ކ. މާލެ
|
26 މެއި 2024 | އާދީއްތަ 14:01
 މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުން ތަކުން ރައްކައުތެރިކަން ހޯދަން ރާއްޖެއަށް ފައިސާ ބޭނުންވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައި
މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުން ތަކުން ރައްކައުތެރިކަން ހޯދަން ރާއްޖެއަށް ފައިސާ ބޭނުންވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައި
ރާއްޖެއެމްވީ
ކްލައިމެޓް ޗޭންޖް ރޮނގުން އެހީއަށް އެދުން
ކްލައިމެޓް ޗޭންޖަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ ކުރިން ވާހަކަފުޅު ދެއްކެވި ރައީސް ޑރ. މުއިއްޒު، ކްލައިމެޓް ޗޭންޖްގެ ރޮގުން ރާއްޖެއަށް 500 މިލިއަން ޑޮލަރު ބޭނުންވާ ކަމަށް ވިދާޅުވެއްޖެ
ބޭނުންވާ ފައިސާ އަމިއްލަ އަށް ހޯދުމުގެ ގާބިލް ކަމެއް ރާއްޖެއަކު ނެތް
ކަނޑު އުފުލެމުންދާ މައްސަލައިގައި ބައިނަލްއަގްވާމީ މުޖްތަމައުން ރާއްޖެއަށް އެހީވާން ޖެހޭނެ
މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަކީ ނެތި ދިއުމުގެ ބިރު އޮތް ގައުމެއް

އިންތިޚާބީ ރައީސްގެ ހައިސިއްޔަތުން އަލްޖަޒީރާ އަށް ދެއްވި ބަސްދީ ގަތުމެއްގައި ކްލައިމެޓް ޗޭންޖަކީ ހަގީގަތެއް ނޫން ކަމަށް ވިދާޅުވެ ވާހަކަ ފުޅު ދެއްކެވި، ރާއްޖޭގެ މިހާރުގެ ރައީސް، ރާގު މުޅިން ބަދަލު ކުރައްވާ ކްލައިމެޓް ޗޭންޖުގެ ރޮނގުން ރާއްޖެއަށް 500 މިލިއަން ޑޮލަރުގެ އެހީ ބޭނުންވާ ކަމަށް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ހޮނިހިރު ދުވަހު އިނގިރޭސިވިލާތުގެ ނޫހެއް ކަމަށްވާ ދަ ގާޑިއަން ގައި ޝާއިއު ކުރެއްވި ލިޔުމެއްގައެވެ.

ދަ ގާޑިއާންގައި ޑރ މުއިއްޒު ވިދާޅުވީ، މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ލިބޭ ގެއްލުން ތަކުން ރައްކައުތެރިކަން ހޯދަން ރާއްޖެއަށް ބޭނުންވާ ފައިސާ ރާއްޖެއިން އަމިއްލަ އަށް ހޯދުމަށް ނުކުޅެދިފައިވާ ކަމަށެވެ.

ކްލައިމެޓް ޗޭންޖުގެ ރޮނގުން ރާއްޖެއަށް އެހީ ބޭނުންވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވުން - ދި ގާޑިއަން

ކަނޑު އުފުލެމުންދާ ވާހަކައަކީ މީގެ 50 އަހަރު ކުރިންވެސް ދައްކާ ތާކުންތާކު ނުޖެހޭ ވާހަކައެއް ކަމަށް އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވި ނަމަވެސް ދަ ގާޑިއަންގައި ވާ ރައީސް ޑރ. މުއިއްޒުގެ ލިޔުމުގައި ބައިނަލް އަގްވާމީ މުޖްތަމައަށް އެމަނިކުފާނު ގޮވާލައްފައިވަނީ ކަނޑު އުފުލެމުންދާ ދިއުމާ ހަނގުރާމަ ކުރުމަށް ރާއްޖެއަށް ބޭނުންވާ އެހީ ފޯރުކޮށް ދިނުމަށެވެ. މި ރޮނގުން ދެވޭ އެންމެ ރަނގަޅު ދީލަތި އެހީ ތަކުން ރާއްޖެ މަހްރޫމް ކޮށްފައިވާ ކަމަށްވެސް ލިޔުއްވާފައިވެއެވެ.

ޑރ. މުއިއްޒު ލިޔުއްވާފައިވާ ގޮތުގައި ޖައްވަށް ބޭރުކުރާ ދުނިޔެ ހޫނު ކުރާ ގޭހުގެ ތެރެއިން ރާއްޖެއިން ހިއްސާވަނީ އެންމެ 0.003 އިން ސައްތަ ކަމަށާއި، އެހެން ނަމަވެސް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އެންމެ ފުރަތަމަ ނެތި ދިޔުމުގެ ބިރު ހީވެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށެވެ.

ރައީސް ޑރ. މުއިއްޒު ދަ ގާޑިއަންގައި ލިޔުން ޝާއިއު ކުރެއްވިއިރު ކޮންމެ ދިހަ އަހަރަކުން އެއް ފަހަރު ބާއްވާ ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް ކޮންފަރެންސް ހޯމަ ދުވަހު އެންޓިގުއާ އެންޑް ބާބޫޑާގައި ފެށޭނެއެވެ. ކޮންފަރެންސްގައި ރާއްޖޭން އެންޓިގުއާ އާ އެކު ކޯޗެއަރކަން އަދާ ކުރާނެއެވެ.

ސިޑްސްގެ ފުރަތަމަ ކޮންފަރެންސް ބޭއްވީ 1994 ވަނަ އަހަރު ދިވެހިރާއްޖޭގައެވެ. ސިޑްސްގެ ފުރަތަމަ ކޮންފަރެންސް ބޭއްވުމުގެ 5 އަހަރު ކުރިން އޭރުގެ ރައީސް މައުމޫން ވަނީ ދުނިޔޭގެ ކަނޑު 3.3 ފޫޓަށް އުފުލިއްޖެ ނަމަ ރާއްޖެ ދެމި އޮތުމަށް ނުރައްކާވާނެ ކަމަށް ވިދާޅުވެ ދުނިޔެއަށް ވަރުގަދަ މެސެޖެއް ދެއްވާފައެވެ.

- ކޮމެންޓް