ކ. މާލެ
|
30 މެއި 2024 | ބުރާސްފަތި 22:33
ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޓެންޓެއް- ފައިލް ފޮޓޯ
ހުޅުމާލޭގައި މީގެ ކުރިން ހިނގި އެކްސިޓެންޓެއް- ފައިލް ފޮޓޯ
ރާއްޖެއެމްވީ
ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެއްޖެ
މިއެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުން
ކާރު ދުއްވި މިހާގެ އަތުގައި އެއްގަނމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް
އަނިޔާވީ 35 އަހަރުގެ އަންހެނަކަށް

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ހުޅުމާލެ ރީތިގަސް މަގުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓް ހިނގާފައިވާ ކަމަށް ބުރާސްފަތި ދުވަހުގެ ހަވީރު 4:40 އެހާކަންހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

މިއެކްސިޑެންޓްގައި އަނިޔާވި މީހާއަށް ޓްރީޓޮޕް ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ. އެއީ 35 އަހަރުގެ ދިވެހި އަންހެނެކެވެ.

ފުލުހުން ބުނީ މިއެކްސިޑެންޓްގައި ހިމެނޭ ދެ އުޅަނދަށް ވެސް އެކި ވަރުގެ ގެއްލުން ލިބިފައިވާ ކަމަށެވެ.

މީގެ އިތުރުން ފުލުހުން ބުނީ މިއެކްސިޑެންޓްގައި ހިމެނޭ ކާރު ދުއްވި މިހާގެ އަތުގައި އެއްގަނމު އުޅަނދު ދުއްވުމުގެ ލައިސެންސް ނެތް ކަމަށާއި، ނަމަވެސް ސައިކަލު ދުއްވި މީހާ އަތުގައި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސް އޮތް ކަމަށެވެ.

މިއެކްސިޑެންޓްގެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި އަންހެނަކަށް އަނިޔާވެފައިވާއިރު، މިފަހުން ހުޅުމާލޭގައި ހިނގާ އެކްސިޑެންޓްތައް ވަނީ އިތުރުވެފައެވެ. ޚާއްސަކޮށް ހުޅުމާލެ ފޭސް-2 ގައި ހިނގާ އެކްސިޑެންޓްތައް އިތުރެވެ. މިދިޔަ ރޯދަ މަހުގެ ތެރޭގައި އެކްސިޑެންޓްތައް ހިނގައި މީހުންގެ ފުރާނަ ގޮސްފައިވެއެވެ. އެކްސިޑެންޓްތައް ހިނގަމުންދަނީ ގަވާއިދާ ހިލާފަށް ދުއްވުމާއި، ދުއްވަންޖެހޭ ސްޕީޑަށްވުރެ ބާރު ސްފީޑުގައި ދުއްވުމާއި، ކުއްލިއަކަށް ދުއްވާ ލޭން ބަދަލު ކުރުމުގެ ސަބަބުން ކަމަށް ފުލުހުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް