ކ. މާލެ
|
3 ޖޫން 2024 | ހޯމަ 16:11
ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކަނޑައިގެން ގޮސްފައި ވުމާއެކު ހޯމަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ނުބާއްވަން ވަނީ ނިންމާފަ
ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކަނޑައިގެން ގޮސްފައި ވުމާއެކު ހޯމަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ނުބާއްވަން ވަނީ ނިންމާފަ
އޭޕީ
ލައްކާއަށް ބޯކޮށް ވާރޭ ވެހުން
ބޯކޮށް ވާރޭވެހި ލަންކާގައި 7 މީހުން މަރުވެއްޖެ
ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމުގެ އިންޒާރު 9 ޑިސްޓްރިކްޓަކަށް ވަނީ ދީފަ

ބޯކޮށް ވާރޭވެހި ބިންގަނޑު ކަނޑައިގެން ދިޔުމާއެކު ސްރީލަންކާގައި މަދުވެގެން 7 މީހުން މަރުވެއްޖެ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑިސާޒްޓަރ މެނޭޖްމަންޓް ސެންޓަރުން ބުނެފިއެވެ.

ކޮލޮމްބޯގެ ބޭރުން އޮންނަ ސިތަވަކަ ސަރަހައްދުން، ގެއެއްގެ ތެރެއަށް ފެންގަނޑު ވަނުމުގެ ސަބަބުން އެއް އާއިލާއަކުން 3 މީހުން މަރުވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.

ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކަނޑައިގެން ގޮސްފައި ވުމާއެކު ހޯމަ ދުވަހު ސްކޫލްތަކުގެ ކިޔެވުން ނުބާއްވަން ވަނީ ނިންމާފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ވަނީ ބިންގަނޑު ކަނޑައިގެން ހިނގައިދާނެ ކަމުގެ އިންޒާރު 9 ޑިސްޓްރިކްޓަކަށް ވަނީ ދީފައެވެ.

ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރ ޕްރަދީޕް ކޮޑިއްޕިލި ބީބީސީ އަށް ދީފައިވާ އިންޓަވިއު އެއްގައި ބުނެފައިވަނީ ވެރިރަށް ކޮޅުނބާއި ދެކުނުގެ އެހެން ސަރަހައްދު ތަކުގައިވެސް ފެންބޮޑުވުމުގެ ރިސްކް އަންނަނީ ބޮޑުވަމުންނެވެ.

އޭނާ ބުނި ގޮތުގައި ވަރަށް ގިނަ ސަރަހައްދުތަކަށް 400 މިލިމީޓަރަށް ވުރެ ބޯކޮށް މިހާރުވެސް ވާރޭ ވެހިފައިވުމާއެކު ކުރިން ފެންބޮޑުވެދާނެ ކަމުގެ ރިސްކް ކުޑަކަމަށް ބެލި ސަރަހައްދުތަކަށް ވެސް އެ ރިސްކް މިހާރު ބޮޑުވެފައިވާ ކަމަށެވެ.

ލަންކާ ސަރުކާރުން ބުނެފައިވަނީ ހާލުގައި ޖެހިފައިވާ މިހުންނަށް އެހީތެރިވުމަށް އަސްކަރިއްޔާގެ އިތުރުން ސްރީލަންކާގެ އެއަރ ފޯސް އާއި ނޭވީން ވެސް ގެންދަނީ ދަނީ ކާބޯތަކެއްޗާއި އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ބައިވެރިވަމުން ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް
- ގުޅުންހުރި
ލަންކާގެ ރައްޔިތުން ރެމިޓެންސް ފޮނުވުމުގައި ރާއްޖެ އިން ކަނޑައަޅާފައިވާ ލިމިޓް މުރާޖައާކޮށް، ލުއިގޮތްތަކެއް ކަނޑައަޅާ ދިނުމަށް އެ ގައުމުން އެދިއްޖެ
އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
ރާއްޖެއާ ލަންކާއާ ދެމެދު ޤާއިމްކުރާ ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމަށް މަޖިލީހުގެ ރުހުން ހޯދަނީ
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް ވަޑައިގަންނަވަނީ
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާން ގޮސްތިބި އެތައް ސަތޭކަ ލަންކާ މީހުން އަނބުރާ ގެނެވޭތޯ ލަންކާއިން މަސައްކަތް ފަށައިފި
ލަންކާގެ ޓުއަރިސްޓް ވިސާއަށް ބަދަލުތަކެއް، ނަމަވެސް ދިވެހިންނަށް އޮން-އެރައިވަލް 30 ދުވަސް ލިބޭނެ: ފޮރިން މިނިސްޓްރީ
ލަންކާއިން ފުޓްބޯޅަ ކުރިއަރުވަނީ، އޭއެފްސީގެ ރައީސްގެ ތައުރީފް
ސްރީލަންކާ ގައި ބޭއްވި ކާރު ރޭހެއްގައި ހިނގި އެކްސީޑެންޓެއްގައި ހަތް މީހުން މަރުވެއްޖެ