ކ. މާލެ
|
19 މެއި 2024 | އާދީއްތަ 14:02
ކުލާސްރޫމެއްގެ ތެރެއިން
ކުލާސްރޫމެއްގެ ތެރެއިން
އެޑިޔުކޭޝަން މިނިސްޓްރީ
ޓެކްސްްޓް ފޮތްތައް ހޯދުން
ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލުކުރެވޭނެކަމުގެ ޔަޤީންކަމެއް މިނިސްޓްރީއަކަށް ނެތް
ބައެއް ފޮތްތައް ލިބުން ލަސްވަނީ ފޮތްތަކުގައި ހިމެނޭ ބައެއް ބައިތަކަށް ބަދަލު ގެންނަންޖެހޭތީ
ޗުއްޓީއަށްފަހު ސްކޫލުތައް އަލުން ހުޅުވަނީ އަންނަ އާދިއްތަ ދުވަހު

ސްކޫލު ހުޅުވެން ހަފްތާއަކަށް ވެފައިވާއިރު، އަދިވެސް ޓެކްސްޓް ފޮތްތައް ހަމަނުވާތީ ބެލެނިވެރިން އެކަމުގެ ޝަކުވާ ކުރަން ފަށާފައިވާއިރު، ސްކޫލު ހުޅުވޭއިރުވެސް ޓެކްސްްޓް ފޮތްތައް ޙަވާލު ކުރެވޭނެކަމުގެ ޔަޤީންކަމެއް ނެތްކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ނުލިބޭކަމުގެ ޝަކުވާ ގިނަވެފައިވާއިރު، އެކަމާ ގުޅޭގޮތުން އާދިއްތަ ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ގުޅާލުމުން މިނިސްޓްރީން ބުނީ، ފޮތްތައް ބެހުމުގައި ލަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

ރާއްޖެޓީވީން ސުވާލު ކުރުމުން މިނިސްްޓްރީން ބުނީ، ސްކޫލުތައް ހުޅުވެންވާއިރަށް ފޮތްތައް ޙަވާލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، ނަމަވެސް އެކަމުގެ ޔަޤީންކަމެއް ނެތް ކަމަށެވެ.  

މިނިސްޓްރީން އިތުރަށް ބުނީ، ބައެއް ފޮތްތައް ލިބުން ލަސްވަނީ ފޮތްތަކުގައި ހިމެނޭ ބައެއް ބައިތަކަށް ބަދަލު ގެންނަންޖެހޭތީ ކަމަށެވެ.

ޑިސްޓްރިބިއުޝަންގައި އެބައުޅޭ ކުޑަ ޑިލޭއެއް އަޅުގަނޑުމެންގެ، އަޅުގަނޑުމެންގެ ޓާޖެޓަކީ ސްކޫލު ފެށެންވާއިރަށް ދިނުން، ޔަޤީންކަން ވަރަށް އުނދަގުވާނެ ދޭން، ޗާޕްގެ މައްސަލައެއް ނޫޅޭ، އަޅުގަނޑުމެންގެ ބައެއް ފޮތްތަކަށް ކުދިކުދި ބަދަލުތައްވެސް އަންނާނެ، އެއްކަލަ ބައެއް ފޮތްތަކުގައި އެބަހުރި އަޅުގަނޑުމެންނަށް ރާއްޖެއާ ނުގުޅޭ ކަންކަންވެސް އެ އެއްޗެހި ޕަބްލިޝަރ އާ ގުޅިގެން ބަދަލުކުރަންވެސް ޓައިމްނަގާނެ،
އެޑިއުކޭޝަން މިިނިސްޓްރީން ވާހަކަ ދެއްކި އޮފިޝަލު

މިނިސްޓްރީން ބުނީ، ހޮނިހިރު ދުވަހުގެ ނިޔަލަށް މާލޭގެ ހުރިހާ ސްކޫލުތަކަށް ޓެކްސްޓް ފޮތްތައް ދީ ނިންމާފައިވާނެ ކަމަށެވެ. ނަމަވެސް ރާއްޖެއެމްވީއަށް މައުލޫމާތު ލިބޭ ގޮތުގައި މާލޭގެ ބައެއް ސްކޫލުތަކަށް ފޮތްތައް އޭރުވެސް ނުލިބި ހުއްޓެވެ.

މިކަމާ ގުޅޭގޮތުން އިތުރަށް ސުވާލު ކުރުމުން މިނިސްޓްރީން ބުނީ، ފުރަތަމަ ބުރުގެ ދަށުން ފޮނުވަންޖެހޭ ފޮތްތައް ފޮނުވިފައިވާ ކަމަށެވެ.

އަދި ގްރޭޑް 7 އަދި 8 ގެ އިނގިރޭސި މާއްދާގެ ފޮތަށް ބަދަލުތަކެއް ގެންނަންޖެހޭކަން ވެސް މިނިސްޓްރީން ފާހަގަކުރިއެވެ. އެ ނޫން ހުރިހާ ފޮތްތަކެއް މިހާރު ލިބިފައިވޭތޯ ސުވާލު ކުރުމުން މިނިސްޓްރީން ވަނީ ފޮތްތައް ލިބުމުގައި އަދިވެސް ތާށިކަން އެބައުޅޭކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް
- ގުޅުންހުރި
މޫނަށް ކަނދުރާއަށް ނުބަލައި ކޮރަޕްޝަންގެ ތުހުމަތުތައް ބައްލަވާ، ދައުލަތުގެ ބައި ލާރިއެއްގައިވެސް ނުޖެހެން: ރައީސް ސާލިޙު
ކޫލް ސްކޫލުގެ ޕްރޮޖެކްޓުން ދަރިވަރުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނެ، ވިޔާނުދާ ކަންތައްތަކުން ދުރުހެލިވާނެ - މިނިސްޓަރ ޝަފީޢު
"ކޫލް ސްކޫލް" ޕްރޮޖެކްޓް އިފްތިތާހު ކޮށްފި
މާލޭސިޓީގެ ސްކޫލުތަކަށް ބަދަލުވުމަށް ފޯމް ހުށަހެޅި ހުރިހާ ދަރިވަރުންނަށް މާލޭގެ ސްކޫލުތަކުން ޖާގަ ކަށަވަރުކޮށްދީފައިވޭ: މިނިސްޓަރު
ތައުލީމީ ނިޒާމުގެ މައްސަލަތައް ފާހަގަކޮށް، ކަންބޮޑުވުންތައް ހިއްސާކުރާ މުދައްރިސުންނާމެދު ދަނީ ފިޔަވަޅު އަޅަމުން: އިހުސާން
މިސަރުކާރުން މުދައްރިސުންގެ ގާބިލްކަމާމެދު ސުވާލު އުފައްދައިފި، މައާފަށް އެދެންޖެހޭ: އިހުސާން
އާސަރުކާރުގެ ފުރަތަމަ ދިރާސީ އަހަރު ފެށުމުގައިވެސް ކަންބޮޑުވުން
މިނިސްޓަރ ވިދާޅުވީ އުނގެނުމުގައި އޭއައި ބޭނުން ކުރައްވާނެކަމަށް، ދިރާސީ އަހަރު ފެށުނުއިރު ގިނަ ސްކޫލުތަކަށް ފޮތްތައް ނުލިބޭ