ކ. މާލެ
|
12 މެއި 2024 | އާދީއްތަ 14:05
އިންޑިއާގެ އިގްތިސާދީ ދުވެލި ބާރުވުމުގައި އިންޑިއަން ރުޕީސްގެ އަގު ހިފެހެއްޓިފައި ހުރުން ހިމެނޭ
އިންޑިއާގެ އިގްތިސާދީ ދުވެލި ބާރުވުމުގައި އިންޑިއަން ރުޕީސްގެ އަގު ހިފެހެއްޓިފައި ހުރުން ހިމެނޭ
އިންޑިޔާ ޓުޑޭ
ދުނިޔޭގެ އިގްތިސާދު
ޖަޕާން ހައިރާން ކޮށްލުމަށްފަހު އިންޑިއާ ދުނިޔޭގެ އިގްތިސާދީ 4 ވަނަ ބާރު ކަމުގައިވަނީ
އިންޑިއާގެ އިގްތިސާދު ޖަޕާނަށްވުރެ ބާރަށް ކުރިއަރާނެ ކަމަށް އައިއެމްއެފް އިން އަންދާޒާ ކުރިއިރު ޖަޕަނީސް ޔެންގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވޭ

2025ށް އިންޑިއާގެ ގްރޮސް ޑޮމެސްޓިކް ޕްރޮޑަކްޓް ޖަޕާނަށް ވުރެ މައްޗަށް ދާނެ ކަމަށާއި އެއާއެކު އިގްތިސާދީ ގޮތުން ދުނިޔޭގެ 4 ވަނަ ގައުމަށް އިންޑިއާ ވެގެންދާނެ ކަމަށް އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން އަންދާޒާ ކޮށްފިއެވެ.

އޭޕްރީލް މަހު އައިއެމް އެފް އިން ހާމަކުރި ރިޕޯޓަށް ބަލާއިރު 2025ށް އިންޑިއާގެ ނޮމިނަލް ޖީޑީޕީ 4.34 ޓްރިލިއަން ޑޮލަރަށް އަރާނެއެވެ. ޖަޕާނަށް ބަލާއިރު އަންދާޒާ ކުރެވެނީ އެގަމުގެ ޖީޑީޕީ ހުންނާނީ 4.31 ޓްރިލިއަން ޑޮލަރުގައި ކަމަށެވެ.

މިއާ އެކު ޖަޕާން ވަނީ އިގްތިސާދީ ގޮތުން ދުނިޔޭގެ 5 ވަނަ ގައުމަށެވެ.

އިންޑިއާގެ އިގްތިސާދު ޖަޕާނަށްވުރެ ބާރަށް ކުރިއަރާނެ ކަމަށް އައިއެމްއެފް އިން އަންދާޒާ ކުރިއިރު ޖަޕަނީސް ޔެންގެ އަގު ދުނިޔޭގެ ބާޒާރުގައި ދަށަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ.

ޖަޕާންގެ ފައިސާ ޔެންގެ އަގު ދަށަށް ދާން ފެށުމާއެކު އިންވެސްޓް ކުރާ ފަރާތްތަކުގެ އިތުބާރު ޖަޕާނާ މެދު ވަނީ ކުޑަވެފައެވެ. އެއާއެކު އިމްޕޯޓްގެ އަގު މައްޗަށް ގޮސްފައިވާކަން ފާހަގަ ކުރެވެއެވެ. ތަފާސް ހިސާބަށް ބަލާއިރު 2023 ވަނަ އަހަރު ޖަޕާނުން އެކްސްޕޯޓް ކުރި މިންވަރުވެސް ވަނީ ދަށަށް ގޮސްފައެވެ. ޖަޕާންގެ އެކްސްޕޯޓް ދަށަށް ދިޔަ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެނީ ޗައިނާގެ ޑިމާންޑް ދަށަށް ދިއުމެވެ. ޗައިނާ އަކީ ވިޔަފާރީގެ ޖަޕާންގެ އެންމެ މުހިންމު ބައިވެރިޔާއެވެ.

އިންޑިއާގެ އިގްތިސާދީ ދުވެލި ބާރުވުމުގައި އިންޑިއަން ރުޕީސްގެ އަގު ހިފެހެއްޓިފައި ހުރުމާއި، އެކްސްޕޯޓް އިތުރުވުމާއި، އެތެރޭގެ ޑިމާންޑް މައްޗަށް ދިއުމާއި، ސްޓޮކް މާކެޓް ފުޅާވުން ހިމެނޭ ކަމުގައި ތަޖުރިބާކާރުން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް