ކ. މާލެ
|
12 މެއި 2024 | އާދީއްތަ 18:43
ޕެރިއޮޕަރެޓިވް ނަރުހުންތަކެއް
ޕެރިއޮޕަރެޓިވް ނަރުހުންތަކެއް
ތިއޭޓަރ ނަރުހުން
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް
ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާކުރަނީ ގައުމީ ވާޖިބެއް: ރައީސް މުއިއްޒު
ނަރުހުންގެ ޚިދުމަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތްތަކަކާ އެކު
ނަރުހުންނަކީ އެއްވެސް ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް
ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ މެއި މަހުގެ 12 ވަނަ ދުވަސް

ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ ނަރުހުން އަދާ ކުރަނީ ގައުމީ ވާޖިބެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ނަރުހުންގެ ދުވަހާއި ގުޅިގެން ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޚިދުމަތުގެ އެންމެ ކުރީ ސަފުގައި ތިބެ އަދާކުރަނީ ގައުމީ ވާޖިބެއް ކަމަށެވެ. އަދި އެއީ އިންސާނިއްޔަތުކަމުގެ އަގުހުރި ޒިންމާއެއްގެގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފް ވިދާޅުވީ ނަރުހުންނަކީ ސިއްހީ ދާއިރާގައި އެންމެ ބުރަކޮށް އަދި ބަލިމީހުންނާ އެންމެ ގާތުން މަސައްކަތްކުރާ ހިތްވަރުގަދަ ބޭފުޅުންކަމާމެދު އެއްވެސް ޝައްކެއްނެތް ކަމަށެވެ. އަދި ނަރުހުންގެ ޚިދުމަތް ބަލައިގަންނަނީ ޝުކުރުން ފުރިގެންވާ ހިތްތަކަކާ އެކުގައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

ނަރުހުންގެ ދުވަހާއި ގުޅިގެން ހެލްތު މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ ނަރުހުންނަކީ ކެތްތެރިކަމާއި ހިތްވަރާއެކު ރައްޔިތުންނަށް ދިމާވާ ކޮންމެ ހާލަތެއްގައި ވެސް، އެއްވެސް ފަސްޖެހުމެއްނެތި މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ތިބޭ ބައެއް ކަމަށެވެ.

ބައިނަލްއަގުވާމީ ނަރުހުންގެ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ.

މިއަހަރުގެ ނަރުހުންގެ ދުވަހުގެ ޝިއާރެއްގެ ގޮތުގައި އިންޓަނޭޝަނަލް ކައުންސިލް އޮފް ނާސަސްއިން ކަނޑައަޅާފައިވަނީ "އަވާ ނާސަސް، އަވާ ފިއުޗާ. ދަ އިކޮނޮމިކް ޕަވާ އޮފް ކެއާ"އެވެ. މިއީ ސިއްހީ ނިޒާމުގެ މައިބަދައިގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ ނަރުހުންނަށް ޚިދުމަތުގެ ތެރޭގައި މާލީގޮތުން ދިމާވާ އެކިގޮންޖެހުންތަކާއި މެދު ވިސްނާ، އެކަންކަމަށް އެދެވޭ ފިޔަވަޅުތަކެއް އެޅުމަށް ބާރުއެޅުމުގެ ގޮތުން ކަނޑައަޅާފައިވާ ޝިއާރެކެވެ.

- ކޮމެންޓް