ކ. މާލެ
|
27 މެއި 2024 | ހޯމަ 23:44
ހދ.އަތޮޅު
ހދ.އަތޮޅު
ބިންގަނޑަށް ލޮޅުމެއް އައުން
ހދ.އަތޮޅުގެ ބައެއް ރަށްތަކަށް އައީ ލޮޅުމެއް، ބިންހެލުމެއް ނޫން - މެޓް
ރާއްޖެ އަށް އައީ ބިންހެލުމެއް ކަމަށް ބުނެ ކުރާ ރިޕޯޓްތައް ސައްޙައެއް ނޫން
ރާއްޖެ ގަޑިން މިރޭ 08:27 ހާއިރު ލޮޅުމެއްގެ އަސަރުކޮށްފައިވޭ
މެޓުން ބުނީ ހޯމަ ދުވަހުގެ ރޭ ހދ.އަތޮޅުގެ ބައެއް ރަށްތަކުގައި ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްތައް ލިިބިފައިވާ ކަމަށް

ހދ.އަތޮޅުގެ ބައެއް ރަށްތަކުގެ ބިންގަނޑަށް ލޮޅުމެއް އައި ނަމަވެސް، އެއީ ބިންހެލުމެއް ނޫންކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ބުނީ ހޯމަ ދުވަހުގެ ރޭ ހދ.އަތޮޅުގެ ބައެއް ރަށްތަކުގައި ބިންގަނޑަށް ލޮޅުމެއް އައި ކަމުގެ ރިޕޯޓްތައް ލިިބިފައިވާ ކަމަށެވެ. އެގޮތުން ބެލި ބެލުމުން ހދ.ހަނިމާދޫގައި ޤާއިމްކޮށްފައިވާ ބިންހެލުން ރިކޯޑްކުރާ މީޓަރަށް ރާއްޖެ ގަޑިން މިރޭ 08:27 ހާއިރު ލޮޅުމެއް ރެކޯޑް ކުރެވިފައިވާ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.

ބައެއް މީޑިއާތަކުން ވަނީ އެ ސަރަހައްދަށް ބިންހެލުމެއް އައިކަމަށް ރިޕޯޓްކޮށްފައެވެ. އެކަމާއި ގުޅިގެން ރާއްޖެއެމްވީން ސުވާލުކުރުމުން މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވީ ހދ.ގެ ބައެއް ރަށްތަކަށް އައި ލޮޅުމަކީ ބިންހެލުމެއްގެ ގޮތުގައި ރިކޯޑް ނުކުރެވޭ ކަމަށެވެ. އެހެންކަމުން ރާއްޖެ އަށް ބިންހެލުމެއް އައި ކަމަށް ބުނެ ފެތުރެމުންދާ މައުލޫމާތު ސައްޙަ ނޫންކަން އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެ ސަރަހައްދަށް އައި ލޮޅުމުގެ ސަބަބުން ރާއްޖެ އަށް އެއްވެސް ނުރައްކަލެއް ކުރިމަތިވާނެ ކަމަށް ލަފާނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
ކޮމެންޓް