުނިޔެއާ ދުރު ފަރާތަށް ޖައްވީ އުޅަނދެއް ދިޔަ ފުރަތަމަ ފަހަރެވެ.

ހަނދަށް އިންސާނުންނާ އެކު މިޝަނެއް 2030 ގައި ފޮނުވުމަށް އުއްމީދު ކުރާ ޗައިނާ އަށް މި ފަހަރުގެ މިޝަން އަކީ ތާރީޚީ ބޮޑު ކާމިޔާބެއް ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.

ޗައިނާގެ ނޭޝަނަލް ސްޕޭސް އޭޖެންސީ އާ ހަވާލާދީ ޒިންހުއާ ނިއުސް އޭޖެންސީން ބުނެފައި ވަނީ ޗަންގާ-6 ޕްރޯބް އަންގާރަ ދުވަހުގެ ހެނދުނު ޗައިނާ ގަޑިން 7:38 ގައި ހަނދުން އުދުއްސާލައިފި ކަމަށެވެ.

ޗަންގާ-6 ޕްރޯބް ދުނިޔެއިން ލޯންޗް ކުރީ ހުސްވި މަހުއެވެ. ހަނދަށް މި އުޅަނދު ޖެއްސީ މިދިޔަ އާދިއްތަ ދުވަހުއެވެ. ޒިންހުއާ އިން ބުނެފައިވަނީ ރޮބޮޓިކް އަތަކާ، ބުރުމާއެއް ބޭނުން ކޮށްގެން މި އުޅަނދުން ހަނދުން ސާމްޕަލްތައް ނަގާފައިވާ ކަމަށެވެ.

ކާމިޔާބު ކަމާއެކު ސާމްޕަލްތައް އެއްކުރުމަށްފަހު އުޅަނދުން ވަނީ ޗައިނާގެ ދިދަ ހަނދުގައި ވިހުރުވާލާފައެވެ. މިއީ ހަނދުގެ ދުނިޔެއާ ދުރު ފަރާތުގައި ގައުމެއްގެ ދިދަ ވިހުރުވާލި ފުރަތަމަ ފަހަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް