ކ. މާލެ
|
3 ޖޫން 2024 | ހޯމަ 13:14
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން
ރައީސް އޮފީސް
ރާއްޖެއާ ލަންކާގެ ގުޅުން
ރާއްޖެއާ ލަންކާއާ ދެމެދު ޤާއިމްކުރާ ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމަށް މަޖިލީހުގެ ރުހުން ހޯދަނީ
ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2011 ވަނަ އަހަރު
އެ އެއްބަސްވުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ.މުއިއްޒު ނިންމެވީ ކެބިނެޓްގެ ބޭފުޅުންގެ މަޝްވަރާ އާއި އެކުގަ
އެގޮތަށް ނިންމާފައި ވަނީ ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގަ

ޖިނާއީ ކުށްތައް ހުއްޓުވުމަށް ދިވެހިރާއްޖެއާއި ސްރީލަންކާއާއި ދެމެދު، އެހީތެރިކަމާއި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއް ޤާއިމުކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

އެގޮތަށް ނިންމާފައި ވަނީ ހޯމަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

"ޓްރީޓީ ބިޓްވީން ދަ ގަވަރންމަންޓް އޮފް ދަ ރިޕަބްލިކް އޮފް މޯލްޑިވްސް އެންޑް ދަ ގަވަރންމަންޓް އޮފް ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕަބްލިކް އޮފް ސްރީލަންކާ އޮން މިއުޗުއަލް ލީގަލް އެސިސްޓެންސް އިން ކްރިމިނަލް މެޓަރސް" ގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން ވަނީ މީގެ ކުރިން ލަފާދީފައެވެ.

އެހެންކަމުން ހޯމަ ދުވަހު އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމާއި މެދު ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ. އެ އެއްބަސްވުމަށް މަޖިލީހުގެ ރުހުން ހޯދަން ރައީސް ޑރ.މުއިއްޒު ނިންމެވީ ކެބިނެޓްގެ ބޭފުޅުންގެ މަޝްވަރާ އާއި އެކުގައެވެ.

ސަރުކާރުން ބުނިގޮތުގައި މިފަދަ ޓްރީޓީއެއްގެ ބޭނުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން ދެމެހެއްޓުމުގެ އިތުރުން، ޖިނާއީ ކުށްތައް ހުއްޓުވުމަށް ދެޤައުމުގެ އެހީތެރިކަމާއި އެއްބާރުލުން އެއްޤައުމުން އަނެއް ޤައުމަށް ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން މި ޓްރިޓީގެ ދަށުން، އެ ޤައުމެއްގެ ޤާނޫނުތަކާއި ޤަވައިދުތަކާ އެއްގޮތްވާގޮތުގެ މަތިންނާއި، ޓްރިޓީގެ މާއްދާތަކާ އެއްގޮތްވާގޮތުގެ މަތިން، ދެވެން އޮތް އެންމެ ފުޅާ ދާއިރާއެއްގައި ޖިނާއީ މައްސަލަތަކުގައި އެހީތެރިކަން ދޭނެކަމަށް ވެސް ވަނީ ބުނެފައެވެ.

ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު މިއުޗުއަލް ލީގަލް އެސިސްޓެންސް އެއްބަސްވުމެއްގައި ސޮއިކުރެއްވުމުގެ ޢަމަލީ މަސައްކަތް ފެށިފައިވަނީ 2011 ވަނަ އަހަރުއެވެ.

މަޖިލީހުން މި ޓްރީޓީއަށް ރުުހުން ހޯދަން ނިންމާފައިވާ އިރު 20 ވަނަ މަޖިލީހުގައި ސަރުކާރުގެ ފުރިހަމަ މެޖޯރިޓީ އެބައޮތެވެ. ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ ގޮތުގައި އެކަނި ވެސް 75 މެމްބަރުން މަޖިލީހުގައި އެބަ ތިއްބެވެ.

ކޮމެންޓް
- ގުޅުންހުރި
ދައުލަތަށް 47 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި މުޙައްމަދު ޒަކީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެ
ދައުލަތަށް 47 އަހަރަށް ވުރެ ގިނަ ދުވަހު ޚިދުމަތް ކޮށްދެއްވި މުޙައްމަދު ޒަކީ އަވަހާރަވެއްޖެ
ފަލަސްތީނުގެ މުސްލިމުންނަށް ލިބޭ އަނިޔާތަކާ ދެކޮޅުހަދައި، އަޤްސާ މިނިވަންކުރުމުގެ ޖިހާދުގައި ރާއްޖެއިން ހިތާއި ރޫޙުން ބައިވެރިވެ، ސަހަރޯވެރިވާނެ: ރައީސް
މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ކޮމިޝަން އުވާލިނަމަވެސް އާއިލާތަކަށް އަދިވެސް ރިޕޯޓު ނުދޭ
ސިޑްސް ކޮންފަރެންސަށް ރާއްޖޭން 16 ބޭފުޅުންގެ ވަފްދެއް ދިޔަ، ޚަރަދަށް 3.8 މިލިއަން ރުފިޔާ
ރައީސުލްޖުމްހޫރިއްޔާ، އިންޑިއާގެ ބޮޑުވަޒީރާއި ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފި
ލަންކާގެ ރައްޔިތުން ރެމިޓެންސް ފޮނުވުމުގައި ރާއްޖެ އިން ކަނޑައަޅާފައިވާ ލިމިޓް މުރާޖައާކޮށް، ލުއިގޮތްތަކެއް ކަނޑައަޅާ ދިނުމަށް އެ ގައުމުން އެދިއްޖެ
ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައްވައިފި