Advertisement
ކ. މާލެ
|
22 މެއި 2024 | ބުދަ 12:18
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ
ޕޮލިސް
ވައްކަމުގެ މައްސަލަތައް
ހުޅުމާލޭ ފިހާރައަކުން ވައްކަންކޮށް ފޯނާއި ފައިސާތަކެއް ނަގައިފި
ދެ މައްސަލަވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން
"މައި ޑެންޓިސްޓް ކްލިނިކް" ގެ ދޮރަށް ގެއްލުންދީފައިވާ މައްސަލައެއް ހުށަހެޅިފައިވޭ

ފިހާރައަކުން ވައްކަންކޮށް ފައިސާއާއި މޯބައިލް ފޯނެއް ވަގަށް ނަގާފައިވާ މައްސަލައެއް ރިޕޯޓު ކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ، ހުޅުމާލޭ ހޮސްޕިޓަލުގެ ކުރިމަތީގައި ހުރި ފިހާރައަކުން ވައްކަން ކޮށްފައިވާ މައްސަލައާއި "މައި ޑެންޓިސްޓް ކްލިނިކް" ގެ ދޮރަށް ގެއްލުންދީފައިވާ މައްސަލައެއް ބުދަ ދުވަހުގެ ހެނދުނު 09:26 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

Advertisement

އަދި ފިހާރައިން ފައިސާއާއި މޯބައިލް ފޯނެއް ވަގަށް ނަގާފައިވާކަމަށް މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، މި 2 މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްުޔަރުކޮށްފައިނުވާ ކަމަށެވެ. ދެ މައްސަލަ ވެސް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް