ކ. މާލެ
|
26 މެއި 2024 | އާދީއްތަ 15:49
ބޮސްނިއާގެ ގަތުލްއާންމު ކުށްވެރިކޮށް އެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރުމަށް އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ވޯޓެއް ނުދޭ
ބޮސްނިއާގެ ގަތުލްއާންމު ކުށްވެރިކޮށް އެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރުމަށް އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ވޯޓެއް ނުދޭ
ރާއްޖެއެމްވީ
ބޮސްނިއާ ގަތުލްއާންމު
އެތައްހާސް މުސްލިމުންނެއް މަރާލި ބޮސްނިއާ ގަތުލްއާންމު ބަލައިގަތުމަށް ރާއްޖެއިން ވޯޓު ނުދިން
ރާއްޖޭގެ ފޮރިން ޕޮލިސީއާއި މެދު އާންމުން އަންނަނީ ސުވާލު އުފައްދަމުން
84 ގައުމުން ވަނީ އެ ދުވަސް ފާހަގަކުރުމަށް ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓު ދީފަ
ގަރާރާއި ދެކޮޅަށް ވޯޓު ނުދޭ ހަމައެކަނި މުސްލިމު ގައުމަކީ ދިވެހިރާއްޖެ

އެތައްހާސް މުސްލިމުންނެއް މަރާލި ބޮސްނިއާ ގަތުލްއާންމު ބަލައިގަތުމަށް ރާއްޖެއިން ވޯޓު ނުދިނެވެ.

1995 ވަނަ އަހަރު ބޮސްނިއާ-ހަރްޒެގޮވިނާގައި ހިނގި ސްރެބްރެނިކާ ނަސްލު ނައްތާލުމުގެ ހަނދާން ކޮންމެ އަހަރެއްގެ ޖުލައި މަހުގެ 11 ވަނަ ދުވަހު އައުކުރުމަށް އދ. ގައި ނެގި ވޯޓުގައި ރާއްޖެއިން ވަނީ ވަކިކޮޅަކަށް ވޯޓު ނުދޭން ނިންމާ އެގޮތަށް ވޯޓު ދީފައެވެ.

193 މެންބަރުން ހިމެނޭ އދ. ގެ އާންމު މަޖިލީހުގައި މެއި މަހުގެ 23 ވަނަ ދުވަހު ނެގި ވޯޓުގައި 84 ގައުމުން ވަނީ އެ ދުވަސް ފާހަގަކުރުމަށް ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓު ދީފައެވެ. 19 ގައުމަކުން އެ ގަރާރާއި ދެކޮޅަށް ވޯޓު ދިން އިރު 68 ގައުމުން ވަނީ ވަކިކޮޅަކަށް ވޯޓު ނުދެއެވެ. މި ލިސްޓުގައި ރާއްޖެވެސް ހިމެނެއެވެ.

އެ ގަރާރުގައި ޖުލައި 11 އަކީ 1995 ވަނަ އަހަރު ސްރެބްރެނިކާގައި ހިނގި ނަސްލު ނައްތާލުމުގެ ބައިނަލްއަގުވާމީ ދުވަހުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، މީގެ ގާތްގަނޑަކަށް 30 އަހަރު ކުރިން ބޮސްނިއާގެ 8،000 އަށް ވުރެ ގިނަ މުސްލިމް ފިރިހެނުންނާއި ފިރިހެން ކުދިން ގަތުލުކުރުމާއި ގުޅިގެން އެ ދުވަހުގެ ހަނދާންތައް އައުކުރުމާއި ގުޅޭގޮތުން ހުށަހެޅި ގަރާރެކެވެ.

އެމެރިކާ، ފްރާންސް، އިނގިރޭސިވިލާތް އަދި އިޓަލީ ފަދަ 32 ކޯ ސްޕޮންސަރުންނާ އެކު ޖަރުމަނާއި ރުވާންޑާއިން ސްޕޮންސަރ ކުރި ގަރާރު ތަސްދީގު ކުރުމަށް ހުރަސް އެޅުމަށް ސާބިއާގެ ރައީސް އާއި ބޮސްނިއާ ސާބް ލީޑަޝިޕުން މުޒާހަރާތަކާއި ލޮބީ ކެމްޕޭނެއް ހިންގިއެވެ.

ބޮސްނިއާގެ މުސްލިމުން މަރާލި ގަތުލްއާންމާއި ގުޅިގެން ހުށަހެޅި ގަރާރު ބަލައިގަތުމަށް ވޯޓު ނުދޭ ހަމައެކަނި މުސްލިމް ގައުމަކީ ދިވެހިރާއްޖެއެވެ.

ބޮސްނިއާގެ ގަތުލްއާންމު ކުށްވެރިކޮށް އެ ދުވަސް ކޮންމެ އަހަރަކު ފާހަގަކުރުމަށް އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ވޯޓެއް ނުދޭ - ރާއްޖެއެމްވީ

މިކަމާއި ގުޅިގެން ރާއްޖެ ފަދަ 100 އިންސައްތަ މުސްލިމު ގައުމަކުން ވޯޓު ނުދީ ގަތުލްއާމާއި ދެކޮޅަށް ވޯޓު ނުދިނީ ކީއްވެގެންތޯ ވަނީ އާންމުން ސުވާލު އުފައްދާފައެވެ. އަދި މިހާރު އޮތް ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އާންމުން އަންނަނީ ފާޑުކިއަމުންނެވެ.

މިއާއެކު މިނިވަން ހާރިޖީ ސިޔާސަތަކަށް ރާއްޖެއިން އަމަލުކުރަމުން އަންނަ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އާންމުން އަންނަނީ ސުވާލު އުފައްދަމުންނެވެ. އަދި އެތައްހާސް މުސްލިމުންނެއް މަރާލި ގަތުލުއާންމު ރާއްޖެއިން ކުށްވެރިނުކޮށް އެކަމާއި ދެކޮޅު ހަދާފައި ނުވަނީ މި މައްސަލައިގައި ފޮރިން މިނިސްޓްރީން ރިޝްވަތު ނަގައިގެންތޯ ވެސް ވަނީ ސުވާލު އުފައްދާފައެވެ.

ކޮމެންޓް