ކ. މާލެ
|
19 މެއި 2024 | އާދީއްތަ 13:06
ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު
ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު
ރާއްޖެއެމްވީ
ސަރުކާރު ހިންގުން
މި ސަރުކާރުން ދައްކަނީ ހުސް ކުރެހުން، މަޝްރޫއެއް ނުހިންގޭ: ވަހީދު
ސަރުކާރުން ރައްޔިތުންނަށް ގިނަ ކުރެހުންތަކެއް ދައްކާފައިވާކަމަށް ވިދާޅުވި
މިހާރުވެސް ކުރިއަށްދާ ކަންކަމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ކަންކަން

މި ސަރުކާރުން ދައްކަނީ ހުސް ކުރެހުން ކަމަށާއި، މަޝްރޫއެއް ނުހިންގޭކަމަށް ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މެންބަރު ވަހީދު ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ގިނަ ކުރެހުންތަކެއް ދައްކާފައިވާ ކަމަށެވެ. ނަމަވެސް އެއިން އެއްވެސް މަޝްރޫއެއްގެ އަމަލީ މަސައްކަތް ފެށޭނެ ދުވަހެއް ނޭނގޭކަމަށް ވަހީދު ވިދާޅުވިއެވެ.

ރަސްމާލޭ ޕްރޮޖެކްޓަކީވެސް ވެރިކަމަށް އައިސް ރައްޔިތުންނަށް ކަމެއް ކޮށްދޭނެކަން ދެއްކުމަށްޓަކައި ފަށަން ނިންމި ޕްރޮޖެކްޓެއްކަމަށް އޭނާ ވިދާޅުވިއެވެ.

ކުރެހުންތައް ކުރައްސަވައިގެން ރައްޔިތުންނަށް ކުރެހުންތައް ދެއްކުން އެއީ އެބޭފުޅުން ކުރައްވާ ކަމެއް، އައިހެވަންގެ ކުރެހުންވެސް ދެއްކި، ވެރިކަމަށް އައިސް އެއާޕޯޓުގެ ބޮޑު ކުރެހުމެއްވެސް ދެއްކި ނޫންތޯ
ދިއްދޫ ދާއިރާގެ މެންބަރު އަބްދުﷲ ވަހީދު

ވަހީދު އިތުރަށް ވިދާޅުވީ، މިހާރުވެސް ކުރިއަށްދާ ކަންކަމަކީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ފަށާފައިވާ ކަންކަން ކަމަށާއި، މި ސަރުކާރުގައި ތަރައްޤީގެ މެނިފެސްޓޯއެއް އޮތްކަމަށް ފެންނަމުން ނުދާ ކަމަށެވެ.

ރަސްމާލެ މަޝްރޫއުވެސް މަޑުޖެހިފައިވަނީ އެއްވެސް ޕްލޭނެއް ނެތި އެ މަސައްކަތް ފެށުމުންކަން ވަހީދު ފާހަގަ ކުރެއްވިއެވެ.

ކަން އެހެން އޮތްއިރު، ހާމަކަން ބޮޑު ވެރިކަމެއް ކުރާނެކަމުގެ ވައުދާއެކު އައި ސަރުކާރަކުން އެކަންކަން ރައްޔިތުންނަށް ސާފުކޮށްދޭންޖެހޭނެކަމަށްވެސް މެމްބަރު ވިދާޅުވިއެެވެ.

ފުށިދިއްގަރުފަޅު ހިއްކަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އަށް ޖުމްލަ 70 ހެކްޓަރު، ދިގު މުއްދަތަށް ދީގެންނެވެ. ބިން ދޫކުރުމަށް ނިންމައި، މަޝްރޫއު ފަށާފައިވާއިރު، ހުޅުމާލެއިން ދޫކުރި 10 ހެކްޓަރުގެ ބިމުގެ އަަގާއި ރަސްމާލެއިން ދޭ 60 ހެކްޓަރުގެ ބިމުގެ އަގަކީ ކޮބައިކަން، ނޫސްވެރިން އޭރު ތަކުރާރުކޮށް ސުވާލުކުރި ނަމަވެސް ސަރުކާރުން އޮޅުންފިލުވައިދީފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް