Advertisement
ކ. މާލެ
|
21 މެއި 2024 | އަންގާރަ 07:30
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް
ރާއްޖެއެމްވީ
ރާއްޖޭގެ މާލީ ހާލަތު
އައިއެމްއެފްއިން ބުނާގޮތާއި ސަރުކާރުގެ އަމަލު ދިމާނުވޭ، މިދެވެނީ އިގްތިސާދީ ކާރިސާއަކާ ދިމާލަށް - ހަސަން ލަތީފް
އައިއެމްއެފްއިން ބުނާގޮތަށް ރާއްޖެއިން އަމަލުނުކޮށްފިނަމަ އިގްތިސާދީ ކާރިސާއަކާއި ދިމާލަށް ރާއްޖެ ދާނެކަމަށް ގަބޫލުކުރެވޭ
އައިއެމްއެފްއިން ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ކަންބޮޑުވާ ކަންކަން އެބަހުރި
އެތެރެއާއި ބޭރުގެ ދަރަނީގެ ސަބަބުން ރާއްޖެ އޮތީ ނުރައްކަލެއްގެ ތެރޭގައި

ރާއްޖޭގެ އިގްތިސާދީ އަދި މާލީ ހާލަތާއި ގުޅޭގޮތުން އައިއެމްއެފްއިން ބުނާގޮތާއި ސަރުކާރުގެ އަމަލު ދިމާނުވާ ކަމަށާއި، މިސްރާބު ދަނީ އިގްތިސާދީ ކާރިސާއަކާ ދިމާލަށް ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ބައިނަލްއަގުވާމީ އެކިއެކި ޖަމިއްޔާތަކުން، ހާއްސަކޮށް ގިނަ ގައުމުތައް ބައިވެރިވާ އަދި ގަބޫލުކުރާ ޖަމިއްޔާތަކުން ދައްކާ ވާހަކަތައް ގަބޫލުކުރަންޖެހޭ ކަމަށެވެ. އެގޮތުން އައިއެމްއެފްއިން ރާއްޖޭގެ އިގްތިސާދާއި ގުޅޭގޮތުން ނެރުނު ރިޕޯޓުގައި ކަންބޮޑުވާ ކަންކަން އެބަހުރި ކަމަށް މެންބަރު ވިދާޅުވިއެވެ.

Advertisement

އެގޮތުން އެތެރެއާއި ބޭރުގެ ދަރަނީގެ ސަބަބުން ރާއްޖެ އޮތީ ނުރައްކަލެއްގެ ތެރޭގައި ކަމަށާއި، އެކަންވެފައިވަނީ ރާއްޖެއިން ގެންގުޅޭ ސިޔާސަތުތަކަށް ބަދަލުތަކެއް ނުގެންނާތީ ދިމާވާކަމެއްގެ ގޮތުގައި ކަމަށް މެންބަރު ހަސަން ލަތީފް ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ދަރަނި ނަގާފައި ހުރި މިންވަރާއި، ނެގިފައި ހުރި ވަރާއި، އަދި އަދާކުރުމުގައި އަމަލުކުރަން ގެންގުޅޭ އުސޫލަށް ބަލާއިރު މުހިންމު ބޮޑެތި ބަދަލުތަކެއް ސިޔާސަތަށް ނުގެންނާތީ، އެކަމުގެ ސަބަބުން ރާއްޖެ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް އިގްތިސާދީ ގޮތުން. މިއީ އަޅުގަނޑު ދައްކާ ވާހަކައެއް ނޫން. މިއީ އައިއެމްއެފްއިން ޝާއިރުކޮށްފައި އޮތް ރިޕޯޓެއްގައި އޮތް ވާހަކައެވެ. އޭގެ އިތުރުން ގޮވާލާފައި އެބައޮތް ރާއްޖެއަށް، އާމްދަނީ އިތުރުކުރަން ވަގުތުން ވަގުތަށް ގޮތްގޮތް ހޯދައި ހަރަދު ކަނޑާލަން. އަދި އެއާއެކީގައި ބޭރުގެ ލޯނު ނެގުން މަދުކުރަން ގޮވާލާފައި.
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

