ކ. މާލެ
|
20 މެއި 2024 | ހޯމަ 23:02
ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލް
ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލް
އޭޕީ
ނޭޕާލްގެ ބޮޑުވަޒީރުގެ އިތުބާރު ނެތް މައްސަލަ
ނޭޕާލްގެ ބޮޑުވަޒީރުގެ އިތުބާރު އޮތްތޯ ބެލުމަށް ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު ބޮޑުވަޒީރު ކާމިޔާބު ކުރައްވައިފި
އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގައި ބޮޑުވަޒީރަށް އިތުބާރު އޮތް ކަމަށް 157 ވޯޓު ލިބިވަޑައިގަތް

ނޭޕާލްގެ ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހާލްގެ އިތުބާރު އޮތްތޯ ބެލުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގައި ނެގި ވޯޓު އެމަނިކުފާނު ކާމިޔާބު ކުރައްވައިފިއެވެ.

ބޮޑު ވަޒީރުގެ އިތުބާރު އޮތްތޯ ވޯޓަކަށް ދާން ޖެހުނީ ބޮޑު ވަޒީރުގެ ކޯލިޝަން ސަރުކާރުގައި ހިމެނޭ ޕާޓީތަކުގެ ތެރެއިން ކުޑަ ޕާޓީއެއް ސަރުކާރަށް ކުރި ތާއީދު އަނބުރާ ގެންދިއުމާ ގުޅިގެންނެވެ.

އިތުބާރު އޮތްތޯ ބެލުމަށް ނެގި ވޯޓުގައި ބޮޑުވަޒީރަށް އިތުބާރު އޮތް ކަމަށް 157 ވޯޓު ލިބިވަޑައިގަތެވެ. 275 މެމްބަރުން ހިމެނޭ ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހުގައި މި ވޯޓު ފާސް ވުމަށް ބޭނުންވަނީ 138 ވޯޓެވެ.

275 މެމްބަރުން ހިމެނޭ ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހުގައި މި ވޯޓު ފާސް ވުމަށް ބޭނުންވަނީ 138 ވޯޓު

ނޭޕާލްގެ ގާނޫނު ހަދާ މަޖިލީހުގެ އިދިކޮޅު އެންމެ ބޮޑު ޕާޓީ ނޭޕާލީ ކޮންގްރެސް އިން މި ވޯޓް ނަގަމުން ގެންދިޔައިރު އެ ގައުމުގެ ބޮޑު ވަޒީރުގެ ނައިބުގެ މައްޗަށް ކުރެވޭ ކަރަޕްޝަންގެ ތުހުމަތުތައް މަޖިލީހުން ތަހުގީގު ކުރުމަށް ގޮވަމުން ދިޔައެވެ. އެ ޕާޓީން ތުހުމަތު ކުރާ ގޮތުގައި ބޮޑު ވަޒީރުގެ ނައިބު މަގާމާ ހަވާލު ވުމުގެ ކުރިން ގިނަ އަދަދެއްގެ ފައިސާ އެކި އެކި ކުންފުނިތަކުން ގަވައިދާ ޚިލާފަށް ވަނީ ނަންގަވާފައެވެ. ބޮޑުވަޒީރުގެ ނައިބު މިކަން ދޮގު ކުރައްވައެވެ.

ނޭޕާލްގެ 239 އަހަރުވީ ރަސްކަން 2008 ވަނަ އަހަރު ޖުމްހޫރިއްޔަތަކަށް ބަދަލުވީ ފަހުން އެގައުމުގައި 13 ސަރުކާރަކުން ވަނީ ވެރިކަން ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
0%
0%
0%
ކޮމެންޓް