Advertisement
ކ. މާލެ
|
12 މެއި 2024 | އާދީއްތަ 13:41
މިއަހަރުގެ މިހާތަނަށް 19 ކިލޯގެ ޑްރަގް އަތުލައިގަނެވިފައިވާކަމަށް ފުލުހުން މައުލޫމާތުދޭ
މިއަހަރުގެ މިހާތަނަށް 19 ކިލޯގެ ޑްރަގް އަތުލައިގަނެވިފައިވާކަމަށް ފުލުހުން މައުލޫމާތުދޭ
ޕޮލިސް
މަސްތުވާތަކެތީގެ އޮޕަރޭޝަން
މިއަހަރުގެ މިހާތަނަށް 19 ކިލޯގެ ޑްރަގް އަތުލައިގަނެވިފައިވޭ، މަގުމަތީ އަގު 104 މިލިއަނަށްވުރެ މަތި
މިއަހަރުގެ މިހާތަނަށް 3000ށް ވުރެ ގިނަ މީހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަލައި ފާސްކޮށްފައިވޭ
މުޅި ރާއްޖޭގައި މިވަގުތު އެންޑީއޭގެ ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1240
ފަރުވާއަށް ވެއިޓްލިސްްޓް ކޮށްގެން ތިބި މީހުންގެ އަދަދު ނުހަނު ގިނަ

މިއަހަރުގެ މިހާތަނަށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށާއި، އެތަކެތީގެ  މަގުމަތީ އަގު 104 މިލިއަނަށްވުރެ މަތިކަަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ފަރާތުން ކުރަމުންދާ މަސައްކަތް ހިއްސާކުރަމުން ޗީފް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީ، އޭޕްރީލް މަހު 2 ޑްރަގް ކާޓަލް ބަންދު ކުރެވިފައިވާ ކަމަށާއި، މިއަހަރުގެ މިހާތަނަށް 5 ކާޓަލްއެއް ބަންދުކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، އޭޕްރީލް މަހު 812 މީހުން ބަލައި ފާސްކޮށްފައިވާ ކަމަށާއި، މިއަހަރުގެ މިހާތަނަށް 3000ށް ވުރެ ގިނަ މީހުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ބުނީ، އޭޕްރީލް މަހު 70 ދިވެހިން ޑްރަގް މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާ ކަމަށާއި މިއަހަރު މިހާތަނަށް 260 ދިވެހިން ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މިއަހަރުގެ މިހާތަނަށް 16 ބިދޭސީއަކު މަސްތުވާތަކެތީގެ މައްސަލަތަކުގައި ހައްޔަރު ކޮށްފައިވާކަމަށްވެސް ފުލުހުން މައުލޫމާތު ދިނެވެ.

Advertisement

މި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވާ ގޮތުގައި މިއަހަރުގެ މިހާތަނަށް 19 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވެއެވެ. އެތަކެތީގެ މަގުމަތީ އަގު 104 މިލިއަނަށްވުރެ މަތިކަން ފުލުހުން ފާހަގަކުރިއެވެ.  

މި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއޭގެ މަސައްކަތްތަކުގެ މައުލޫމާތުވެސް ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ކޮމިއުނިޓީ ފަރުވާގައި 400ށް ވުރެ ގިނަ މީހުން ތިބިއިރު ޑިޓޮކްސިފިކޭޝަން ފަރުވާގައިވެސް އެ އަދަދަށް މީހުން ފަރުވާ ހޯދަމުންދާކަމަށް އެންޑީއޭއިން މައުލޫމާތު ދެއެވެ،  

އަދި އެނޫނަސް އިތުރު ފަރުވާތައް އެކި ފަރާތްތަކުން ދަނީ ހޯދަމުންނެވެ.

އެންޑީއޭއިން މައުލޫމާތު ދޭ ގޮތުގައި މުޅި ރާއްޖޭގައި މިވަގުތު އެ އިދާރާއިން ފަރުވާ ހޯދަމުންދާ މީހުންގެ އަދަދަކީ 1240 އެވެ.

އެހެންނަމަވެސް ފަރުވާއަށް ވެއިޓްލިސްްޓް ކޮށްގެން ތިބި މީހުންގެ އަދަދު ނުހަނު ގިނަކަމަށް އެންޑީއޭއިން މައުލޫމާތު ދެއެވެ. އެގޮތުން ޑިޓޮކްސިފިކޭޝަން އަދި މެތަޑޯން ޓްރީޓްމަންޓަށް ވެއިޓްލިސްޓް ކޮށްފައިވާ މީހުން އޭގެ ތެރޭގައި ގިނަކަަމަށް އެންޑީއޭއިން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް