ކ. މާލެ
|
23 މެއި 2024 | ބުރާސްފަތި 13:32
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ޝުއައިބް މުހައްމަދު އިގްބާލް
ކްރިމިނަލް ކޯޓު އިމާރަތް
ކްރިމިނަލް ކޯޓު އިމާރަތް ބަދަލުކުރުމަށްޓަކައި ކުރަންޖެހޭ އަމަލީ މަސައްކަތްތައް ވަނީ ފެށިފައި: ޑީޖޭއޭ
 
އެ މަސައްކަތުގެ ތާވަލެއް ހޯދުމަށް މިހާރު އެދިފައިވޭ
 
އައު އިމާރާތުގެ ގޯތިތެރެ ސާފު ކުރުމާއި، އިމާރާތުގެ ބޭރުގައި ކުރަންޖެހޭ ކަންކަން ވަނީ ފެށިފައި

ކްރިމިނަލް ކޯޓުގެ ހިންގުން ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް ކުރަންޖެހޭ އަމަލީ މަސައްކަތްތައް ފެށިފައިވާކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ބުނެފިއެވެ.

ކްރިމިނަލް ކޯޓް ހިންގަމުންދާ އިމާރާތަކީ ބޭނުންކުރުމަށް އެއްވެސް މިންވަރަކަށް ރައްކާތެރިތަނެއް ނޫންކަމަށް ކަމާބެހޭ ފަންނީ މާހިރުން އިރުޝާދު ދެއްވާފައިވާތީ ކްރިމިނިލް ކޯޓު އިމާރާތް ހުޅުމާލޭ ކޮވިޑް ފެސިލިޓީއަށް ބަދަލު ކުރުމަށް ވަނީ ނިންމާފައެވެ.

އެކަމާ ގުޅޭ މައުލޫމާތު ހޯދުމަށް ރާއްޖެއެމްވީން ގުޅުމުން ޑީޖޭއޭގެ މީޑިއާ އޮފިޝަލު މީގެ ކުރިން ވިދާޅުވީ، ކޮވިޑް ފެސިލިޓީގައި ކޯޓު ޤާއިމު ކުރުމަށް އެ އިމާރާތަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި، ކުރެހުން ތައްޔާރުކޮށް ކުރެހުމާއި އެއްގޮތަށް އިމާރާތުގެ ބައިތައް ރޫޅާ ނިމިފައިވާކަމަށެވެ. އެގޮތުން ކުރިން ތައްޔާރުކުރި ކުރެހުމަށް ބައެއް ބަދަލުތައް ގެނެސް، ކޯޓު ރޫމް އަދި ގާޒީންގެ ރޫމް އިތުރުކޮށް، ކުރެހުމަށް ގެނެވުނު ބަދަލުތަކާ އެއްގޮތަށް ބީއޯކިއު ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށް އޭރު އޭނާ ވިދާޅުވިއެވެ.

އެކަމާ ގުޅޭ މައުލޫމާތު ހޯދާލުމަށް ބުރާސްފަތި ދުވަހު ގުޅާލުމުން ޑީޖޭއޭގެ އޮފިޝަލު ވިދާޅުވީ، އައު އިމާރާތުގެ ގޯތިތެރެ ސާފު ކުރުމާއި، އިމާރާތުގެ ބޭރުގައި ކުރަންޖެހޭ ކަންކަން ފެށިފައިވާ ކަމަށާއި، މިހާރު އަމަލީ މަސައްކަތްތައް ފެށިފައިވާ ކަމަށެވެ.

އެކަން ކުރިއަށް ގެންދަނީ އެޗްޑީސީންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކޯޓުގެ އިމާރަތް ބަދަލު ކުރެވޭނެކަމަށް ބެލެވޭ ތާރީޚާ ގުޅޭގޮތުން ސުވާލު ކުރުމުން ޑީޖޭއޭގެ އޮފިޝަލު ވިދާޅުވީ، އެ މަސައްކަތުގެ ތާވަލެއް ހޯދުމަށް މިހާރު އެދިފައިވާނެ ކަމަށާއި، މަސައްކަތް ނިމޭނެ ސީދާ ތާރީޚެއް އަދި ދެންނެވެން ނެތް ކަމަށެވެ.

ކްރިމިނަލް ކޯޓު ހިންގަމުންދާ ހަތަރު ބުރީގެ އިމާރާތް ވަރަށް ބޮޑަށް ބައުވެފައިވާ ތަނަކަށްވެ ވަރަށް ބޮޑަށް އެއިމާރާތް ހަލާކުވެފައިވާތީ ކަމާބެހޭ މާހިރުން ހެދި އިންސްޕެކްޝަނަށްފަހު، އެ އިމާރާތް އިތުރަށް ބޭނުންކުރުމަކީ އެއްވެސް މިންވަރަކަށް ރައްކާތެރި ކަމެއް ނޫންކަމަށް ވަނީ އިރުޝާދު ދެއްވާފައެވެ.

އެހެންކަމުން ކޯޓުގެ ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހުރީ މަދު ޖާގަތަކެކެވެ. އެއާއެކު ދާދިފަހުން މާލެއަށް ކުރި ވިއްސާރައާ ގުޅިގެން މިހާރު ހުރި ޖާގަތަކުގައިވެސް ޝަރީއަތްތައް ހިންގަން ވަނީ ގޮންޖެހުންތައް ކުރިމަތިވެފައެވެ. ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ އިމާރާތަށް އެކި ކަހަލަ ގެއްލުންތައް ވެފައިވާއިރު، ވާރޭ ވެހުމުގެ ސަބަބުން ކޯޓުގެ ސާވަރ ރޫމަށްވެސް ފެނުގެ އަަސަރުކޮށް ކޯޓުގެ ގިނަ އަޑުއެހުންތަކެއް ދިޔައީ ކެންސަލްވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް