ކ. މާލެ
|
18 މެއި 2024 | ހޮނިހިރު 15:00
ސިނަމާލެ ބްރިޖް މަތިން ކާރުތަކެއް ދަތުރު ކުރަނީ
ސިނަމާލެ ބްރިޖް މަތިން ކާރުތަކެއް ދަތުރު ކުރަނީ
ރިފްޤާ އަބްދުލް ވައްހާބް
ޓެކްސީ ޑްރައިވަރެއްގެ މައްސަލަ
ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލަ ބަލައި ފިޔަވަޅު އަޅަނީ
އަހުލާގީ މިންގަނޑަށް ނުފެތޭ ވާހަކަތައްވެސް ދެއްކި
ޓެކްސީ ޑްރައިވަރު އޭނާއާއި އޭނާގެ ދަރިފުޅު ގޮވައިގެން މުޅި ހުޅުމާލެ ވަށައި ބުރުޖެހި
އަމަލުކުރަންޖެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންޖެހޭ ފިޔަވަޅު އަޅާނެ

ޓެކްސީ ޑްރައިވަރަކު ދަތުރެއް ނެގުމަށް ފަހު، ދަތުރުވެރިން ބޭލި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މިހާދިސާ ކުރިމަތިވި މީހާ ވަނީ ރަޖިސްޓްރީ ނަންބަރު ބޯޑު ފެންނަ ގޮތަށް ކާރުގެ ފޮޓޯއާއެކު މިކަން ސޯޝަލް މީޑީއާގައި ހިއްސާކޮށްފައެވެ.

އެމީހާ ބުނެފައިވަނީ ހުޅުމާލޭގައި އޮތް ދަރިފުޅުގެ ފެތުމުގެ މުބާރާތެއް ނިންމުމަށް މާލެ އައުމަށް ޓެކްސީ ދަތުރެއް ނެގި ކަމަށާއި، ޓެކްސީއަށް އެރުވުމަށްފަހު އެތަށްބޭކާރު ވާހަކަ އެއް ޓެކްސީ ޑްރައިވަރު ދެއްކި ކަމަށެވެ. ދަމުން ދަމުން ގޮސް އަހުލާގީ މިންގަނޑަށް ނުފެތޭ ވާހަކަތައްވެސް ދެއްކި ކަމަށާއި، އެއަށްފަހު ޓެކްސީއަށް އިތުރު މީހަކު އެރުވުމަށް ހުއްދައަށް އެހި ކަމަށެވެ. އެކަމުގައި މައްސަލައެއް ނެތް ކަމަށް ބުނުމަށްފަހު އެމީހާ އަތުން އަގު ނަގަންވާނީ އޭނާ ފައިބާ ހިސާބުން އެމީހާ އެކަނި ކުރާ ދަތުރަށް އެކަނި ކަމަށް ބުނި ކަމަށެވެ.

އެކަމާއި ރުޅި ގަދަވެ، ޓެކްސީ ޑްރައިވަރު އޭނާއާއި އޭނާގެ ދަރިފުޅު ގޮވައިގެން މުޅި ހުޅުމާލެ ވަށައި ބުރުޖެހި ކަމަށާއި އެއަށް އަރާނެ އިތުރު މީހެއް ނުވުމުން އެ މީހުން އަނބުރާ އެ ކާރަށް އެރި ތަނަށް ބާލާފައި ދިޔަ ކަމަށް އެ މީހާ ބުނެފައިވެއެވެ.

މިމައްސަލައާ ގުޅިގެން މިމައްސަލައާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވީ، ހުޅުމާލެ ޕޮލިސް ސްޓޭޝަނުން މިހާރު އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. އަދި އެކަމާ ގުޅިގެން އަމަލުކުރަންޖެހޭ ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން އަޅަންވާ ފިޔަވަޅުތައް އަޅާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިހާދިސާއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. މިފަދަ މައްސަލަތައް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި، އެކަށީގެންވާ އަދަބު ދިނުމަށް ގޮވާލާފައިވެއެވެ. އެއީ ޓެކްސީ ޑްރައިވަރެއްގެ ފަރާތުން ފެންނަށް ނުޖެހޭ، ވަރަށް ވުރެ ދަށުދަރަޖައިގެ އަމަލެއް ކަމަށާއި ޓެކްސީ ޚިދުމަތަކީ ޓެކްސީ ކުރާ ފަރާތާއި އެ ޚިދުމަތް ހޯދާ ފަރާތްތަކަށް ނުހަނު މުހިއްމު ބޭނުންތެރި ކަމެއް ކަމަށް ވާއިރު އިހުތިރާމާއި ގަދަރު ދެމެހެއްޓުމަށް ވަނީ ގޮވާލާފައެވެ.

މިފަހުން ޓެކްސީގެ ގިނަ މައްސަލަތަކެއް ދަނީ ފެންމަތިވަމުންނެވެ. އެގޮތުން ހަމައެކަނި ހުޅުމާލެ-މާލެއަށް އަދި މާލެއިން - ހުޅުމާލެއަށް ދަތުރުތައް ނެގުމާއި، މާލެތެރެއިންނާއި، ހުޅުމާލެތެރޭގެ ދަތުރުތައް ނުނަގާ މައްސަލަ ވަނީ ބޮޑުވެފައެވެ. މީގެ އިތުރުން ސަރުކާރުން ޓެކްސީ ދަތުރުތަކަށް އަގުތަކެއް ކަނޑައެޅި ނަމަވެސް އެއުސޫލާ އެއްގޮތަށް އަމަލުނުކުރާ ކަމަށް ގިނަ އާއްމު ރައްޔިތުން ދަނީ ބުނަމުންނެވެ. މިމައްސަލަތައް ހައްލު ކުރުމަށް ކުރިއަށް އޮތްތަނުގައި މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
0%
0%
0%
100%
0%
0%
ކޮމެންޓް