ކ. މާލެ
|
26 މެއި 2024 | އާދީއްތަ 13:07
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް
ރާއްޖެއެމްވީ
އެފްއޭއެމްގެ ކޮރަޕްޝަން މައްސަލަ
ގަލޮޅު ދަނޑުގައި ހުންނަ އެފްއޭއެމްގެ ގުދަނަށް ފުލުހުން ވަދެއްޖެ
މިއީ މިހާރުވެސް ތަހުގީގު ކުރިއަށްދާ ބޮޑު މައްސަލައެއް
އެފްއޭއެމްގެ ގުދަނަށް ފުލުހުން ވަނީ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން
ފުލުހުން އެތަނަށް ވަދެ ބަލައި ފާސްކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުން

ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ގަލޮޅު ދަނޑުގައި ހުންނަ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ގުދަނަށް ފުލުހުން ވަދެއްޖެއެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކޮށްލުމުން ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އެފްއޭއެމްގެ ގުދަނަށް ފުލުހުން ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުން އެތަނަށް ވަދެ ބަލައި ފާސްކުރަމުން ދަނީ ކޯޓު އަމުރެއްގެ ދަށުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެފްއޭއެމްގެ ތެރޭގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގު ކުރަމުންދާއިރު، މިއީ މިހާރުވެސް ތަހުގީގު ކުރިއަށްދާ ބޮޑު މައްސަލައެކެވެ.

މިހާތަނަށް ތަހުގީގު ނިމިފައިވާ ބައިގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތް ވަނީ ފަށާފައެވެ. އެ މައްސަލަ އޮތީ އިބްތިދާއީ މަރުޙަލާގައެވެ.

މި މައްސަލައިގައި މިހާރު ތަޙްޤީޤު ކުރިއަށް ދިޔަ ހިސާބުން 2 ދަޢުވާއެއް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވެއެވެ. އެއީ ހިޔާނަތްތެރިވުމުގެ ކުށުގެ ދައުވާއާއި، މަނީ ލޯންޑަރިންގ ގެ ދައުވާއެވެ. ޕީޖީ އޮފީހުން ވަނީ ލޯންޑަރކުރުމަށް ބޭނުންކޮށްފައިވާ 10،000.00 (ދިހަހާސް އެމެރިކާ ޑޮލަރު) ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައެވެ.

މި މައްސަލައާ ގުޅިގެން ތަހުގީގު ހިނގަމުންދާ މައްސަލަތަކުގެ ތެރޭގައި 1 މިލިއަން ޑޮލަރު ހިމެނޭ މައްސަލައަކާއި އަދިވެސް އިތުރު މައްސަލަތަކެއް ހިމެނޭކަމަށް ދައުލަތުން ކޯޓުގައި ބުނެފައިވެއެވެ.

ކޮމެންޓް