މެންބަރު ހަސަން ލަތީފު ވިދާޅުވީ މި ތިން ކަންކަން ކުރުމަށް ރާއްޖެއަށް ގޮވާލާފައިވާ ކަމަށާއި، އެކަންކަން ނުކޮށްފިނަމަ ބޮޑު އިގްތިސާދީ ކާރިސާއަކަށް ރާއްޖެ ދާނެކަމަށް އަންދާޒާ ކުރެވޭކަމަށް ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

މިއީ އަޅުގަނޑުމެން ޑިމޮކްރެޓްސްއަކުން ނުވަތަ ސިޔާސީ ޕާޓިއަކުން ބުނާ ވާހަކައެއް ނޫން. އެހެންވީމާ މީގައި ކަންބޮޑުވުންތައް އެބަހުރި. ނުރަނގަޅު ގޮތަކަށް ރައީސް މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވަނީ. އެހެން މިދަންނަވާ ސަބަބަކީ މި ދެންނެވި ރޫހުގައި ނޫން އަދިވެސް ކަންކަން ކުރައްވަމުން ގެންދަވަނީ. މިސާލަކަށް ވަޒީފާ. އިންތިހާބަކާއި ދިމާވީ އެ ދެއްވަމުން ގެންދަވަނީ އެއެއް މިއެއް ބައްލަވާ ނުލައްވާ ހަމަ ޖެހުނުހާ މީހަކަށް ޖެހުނުހާ ކެންޑިޑޭޓަކަށް ލަމުންލަމުން ގެންދެވީ. ދޫނި ބައިގަނޑެއް ޖައްސާލާފައި ތިބޭހެން ތިބޭނެ ކޮފީ ޝޮޕްތަކުގައި ހެނދުނު ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޭފުޅުން ކާޑުޖައްސަވާފައި އައިސް. އިށީންނާނެ ތަނެއް އެތާނު ނުހުންނާނެ. މިއީ ކޮންމެ ދުވަހަކު ފެންނަ މަންޒަރު
ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް

މެންބަރު ހަސަން ލަތީފް ވިދާޅުވީ ދިވެހި ރައްޔިތަކަށް ވަޒީފާއެއް ލިބޭތީ ކަންބޮޑުވެވަޑައިގަންނަވަނީ ނޫން ކަމަށާއި، ވަޒީފާއެއްނަމަ ކުރަންޖެހޭ މަސައްކަތް ވެސް ހުންނަންޖެހޭ ކަމަށެވެ. މީގެ އިތުރުން އެކިއެކި ޖޫރިމަނާ މައާފްކުރަމުންދާއިރު، ބޭރުގެ މަސްބޯޓެއް ރާއްޖެއަށް ވަގަށްވަދެ މަސްހިފަން އުޅެނިކޮށް ހިފަހެއްޓާ 4 މިލިއަން ރުފިޔާއިން ކުރި ޖޫރިމަނާ ވެސް ސަރުކާރުން މައާފްކޮށްފައިވާ ކަމަށެވެ.

މިއީ ދައުލަތަށް ވަންނަ އާމްދަނީ ކަމަށާއި، ލިބެން ހުރި އާމްދަނީތަކުގެ ތެރޭގައި ޖޫރިމަނާއަކީ ވެސް އާމްދަނީގެ ބައިތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް ކަމަށެވެ. އެހެންކަމުން ފެންނަމުންދަނީ ރައީސް މުއިއްޒު ދެއްކެވި ވާހަކަފުޅުތައް ދިމާނުވާތަން ކަމަށާއި، އައިއެމްއެފްގައި ބުނާ ކަންކަމާއި، ރައީސް މުއިއްޒު ދައްކަވާ ވާހަކަފުޅާއި، އޭސީސީން ދައްކާފައި ހުރި ވާހަކަތައް ދިމާނުވާ ކަމަށެވެ.

އަދި އައިއެމްއެފްއިން ބުނާގޮތަށް ރާއްޖެއިން އަމަލުނުކޮށްފިނަމަ އިގްތިސާދީ ކާރިސާއަކާއި ދިމާލަށް ރާއްޖެ ދާނެކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް މެންބަރު ހަސަން ލަތީފް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް