ކ. މާލެ
|
27 މެއި 2024 | ހޯމަ 12:52
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސްޕެނިޝް ލީގު
ޒަވީގެ އިރުޝާދުގެ ދަށުން ކުޅުނު ފަހު މެޗުން ބާސެލޯނާ އަށް މޮޅެއް!
މޮޅާއެކު ބާސެލޯނާ އިން ސްޕެނިޝް ލީގު ނިންމާލީ ދެ ވަނައިގައި

ސްޕެނިޝް ލީގުގައި ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ މޮޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ ސެވިއްޔާގެ އަމިއްލަ ދަނޑުގައި ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މި މެޗަކީ ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް އެ ޓީމަށް އިރުޝާދު ދޭނެ އެންމެ ފަހު މެޗެވެ. ބާސެލޯނާ އިން ވަނީ މި ސީޒަނަށްފަހު އެ ޓީމުގެ ކޯޗުކަމުން ޒަވީ ވަކި ކުރަން ނިންމައިފަ އެވެ.

މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ އެ ޓީމަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑް، ރޮބާޓް ލެވަންޑޯސްކީ އެވެ. އޭނާ އެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނީ ޔާއޯ ކަންސޭލޯ އެވެ. އޭގެ ފަހުން މެޗުގެ 31 ވަނަ މިނެޓުގައި ސެވިއްޔާ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔޫސުފް އަލް ނަސީރީ އެވެ. މެޗުން ބާސެލޯނާ މޮޅުވީ، 59 ވަނަ މިނެޓުގައި ފާމިން ލޮޕޭޒް ޖެހި ލަނޑުންނެވެ. އެއީ އިލްކާއީ ގުންޑޮގާން ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މޮޅާއެކު ބާސެލޯނާ އިން ސްޕެނިޝް ލީގު ނިންމާލީ ދެ ވަނައިގަ އެވެ. ލީގުގައި ކުޅުނު 38 މެޗުން އެ ޓީމަށް ލިބެނީ 85 ޕޮއިންޓެވެ. ބާސެލޯނާ ވަނީ 26 މެޗުން މޮޅުވެފަ އެވެ. ފަސް މެޗުން ބަލިވެފައިވާއިރު، ހަތް މެޗުން ވަނީ އެއްވަރުވެފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
ކޮމެންޓް