ކ. މާލެ
|
25 މެއި 2024 | ހޮނިހިރު 08:56
ސްރީލަންކަން އެއާލައިންސް
ސްރީލަންކަން އެއާލައިންސް
ގޫގުލް
ލަންކާގެ ވިސާއަށް ބަދަލުތަކެއް
ލަންކާގެ ޓުއަރިސްޓް ވިސާއަށް ބަދަލުތަކެއް، ނަމަވެސް ދިވެހިންނަށް އޮން-އެރައިވަލް 30 ދުވަސް ލިބޭނެ: ފޮރިން މިނިސްޓްރީ
30 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެގައުމުގައި މަޑު ކުރާނަމަ، ހަ މަސް ދުވަހަށް ވިސާ އިތުރު ކުރެވޭނެ
ދެގައުމަށް ފައިދާވާނެ ފަސޭހަ ގޮތަކަށް ވިސާގެ ކަންކަން ހަމަޖެއްސުމަށް ދަނީ މަޝްވަރާ ކުރަމުން

ސްރީލަންކާގެ ޓުއަރިސްޓް ވިސާއަށް ބަދަލުތަކެއް ގެނައި ނަމަވެސް، ދިވެހިންނަށް އޮން-އެރައިވަލް ވިސާ 30 ދުވަސް ލިބޭނެ ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ލަންކާއިން ވަނީ އެ ގައުމުގެ ޓޫރިސްޓް ވިސާގެ އިންތިޒާމުތަކަށް ބައެއް ބަދަލުތައް ގެނެސްފައެވެ.

މި ބަދަލާ ގުޅިގެން ފޮރިން މިނިސްޓްރީން ބުނީ ލަންކާގައި އީ-ވިސާގެ އައު ނިޒާމެއް އިއުލާން ކުރުމާއެކީ އެގައުމަށްދާ ދިވެހިންނަށް ލުއި ފަސޭހަކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، އެގައުމުގެ ކަމާއިބެހޭ އިދާރާތަކާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި ދެގައުމަށް ފައިދާވާނެ ފަސޭހަ ގޮތަކަށް ވިސާގެ ކަންކަން ހަމަޖެއްސުމަށް މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށް މިނިސްޓްރީން ބުނެެއެވެ.

ފޮރިން މިނިސްޓްރީން ބުނީ މިހާރު އަމަލުކުރަމުންދާ އުސޫލުގެ ދަށުން އެ ގައުމަށް ދިވެހިން ދިއުމާއެކު 30 ދުވަހުގެ އޮންއެރައިވަލް ވިސާ ލިބޭނެ ކަމަށެވެ. އަދި 30 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެގައުމުގައި މަޑު ކުރާނަމަ، ހަ މަސް ދުވަހަށް ވިސާ އިތުރު ކުރެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ. ހަ މަސް ދުވަހަށް ވިސާ އިތުރު ކުރެވޭނީ އެކަމަށް ޚާއްސަ ޕޯޓަލްއަކުން ފީއެއް ދެއްކުމަށްފަހުއެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ މިހާރު ލަންކާގައި ތިބި އަދި ވިސާގެ މުއްދަތު އިތުރު ކުރަން ޖެހޭ ފަރާތްތަކަށް ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނަށް ގުޅައި ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ލަންކާއަށް ދަތުރުކުރާ އެއްވެސް ދިވެއްސެއް އިތުރު މައުލޫމާތު ސާފުކުރަން އެދޭނަމަ ފޮރިން މިނިސްޓްރީއަށް ގުޅުމަށް ވަނީ އެދިފައެވެ.

އަވައްޓެރި ލަންކާއަކީ ގިނަ ދިވެހިން ދަތުރުކޮށް އުޅޭ ގައުމެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
ލަންކާގެ 10 ބިލިއަން ޑޮލަރުގެ ދަރަނި ރީސްޓްރަކްޗަރކޮށް ދެއްކުން ފަސްކޮށްފި
ލަންކާގެ ރައްޔިތުން ރެމިޓެންސް ފޮނުވުމުގައި ރާއްޖެ އިން ކަނޑައަޅާފައިވާ ލިމިޓް މުރާޖައާކޮށް، ލުއިގޮތްތަކެއް ކަނޑައަޅާ ދިނުމަށް އެ ގައުމުން އެދިއްޖެ
އުމުރުން ދުވަސްވީ ދިވެހިން ލަންކާގައި ދެމި ތިބެވޭނެ ހުއްދަ ލިބޭތޯ ރާއްޖޭން މަސައްކަތް ކުރަނީ
ބޯކޮށް ވާރޭވެހި ލަންކާގައި 7 މީހުން މަރުވެއްޖެ
ރާއްޖެއާ ލަންކާއާ ދެމެދު ޤާއިމްކުރާ ޤާނޫނީ އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމަށް މަޖިލީހުގެ ރުހުން ހޯދަނީ
ޚާރިޖީ ވަޒީރު މޫސާ ޒަމީރު ރަސްމީ ދަތުރުފުޅެއްގައި ލަންކާ އަށް ވަޑައިގަންނަވަނީ
ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގައި ބައިވެރިވާން ގޮސްތިބި އެތައް ސަތޭކަ ލަންކާ މީހުން އަނބުރާ ގެނެވޭތޯ ލަންކާއިން މަސައްކަތް ފަށައިފި
ބޮސްނިއާގެ މުސްލިމުންނަށް ހިންގި ގަތުލުއާއްމާ ގުޅޭ ޤަރާރު ބަލައިގަތުމަށް ރާއްޖެއިން ވޯޓު ނުދިން ސަބަބާ ގުޅޭގޮތުން ސަރުކާރުގެ ބަސް ހުއްޓިފައި